Roadha Mihaaru
އިންޖިނިއަރިންއާ ގުޅޭ މަހާސިންތާ އެމްއެންޔޫން ފަށައިފި

އިންޖިނިއަރިންއާ ގުޅޭ މަހާސިންތާއެއް އެމްއެންޔޫން ފަށައިފި

29 ޖުލައި 2019

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އިންޖީނިއަރިންއާ ގުޅޭ މަހާސިންތާއެއް މިއަދު ފަށައިފި އެވެ. މިއީ އިންޖީނިއަރިންއާ ގުޅޭގޮތުން ގައުމީ ޔުނިވާސިޓީން ބާއްވާ ފުރަމަ މަހާސިންތާ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން އިންޖީނިއަރިންއާ ގުޅޭ މަހާސިންތާއެއް މިއަދު ފަށައިފި އެވެ. މިއީ އިންޖީނިއަރިންއާ ގުޅޭގޮތުން ގައުމީ ޔުނިވާސިޓީން ބާއްވާ ފުރަމަ މަހާސިންތާ އެވެ.

އެ ޔުނިވާސިޓީ އާއި 960 ކޮންސަލްޓަންޓްސްއާ ގުޅިގެން ބާއްވާ މަހާސިންތާގައި އޮސްޓްރޭލިއާގެ މެލްބާން ޔުނިވާސިތީގެ ޕްރޮފެސަރު ޕްރިޔަން މެންޑިސް އާއި ލަންކާގެ ޔުނިވާސިޓީ އޮފް ޕެރެޑެނިޔާގެ ހެޑް އެންޑް ސީނިއާ ޕްރޮފެސާ އިން ސިވިލް އިންޖީނިއަރިން، ޕްރޮފެސަރު ރަންޖިތު ޑިސަނަޔަކަ އަދި އެ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ ޑރ. ޗަމިންދަ ބަންޑަރަ ބައިވެރިވެވަޑައިގެންނަވަ އެވެ.

އެ މަހާސިންތާ ޝަރަފުވެރި ކޮށްދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާޒް އަލީ އެވެ.

އިންޖީނިއަރިން މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި، މެލްބަން ޔުނިވާސިޓީގެ ޕްރޮފެސަރު ޕްރިޔަން މެންޑިސް ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްއެންޔޫ

އިންޖީނިއަރިން މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި، މެލްބަން ޔުނިވާސިޓީގެ ޕްރޮފެސަރު ޕްރިޔަން މެންޑިސް ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްއެންޔޫ

މިއީ، އިންޖިނިއަރިންގެ ދާއިރާ އިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މިދިޔަ މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބާއްވާ ފުރަތަމަ ހަރަކާތެވެ. ސިވިލް ސްޓްރަކްޗަރިން އެންޑް އިންޖިނިއަރިން ކޮންސަލްޓެންޓްސް ޕްރައިވެޓް ލިމިޓެޑް (ސީއެސްއީސީ) އާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ގައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށް ފުރަތަމަ ޑިގްރީގެ ކޯސްތަކަށް ސްކޮލަޝިޕް ދިނުމާއި އިންޓާންޝިޕް ފުރިހަމަ ކުރުމަށް އެހީތެރިވުމާއި ޔުނިވާސިޓީގެ ލެކްޗަރާއިންނަށް ފަންނީ ތަމްރީނު ދިނުން ހިމެނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި، އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އާއިޝަތު ޝާހީން ވިދާޅުވީ އިންޖިނިއަރިންނާ ގުޅޭ ދިރާސާ ނުވަތަ މަހާސިންތާއެއް ބޭއްވުމަށް މީގެ ކުރިން ގިނަ މަސައްކަތްތަކެއް ކޮށްފައި ނެތް ކަމަށެވެ. އެހެންވެ، މިފަދަ މަހާސިންތާއެއް ބޭއްވުމަކީ އިންޖިނިއަރިން ފެކަލްޓީ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

އިންޖީނިއަރިން މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޝާހީން ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްއެންޔޫ

އިންޖީނިއަރިން މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޝާހީން ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްއެންޔޫ

އިންޖިނިއަރިންއާ ގުޅޭ ކޯސްތައް އިތުރަށް ފުޅާކޮށް ދިރާސާކުރަން ތައްޔާރުވަމުން އަންނައިރު ގައުމީ ޔުނިވާސިޓީ އާއި ޕްލޭނިން މިނިސްޓްރީ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ޝާހީން ވިދާޅުވި އެވެ.

ޕްރޮފެސަރު ރަންޖިތު ވަނީ ގްރީން އިނޮވޭޝަން ބޭނުންކުރެވޭ ތަފާތު ގޮތްތަކާއި އެކަމުގެ އެންމެ ފަހުގެ ދިރާސާތަކަށް އަލިއަޅުއްވާލައްވައިފަ އެވެ. އޭނާގެ ވާހަކަ މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ ތިމާވެއްޓަށް ފައިދާވާނެ ގޮތްތަކަށް ވިސްނައިގެން ކުރާ ސްޓްރަކްޗަރަލް އިންޖިނިއަރިން މަސައްކަތުގެ މައްޗަށެވެ.