24 ޖުލައި 2019
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ދިވެހި ފަންނާނުންގެ މިއުޒިކީ އީދު އަލުން ފަށަން ނިންމައިފި އެވެ.
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ދިވެހި ފަންނާނުންގެ މިއުޒިކީ އީދު އަލުން ފަށަން ނިންމައިފި އެވެ.
އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން ބުނި ގޮތުގައި ސަގާފީ އަދި ޒަމާނީ މިއުޒިކީ ފަންނާނުންނާ އެކު ދިވެހި ފަންނާނުންގެ މިއުޒިކީ އީދު އަލުން ފަށާނީ މި މަހުގެ 27 ވަނަ ދުވަހުގެ ރެ އެވެ. އެގޮތުން ދެ ރެއަކަށް ދެމިގެންދާ ގޮތަށް މިއުޒިކީ އީދު ކުރިއަށް ދާނީ 27 އާއި 28 ވަނަ ދުވަހުގެ ރޭ 8:30 އިން ދަންވަރު 12:00 އަށް އަލިމަސް ކާނިވާ ސްޓޭޖްގަ އެވެ.
ސަޤާފީ އަދި ޒަމާނީ މިއުޒިކީ ފަންނާނުންނާއިއެކު ދިވެހި ފަންނާނުންގެ މިއުޒިކީ އީދު އަލުން ފަށަނީ.
— Ministry of Arts, Culture and Heritage (@MACH_MV) July 24, 2019
27-28 ޖުލައި 2019
ރޭގަނޑު 12:00 – 08:30
އަލިމަސް ކާނިވާ ސްޓޭޖު pic.twitter.com/L9UzHyaBXV
މިނިސްޓްރީން ބުނި ގޮތުގައި މިއުޒިކީ އީދު މި ފަހަރު ކުރިއަށް ގެންދަނީ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް އާއި ދައުލަތުގެ މީޑިއާ ޕީއެސްއެމާއި ދިވެހި މިއުޒިކް ކޮމިއުނިޓީ އެއްތަންކުރާ "ފަންނުގެދަރިން" ނާ ގުޅިގެންނެވެ. މިއުޒިކީ އީދުގައި މި ފަހަރު 13 ބޭންޑެއް ޕަފޯމްކުރާނެ އެވެ.
ދިވެހި ފަންނާނުންގެ މިއުޒިކީ އީދު އަލުން މި ފަށަނީ ހުއްޓާލާފައި އޮންނަތާ ތިން އަހަރު ފަހުންނެވެ.
ހަ އަހަރަށް ފަހު އެމްއެފްއޭ އެވޯޑްސް ބާއްވަނީ
ސްކޫލު ކުދިންގެ ލަވަ މުބާރާތަށް ހަތް ފަނޑިޔާރުން
ސްކޫލުތަކުގެ ލަވަ މުބާރާތް އަނެއްކާ ފަށަނީ
ކުލަަގަދަ ހަފުލާއަކާއެކު، ޒަމާނީ އޮލިމްޕަސް ހުޅުވައިފި
އުދައަރައި ކާނިވާލައި ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވެއްޖެ
އޮލިމްޕަހުގެ މަސައްކަތް ލަސްވާތީ މިނިސްޓަރާ ސުވާލުކުރަނީ
މުއާ އަނެއްކާވެސް އެންސީއޭގެ ސިޔާސީ މަގާމަކަށް
އިންޑިއާގެ ފިލްމު މޭކިން ކޯހަކުން ފުރުސަތު ހުޅުވާލައިފި
ކަޅުވަކަރު މިސްކިތް ބަހައްޓައި ދޭނެ ބަޔަކު އަލުން ހޯދަނީ
އޮލިމްޕަސް، އާޓްސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި