Roadha Mihaaru
އުދައަރައި ކާނިވާލައި ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވެއްޖެ

މާލެ އަށް އުދައަރައި ކާނިވާލައި ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވެއްޖެ

05 ނޮވެމްބަރ 2022

އާންމުކޮށް މާލެ އަށް އުދައަރާ ކާނިވާ ސަރަހައްދަށް ގިނަ ދުވަސްތަކަކަށް ފަހު މިއަދު ވަރަށް ބޮޑަށް އުދަ އަރައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އާންމުކޮށް މާލެ އަށް އުދައަރާ ކާނިވާ ސަރަހައްދަށް ގިނަ ދުވަސްތަކަކަށް ފަހު މިއަދު ވަރަށް ބޮޑަށް އުދަ އަރައިފި އެވެ.

މިއަދު ހެނދުނު ދިޔަވަރު ބޮޑުވި ވަގުތުން ފެށިގެން ކާނިވާ ސަރަހައްދަށް އުދަ އަރައި، އެތަނުގައި ހުރި ރެސްޓޯރެންޓުތަކަށް ވެސް ލޮނު ވަދެފައިވެ އެވެ. ކާނިވާލުގެ ޕާކިން ޒޯނުގައި ހުރި ގިނަ ވެހިކަލްތަކަށް ވެސް ލޮނުގެ އަސަރުކޮށްފައިވެ އެވެ. އަދި އެ ދިމާލުން އެރި އުދަ ބޮޑުތަކުރުފާނުމަގަށް ފެތުރި އެ މަގުގައި ވެސް ފެންބޮޑުވެފައިވެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ކާނިވާ ސަރަހައްދަށް އުދަ އަރާތީ، ކައުންސިލުގެ ޓީމަކުން އެކަން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފެށޭނީ އުދަ އެރުން ހުއްޓުމުން ކަމަށް ބުންޏެވެ.

"މެޓް އޮފީހުން ބުނެފައި ވަނީ މިއަދު މެންދުރުފަހާ ޖެހެންދެން އެ ސަރަހައްދަށް އުދަ އަރަމުންދާނެ ކަމަށް،" ސިޓީ ކައުންސިލުން ބުންޏެވެ.

މެޓް އޮފީހުން ބުނީ މިއަދު ހެނދުނުން ފެށިގެން މާލެ އަށް އުދަ އަރަމުން އަންނަ ކަމަށެވެ. އަދި މިއީ އާއްމުކޮށް އަރާ އުދަ ކަމަށާއި އެއްވެސް އާދަޔާ ހިލާފު ކަމެއް ނެތް ކަމަށް ބުންޏެވެ.

"ކާނިވާ ސަރަހައްދާއި ސަލްމާން މިސްކިތް ހުރި ސަރަހައްދާ ދިމާލުން އުދަ އަރާ ކަމުގެ ރިޕޯޓް ލިބިފައިވޭ،" މެޓުން ބުންޏެވެ.

މާލެ ކާނިވާ ސަރަހައްދަށް އުދަ އަރައިފައި.

މާލެ ކާނިވާ ސަރަހައްދަށް އުދަ އަރައިފައި.

ކ. އަތޮޅުން ފެށިގެން އައްޑޫގެ ރަށްތަކަށް އުދައަރާނެ ކަމަށް ލަފާކުރެވޭތީ އެ އޮފީހުން މިއަދު ހެނދުނު ވައިޓް އެލާޓް ވެސް ނެރެފައިވެ އެވެ. އެ އެލާޓްގައި ބުނީ މިއަދު ހެނދުނު 8:45 އިން މެންދުރު ފަހު 1:30 އާ ދެމެދު އެ އަތޮޅުތަކުގެ ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ.

އުދަ އަރާ ދުވަސްވަރު، އާންމުގޮތެއްގައި މާލޭގެ އިރުމަތީ ފަރާތުން އަބަދުވެސް ވަރަށް ބޮޑަށް އުދަ އަރަ އެވެ. މީގެ ކުރިން އުދައިގެ ރާޅާ އެކު ގިނަ އަދަދެއްގެ ގަލާއި ވެލި ވެސް މަގުމައްޗަށް އަރައި، ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ދަތިވާ ހިސާބަށް ވެސް ގޮސްފައިވެ އެވެ.