13 އޮކްޓޯބަރ 2024
ފަރުވާ ހޯދުމަށް އަމިއްލަ އިންޝުރެންސުން ފުރަތަމަ ކެނޑުމަށް ފަހު، އާސަންދަ އިން ހިލޭ ބޭސް ފަރުވާ ކުރެވޭ ގޮތަށް މި އަހަރު ނިމުމުގެ ކުރިން އަމަލުކުރަން ފަށާނެ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފަރުވާ ހޯދުމަށް އަމިއްލަ އިންޝުރެންސުން ފުރަތަމަ ކެނޑުމަށް ފަހު، އާސަންދަ އިން ހިލޭ ބޭސް ފަރުވާ ކުރެވޭ ގޮތަށް މި އަހަރު ނިމުމުގެ ކުރިން އަމަލުކުރަން ފަށާނެ ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ހީނާ މިދިޔަ އޮގަސްޓް މަހު ވިދާޅުވީ، އާސަންދަ ނިޒާމު ރިފޯމުކޮށް، މި މަހުން ފެށިގެން ތަންފީޒު ކުރަން ފެށުމުން ޑަބަލް އިންޝުއަރެންސަ ކަނޑާ މައްސަލަ އަށް ހައްލެއް އަންނާނެ ކަމަށެވެ. އޭރުން ދެން އާސަންދައިގެ ބަދަލުގައި އެންމެ ފުރަތަމަ ކަނޑާނީ އެ މީހުންގެ އަތުގައި ހުންނަ އިތުރު އިންޝުއަރެންސްތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެލްފެއާ ޕޮލިސީ އާއި އާސަންދައިގެ ޕޮލިސީއަށް ބައެއް ކަހަލަ ބަދަލުތައް ގެންނަން އެބަ މަސައްކަތް ކުރަން. އޭގެ ޑްރާފްޓްތަކެއް މިހާރު އެކުލަވާލެވި ވަރަށް އަވަހަށް ކެބިނެޓަށް އެ ޕޭޕާ ހުށަހަޅާނަން، އެ އަށް ގެންނަ އިސްލާހުތަކާ އެކީގައި،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އެންސްޕާއިން އިއުލާންކުރި މުއްދަތު ފަހަނައަޅައިގެން ދާއިރު އޭގެ އިތުރު މައުލޫމާތެއް ނުދެ އެވެ.
އެހެންވެ، ހީނަ ވިދާޅުވީ އިދާރީ ގޮތުން ކުރަންޖެހޭ މުހިއްމު ބައެއް ކަންކަން ފުރިހަމަކުރަމުން އަންނަ ކަމަށެވެ. އެ ކަންތައްތަކަށް ފަހު މި އަހަރު ނިމުމުގެ ކުރިން އަމަލުކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރު އިންޝުއަރެންސް ސްކީމުތައް ބޭނުންކުރާ މީހުންނަށް އާސަންދަ ދިނުމުގައި ވަކި އުސޫލެއް ހަދަމުން އަންނައިރު، އާސަންދަ ސްކީމުގެ ތެރެއިން އިސްރާފުތައް ކުޑަކުރުމަށް އިސްލާހީ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން އަންނަނީ ތައްޔާރު ވަމުންނެވެ. ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ހެޔޮ އަގުގައި ބޭސް ގެނައުމަކީ އޭގެ އެއް ކަންތަކެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ޖޫން މަހުގެ ނިޔަލަށް އާސަންދަ ސްކީމަށް ވަނީ 918 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މިއީ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ގާތްގަނޑަކަށް 50 ޕަސެންޓެވެ. އާސަންދައަށް ހޭދަކުރަން 1.9 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެ އެވެ.
ދެން އާސަންދަ ލިބޭނީ އެހެން އިންޝުއަރެންސަށް ކަނޑާފައި
އާސަންދަ ދޭނީ އިތުރު އިންޝުއަރެންސުން ކަނޑާފައި: ހީނާ
މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި
އާސަންދައިގެ ދަށުން އައިވީއެފް ހެދޭނީ 3 ބުރު
އެއްހަމައަކުން އާސަންދަ ދިނުން ބަދަލުކުރަން ގާނޫނެއް
އާސަންދަ ލިބުނަސް ސަލާން ޖެހުން ނުހުއްޓުނު!
އާސަންދައިގެ ހޭދައިގެ 90 ޕަސެންޓު އައުޓްޕޭޝަންޓަށް
އެންމެ މުއްސަނދިންގެ އަތުން ވަކި އަދަދެއް އާސަންދައަށް
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ