Roadha Mihaaru
ފީލްޑް އޮފިސަރުން ތަމްރީނުކުރަން އިންޑިއާ އަށް

ފީލްޑް އޮފިސަރުން ތަމްރީންކުރަން އިންޑިއާ އަށް ފޮނުވަނީ

25 ޖުލައި 2019

ދަނޑުވެރިކަމުގެ ދާއިރާ އަށް ފީލްޑް އޮފިސަރުން ތަމްރީނުކުރަން މުހައްމަދު އުމަރު ފައުންޑޭޝަންގެ އެހީގައި އިންޑިއާ އަށް ފޮނުވަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދަނޑުވެރިކަމުގެ ދާއިރާ އަށް ފީލްޑް އޮފިސަރުން ތަމްރީނުކުރަން މުހައްމަދު އުމަރު ފައުންޑޭޝަންގެ އެހީގައި އިންޑިއާ އަށް ފޮނުވަން ނިންމައިފި އެވެ.

މި ޕްރޮގްރާމުގެ ދަށުން ދަނޑުވެރިން ތަމްރީނު ހޯދާނީ އިންޑިއާގެ ޓަމިލްނާޑޫ އެގްރިކަލްޗާ ޔުނިވާސިޓީގައި ހިންގާ ޕްރޮގްރާމަކުންނެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހަ މީހަކު ފޮނުވަން ވަނީ ނިންމާފަ އެވެ. މި ދަތުރުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ މުހައްމަދު އުމަރު ފައުންޑޭޝަނުންނެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނާ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވަނީ މިއަދު ބައްދަލުކުރައްވައިފަ އެވެ. މިނިސްޓަރު ވަނީ ތަމްރީނަށް ފަހު ދަނޑުވެރިން ހިދުމަތް ކުރުމުގައި ނަމޫނާ ދައްކައި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ.

މީގެ އިތުރުން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މުހައްމަދު އުމަރު ފައުންޑޭޝަނުން ކުރާ މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ. ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ފިޝަރީޒް މިނިސްޓްރީ އާއި މުހައްމަދު އުމަރު ފައުންޑޭޝަނާ ދެމެދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

ދަނޑުވެރިން ތަމްރީނުކުރަން މި މަހުގެ 29 އިން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ހއ. ކެލާ، ހދ. ނެއްލައިދޫ، ރ. ވާދޫ، ގއ. މާމެންދޫ އަދި ފުވައްމުލަކުގެ އިތުރުން ފިޝަރީޒް މިނިސްޓްރީން މީހުން ބައިވެރިވެ އެވެ.