Roadha Mihaaru
އެމްއެންޔޫއިން ގަމުގައި ހިންގާ ކޯސްތަކަށް ހުޅުވާލައިފި

އެމްއެންޔޫ އިން ގަމުގައި ހިންގާ ކޯސްތަކަށް ހުޅުވާލައިފި

18 ޖޫން 2021

ދިވެހި ގައުމީ ޔުނިވާސިޓީން ލ. ގަމުގައި ހިންގާ ކޯސްތަކަށް ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިވެހި ގައުމީ ޔުނިވާސިޓީން ލ. ގަމުގައި ހިންގާ ކޯސްތަކަށް ހުޅުވާލައިފި އެވެ.

އަންނަ އޮގަސްޓް މަހު ފަށާ މި އަހަރުގެ ދެ ވަނަ އިންޓޭކުގައި 22 ކޯހެއް ގަމުގައި ފަށާނެ އެވެ. އޭގެ ތެރޭގައި ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސްގެ ކޯސްތައް ހިމެނެ އެވެ.

ގަން ކެމްޕަހުގައި މުޅިން އަލަށް ފަށާ ކޯސްތަކުގެ ތެރޭގައި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި ޑިޕްލޮމާ އިން ޕްރައިމަރީ ހެލްތު ކެއާ އާއި އެޑްވާންސްޑް ޑިޕްލޮމާ އިން މިޑްވައިފްރީ އާއި އެޑްވާންސްޑް ޑިޕްލޮމާ އިން އަރަބިކް ލޭންގުއޭޖް އަދި އެޑްވާންސްޑް ސެޓްފިކެޓް އިން ޖާނަލިޒަމް ހިމެނެ އެވެ.

އޭގެ އިތުރުން އެޑްވާންސްޑް ސެޓްފިކެޓް އިން އިންފޮމޭޝަން ޓެކްނޮލޮޖީ އަދި މާސްޓާސް އިން އެޑިއުކޭޝަނަލް މެނޭޖަމަންޓް އެންޑް ލީޑަޝިޕް ހިމެނެ އެވެ.

އެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އަންނަ އޮގަސްޓް 5 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައި ވެ އެވެ.

މާލެ އާއި ގަމުގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި އެމްއެންޔޫގެ ކެމްޕަސްތައް ހިންގަ އެވެ. އެއީ ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ އަދި ސ. ހިތަދޫ އެވެ.