14 ސެޕްޓެމްބަރ 2016
ބައެއް އަންހެނުންނަށް ނިދަން އުނދަގުވާ ސަބަބާ ބެހޭ ގޮތުން އުފެދިފައިވާ މުހިންމު ސުވާލަކަށް، ކުޑަ ދިރާސާއަކުން ޖަވާބު ލިބިއްޖެ ކަމަށް ބެލެވިއްޖެ އެވެ.
ބައެއް އަންހެނުންނަށް ނިދަން އުނދަގުވާ ސަބަބާ ބެހޭ ގޮތުން އުފެދިފައިވާ މުހިންމު ސުވާލަކަށް، ކުޑަ ދިރާސާއަކުން ޖަވާބު ލިބިއްޖެ ކަމަށް ބެލެވިއްޖެ އެވެ.
މި ދިރާސާކުރެއްވި، މޮންޓްރިއަލްގައި ހުންނަ މެކްގިލް ޔުނިވަސިޓީގެ ސައިކިއޭޓްރީ ޕްރޮފެސަރު ޑރ. ޑަޔާން ބޮއިވިއަން ވިދާޅުވަނީ އަންހެނުންގެ "ހަށިގަނޑުގެ ގަޑި" ނުވަތަ ބަޔޮލޮޖިކަލް ކްލޮކް ހިނގަނީ ފިރިހެނުންގެ ހިނގާ ވަރަށް ވުރެ މާ ބާރަށް ކަމަށެވެ. ޕްރޮފެސަރު ސިފަކުރެއްވި ގޮތުގައި އަންހެނުންގެ ޓައިމް ޒޯނާއި ފިރިހެނުންގެ ޓައިމް ޒޯން ދިމާ ނުވަނީ އެވެ.
"އަންހެނުންނަށް ލަހުން ނިދެނީ އެ މީހުންގެ 'ބަޔޮލޮޖިކަލް ޓައިމް' އިރުމައްޗަށް ޖެހި، އަވަސްވެފައި ހުންނާތީ،" ބޮއިވިއަން ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވަނީ އަންހެނުން ނިދާ ވަގުތާއި ފިރިހެނުން ނިދާ ވަގުތުގައި ތަފާތު ހުންނަ ކަމަށާއި އެކަން ބިނާވެގެން ވަނީ ޖިންސުގެ ތަފާތުން ހަށިގަނޑުން ވަގުތު ގުނާ ގޮތުގައި ހުންނަ ތަފާތެއްގެ ސަބަބުން ކަމަށެވެ. މި ތަފާތަށް ބަލާއިރު ނިދުމާއި ނިދާ ހޭލުމުގައި އަންހެނުން އެވްރެޖް ގޮތެއްގައި ދެ ގަޑިއިރު އަވަސް ވާނެ ކަމަށް ދިރާސާގައި ލަފާކޮށްފައިވެ އެވެ.
ހިލޭސާބަހަށް މަސައްކަތްކުތާ އެމެރިކާގެ ޖަމާއަތެއް ކަމަށްވާ ނެޝަނަލް ސްލީޕް ފައުންޑޭޝަނުން ބުނާ ގޮތުގައި ނިދި މަދުވުމުގެ މައްސަލަ ހުންނަ ކަމަށް އެންމެ ގިނައިން ރިޕޯޓްކުރަނީ ވެސް އަންހެނުންނެވެ. އަދި ނިދި ހަމަނުވުމުގެ ސަބަބުން ދުވާލުގެ ވަގުތުގައި ނިދި އައިސްފައި ހުރުން ފަދަ މައްސަލަތަކާ އަންހެނުންނަށް ކުރިމަތިވާ މިންވަރު އިތުރު ކަމަށް ވެސް އެ ޖަމިއްޔާގެ ތަފާސް ހިސާބުން ދައްކަ އެވެ.
އާ ދިރާސާއާ ބެހޭ ގޮތުން ތަޖުރިބާކާރުން ވިދާޅުވެފައި ވަނީ މިއީ ފުޅާ ދާއިރާއެއްގައި ކޮށްފައިވާ ދިރާސާއެއް ކަމުގައި ނުވިޔަސް މިއީ ނިދީގެ މައްސަލަތަކަށް ފަރުވާ ކުރުމުގައި ވިސްނުން ބަހައްޓަންވީ މުހިންމު ކަމެއް ސަމާލުކަމަށް ގެނެސްދިން ދިރާސާއެއް ކަމަށެވެ.
ރަނގަޅަށް ނުނިދެނީތަ؟ ގޮދަޑީގެ މައްސަލައަކަށް ވެދާނެ
ނިދި މަދުވާ ނަމަ ހަނދާންނެތޭ ބަލީގެ ނުރައްކާ ބޮޑު
އަންހެނުންނަށް ނިދި މަދުވާ ނަމަ ކަށި ފީވުން އަވަސްވޭ
ރަނގަޅަށް ނިދިޔަސް ލޯ ވަރުބަލިވެފައި: ކީއްވެ؟
ހަމަނިދި ނުލިބޭ ނަމަ ސްޓްރޯކާއި ހާޓްއެޓޭކްގެ ނުރައްކާ
ގުގުރިދަމާ އަންހެނުން މަދެއް ނޫން
ނިދުމުގެ ހަތަރު ގަޑިއިރު ކުރިން ކަސްރަތުކޮށްލާ!
ނިދި މަދުވެއްޖެ ނަމަ ރުޅިގަދަވޭ
ނިދަންވީ ކިހާ ވަރަކަށް؟
މާ ގިނައިން ނިދައިގެން ވެސް ނުރައްކާ