29 ޖުލައި 2019
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާ ގަންނަން އެދޭ މީހުންގެ ފޯމުތައް ބަލައިގަތުމަށް ކަލެކްޝަން ސެންޓަރެއް ހަދައިފި އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިއްސާ ގަންނަން އެދޭ މީހުންގެ ފޯމުތައް ބަލައިގަތުމަށް ކަލެކްޝަން ސެންޓަރެއް ހަދައިފި އެވެ.
އެމްއައިބީން ބުނީ މެޑިކާ ހޮސްޕިޓަލުގެ ކުރިމަތިގައި ހުންނަ މ. ފާމްދޭރިގޭގައި ހެދި ކަލެކްޝަން ސެންޓަރުން ފޯމުތައް ބަލައިގަންނާނެ ކަމަށެވެ. މީގެ އިތުރުން އިސްލާމިކް ބޭންކްގެ ބްރާންޗުތަކުން ވެސް ހިއްސާ ގަންނަން ބޭނުންވާ މީހުންގެ ފޯމުތައް ބަލައިގަންނާނެ އެވެ.
އިއްޔެ ހިއްސާ ވިއްކަން ފަށާފައިވާ އިރު މިހާރު ވެސް އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށް އެ ބޭންކުން ބުނެ އެވެ. ހިއްސާ ވިއްކުން ސެޕްޓެމްބަރު 18 އަށް ކުރިއަށްދާނެ އެވެ.
އެމްއައިބީގެ ހިއްސާ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އިންފިނިޓީ ޕޯޓަލުން ވެސް ގަނެވޭނެ އެވެ.
އެމްއައިބީ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީ ކުރުމަށް ފަހު އާންމުންނަށް ވިއްކުމަށް ހުށަހަޅާފައި ވަނީ 244 މިލިއަން ރުފިޔާގެ ހިއްސާ އެވެ. މިއީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދި ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އެވެ. މިއީ ބޭންކްގެ ހިއްސާއިން ބަލާ ނަމަ 31 ޕަސެންޓެވެ.
އާންމުންނަށް ޖުމްލަ 6.9 މިލިއަން ހިއްސާ ވިއްކާ އިރު ހިއްސާއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 35 ރުފިޔާގެ މަގުންނެވެ. ހިއްސާ ގަތުމުގައި ކޮންމެ މީހަކަށް ވެސް މަދުވެގެން ފުރަތަމަ ގަންނަން ޖެހޭނީ 20 (700 ރުފިޔާ) ގެ ހިއްސާ އެވެ. އަދި އަދަދު އިތުރު ކުރެވޭނީ 10 ހިއްސާގެ ރޭޓުންނެވެ.
އިސްލާމިކް ބޭންކްގެ ހިދުމަތް ފެށީ 2011 ވަނަ އަހަރު އެވެ. މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 52 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 12 މިލިއަން އިތުރު އަދަދެކެވެ.
އެމްއައިބީގެ ހިއްސާ ފޯމު ދޫކުރާ ވަގުތު ބަދަލުކޮށްފި
އެމްއައިބީގެ ހިއްސާ ވިއްކަން ފަށައިފި
އެމްއައިބީގެ ހިއްސާ ވިއްކުން އިފުތިތާހުކޮށްފި
އިސްލާމިކް ބޭންކްގެ 31 ޕަސެންޓް ހިއްސާ އާއްމުންނަށް
އެމްއައިބީގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އެމްއައިބީގެ ހިއްސާތައް އެކައުންޓަށް ޖަމާކޮށްފި
ކަނޑައެޅި ވަރަށްވުރެ އިތުރަށް ހިއްސާ ގަންނަން ހުށަހެޅި
އެމްއައިބީގެ ހިއްސާދާރަކަށް ވާންވީ ކީއްވެ؟
އެމްއައިބީގެ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކޮށްފި
އެމްއައިބީގެ ހިއްސާ އަށް ޑިމާންޑް ބޮޑު