14 ސެޕްޓެމްބަރ 2016
މެދުކެނޑުމަކަށް ފަހު ފެށި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ވިކްޓަރީ އަތުން 2-1 އިން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.
މެދުކެނޑުމަކަށް ފަހު ފެށި އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ވިކްޓަރީ އަތުން 2-1 އިން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.
ލީގުގައި މިހާތަނަށް 16 މެޗުން ނިއު އަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. އެޓީމު އޮތީ ލީގުގެ ހަ ވަނައިގަ އެވެ. މިއަދުގެ މޮޅާ އެކު ލީގުގެ ހަތް ވަނައިގައި އޮތް ވިކްޓަރީން ވަނީ ނިއުއާ ތިން ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ވިކްޓަރީ އަށް ލިބިފައިވަނީ 16 މެޗުން 13 ޕޮއިންޓެވެ.
ލީގުގެ ހަތް ވަނައިގައި ނިންމާ ޓީމު ޖެހޭނީ ދެ ވަނަ ޑިވިޝަންގެ ދެ ވަނަ ޓީމާ ޕްލޭއޮފް މެޗުގައި ބައްދަލުކުރާށެވެ. މިއަދުގެ މެޗުގެ ނަތީޖާއާ އެކު ގަދަ ހައެއްގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ.
ލީގުގައި ދެ ޓީމަށް ވެސް ބާކީ ފަސް މެޗު އޮތްއިރު، ވިކްޓަރީ އަންނަނީ ލާޒްލޯ ކިސް ކޯޗުކަމާ ހަވާލުވި ފަހުން ނަތީޖާތައް ރަނގަޅުކޮށް ފޯމަކަށް އެޅެމުންނެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ބަލިވެފައިނުވާއިރު، ހަތް ޕޮއިންޓް ހޯދި އެވެ. ނިއު އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އަނެއް ތިން މެޗުންވީ ބައްޔެވެ.
ނަތީޖާ ދަށްވުމާ ގުޅިގެން ނިއުގެ ކުރީގެ ކޯޗު ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް މިދިޔަ މަހު މަގާމުން ވަކިކުރުމަށް ފަހު އެންމެ ފަހުން ކުޅުނު ދެ މެޗުގައި ނިއު އަށް އިރުޝާދު ދިނީ އެސިސްޓަންޓް ކޯޗު އަދި ކުރީގެ ކެޕްޓަން އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ. ނިއު އިން ވަނީ އެ ޓީމަށް މިދިޔަ އަހަރު ކޯޗުކޮށްދިން ސާބިއާ ނިކޮލަ ކަވަޒޮވިޗް ގެނެސްފަ އެވެ. އެހެން ނަމަވެސް ސަސްޕެންޝަނެއްގައި ހުރުމުން ކަވަޒޮވިޗް ޓީމަށް އިރުޝާދުދޭން ބެންޗަކަށް ނާދެވެ އެވެ.
މެޗު ފަށައިގެން ނިއު އިން ރަނގަޅަށް ކުޅުނު ނަމަވެސް ފުރަތަމަ ލަނޑު ޖެހީ ވިކްޓަރީންނެވެ. މެޗުގެ 15 ވަނަ މިނިޓްގައި ވިކްޓަރީ އަށް ލީޑު ނަގައިދިނީ އަލީ އިފާޒެވެ.
ނިއުގެ އޭރިއާ ތެރެއިން ބޯޅަ ހޯދުމަށް ފަހު އިފާޒް ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. ލަނޑު ޖެހި ވަގުތު ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އިފާޒު ވަނީ ފުރަތަމަ ހާފްގައި ބަދަލުކޮށްފަ އެވެ.
ނިއުގެ ފާރޫގު (ކ) ކައިިރިން ވިކްޓަރީގެ ރިސްވާން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ވިކްޓަރީން ލީޑު ނެގުމުން ނިއު އިން ކުޅުން ރަނގަޅުކުރި އެވެ. ހަމްޒާ މުހައްމަދު (ހަމްޕު) އާއި އިއްޒަތު އަބްދުލް ބާރީ ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ހާފްގެ ފަހު މިނިޓްގައި ނަތީޖާ ހަމަހަމަކުރަން އެންމެ ހުސް ފުރުސަތެއް ލިބުނީ އިއްޒަތު އަށެވެ. ވިކްޓަރީ ޑިފެންޑަރެއްގެ އަތުން ބޯޅަ ހޯދުމަށް ފަހު ހަމްޕު ތިރިތިރިން އިއްޒަތު އަށް ދިން ބޯޅަ ވިކްޓަރީ އޭރިއާ ތެރޭގައި ހުރެފައި އޭނާ ފޮނުވާލި ނަމަވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ދެ ވަނަ ހާފް ފެށިގެން ނިއު އިން ދިޔައީ ވިކްޓަރީ ހާފްގައި ކުޅެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކުރަން މަސައްކަތް ކުރަމުންނެވެ. މެޗުގެ 56 ވަނަ މިނިޓްގައި ވިކްޓަރީ އޭރިއާ ތެރެއިން ނިއުގެ މުހައްމަދު ސާމިރު ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ނިއު އަށް އެއްވަރުކޮށްދިނީ މެޗުގެ 69 ވަަނަ މިނިޓްގައި އިއްޒަތު އެވެ. ހަމްޕު ހުސްކޮށްލާފައި އިއްޒަތު އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ. ނިއު އަށް ނަތީޖާ ހަމަހަމަ ކޮށްގެން ހިފަހައްޓައިލެވުނީ ތިން މިނިޓަށެވެ.
ވިކްޓަރީން ވަނީ ކުޅުން ރަނގަޅުކޮށް 72 ވަނަ މިނިޓްގައި ގޮޑްފްރޭ ވެސްޓް ގެ ލަނޑުން އަލުން ލީޑު ނަަގައިފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން ނުކުތް މަޖުދާން ސޯލިހް ބަލާލާފައި ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ވެސްޓް ވަނީ ފަސޭހަކަމާ އެކު ގޯލަށް ވައްދާލައިފަ އެވެ.
ލީގުގެ ފުރަތަމަ ބުރުގައި ވިކްޓަރީ އާއި ނިއު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ދެ ވަނަ ބުރުގައި ފަހު ވަގުތު ޖެހި ލަނޑުން ނިއު މޮޅުވީ 1-0 އިންނެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ނުކުންނާނީ ހަތަރު ވަނައިގައި އޮތް ވެލެންސިއާއާ ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.
ބޮޑު ތިން ކްލަބަށް ދިމާވީ ކޮން މައްސަލައެއް؟
ތިން ޓީމުގެ ރޭހެއް، ސަލާމަތްވާނީ ކޮން ދެ ޓީމެއް؟
ފަހު ބުރުގެ ކުރިން: މިއީ ތިން ޓީމުގެ ރޭހެއްތަ؟
ފަހު ވަގުތު ވިކްޓަރީ އަތުން ނިއު މޮޅުވެއްޖެ
ނިއުއާ އެއްވަރުކޮށް ވިކްޓަރީ އަށް ފުރަތަމަ ޕޮއިންޓް
ކުޅިވަރުގައި ނާސިރު ވަރެއް ނެތް!
ނިއު މާޔޫސްކޮށްލުމަށް ފަހު ވިކްޓަރީ އެއްވަނަ ޑިވިޝަނަށް
ބޮޑު މެޗު މާދަމާ؛ ފައިނަލް މެޗުގެ ކުރިން ފައިނަލެއް
ނިއު އާއި ވިކްޓަރީ އެކުގައި ޕްރޮމޯޓެއް ނުވާނެ
ނިއު އާއި ވިކްޓަރީ މިފަހަރު އޮތީ ދެ ގުރޫޕެއްގައި