10 ޖެނުއަރީ 2019
ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތީގެ ތެރެއިން ޑިއުޓީ ނުނަގާނެ އެއްޗެހި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ކަނޑައަޅައިފި އެވެ.
ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތީގެ ތެރެއިން ޑިއުޓީ ނުނަގާނެ އެއްޗެހި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ކަނޑައަޅައިފި އެވެ.
އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް މިދިޔަ މަހު ގެނައި އިސްލާހު ބުނާ ގޮތުން ދަނޑުވެރިކަމުގެ ބޭނުމަށް އެތެރެކުރާ ތަކެތީގެ ތެރެއިން ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ކަނޑައަޅާ ތަކެތިން ޑިއުޓީ ކަނޑާލެވޭނެ އެވެ.
އެހެންވެ، އެ މިިނިސްޓްރީން ވަނީ އެ އިސްލާހުގެ ދަށުން ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ކަނޑައަޅައި، މިއަދު އާންމުކޮށްފަ އެވެ.
އެ ލިސްޓުގައި 158 އައިޓަމެއް ހިމެނެ އެވެ. އޭގެ ތެރޭގައި ދަނޑުވެރިކަމަށް ގެންނަ އެކި ބާވަތުގެ ކެމިކަލާއި ބޭހުގެ އިތުރުން އެކަމާ ބެހޭ ސާމާނު ވެސް ހިމެނެ އެވެ.
ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އޭގެ އިތުރުން މަސް ދޯނިފަހަރާއި ކަރަންޓް ޚިދުމަތް ދިނުމަށް އެތެރެކުރާ ޑީސަލުން ޑިއުޓީ ނުނަގާ ގޮތަށް ވެސް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް މިދިޔަ މަހު ވަނީ އިސްލާހު ގެނެސްފަ އެވެ.
އާބަން ގާޑެނިން ޕްރޮގްރާމް އައިލެންޑާސް އިން ފަށައިފި
ދަނޑުވެރިކަން ނުކުރާ ރަށްތައް އަތުލަން ހުށަހަޅައިފި
ކުއްޔާނުލައި 3 އަހަރަށް ދަނޑުވެރިކަމަށް ބިންދޫކުރަނީ
ފަލަމަޑީގެ ބާވަތްތައް ހައްދަން މަސައްކަތް ކޮށްދީ: ޒަހާ
ދަނޑުވެރިކަމުގެ ލޯނުގެ 30 ޕަސެންޓް އަންހެނުންނަށް
ދަނޑުވެރިންގެ ދުވަސް އޮކްޓޯބަރު 15 ވަނަ ދުވަހު
ދަނޑުވެރިންނަށް 2.2 މިލިއަން ރުފިޔާގެ ލޯނު ދީފި
އައިދޫގައި ދަނޑުވެރިކަން ރަސްމީކޮށް ފަށައިފި
ފީލްޑް އޮފިސަރުން ތަމްރީނުކުރަން އިންޑިއާ އަށް
ދަނޑުވެރިންނަށް ހިލޭ ގުޅޭ ޕްލޭނެއް އުރީދޫން