Roadha Mihaaru

އުދަ އަރާނެ ކަމަށް ލަފާކުރާތީ ބްރިޖުން ދަތުރުކުރާއިރު ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރަން އެދިއްޖެ

އުދަ އަރާނެ ކަމަށް ލަފާކޮށްފައިވަނީ ސިނަމާލެ ބްރިޖުން ހަވީރު ދަތުރުކުރާއިރު ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރަން ފުލުހުން މިއަދު އެދިއްޖެ އެވެ.

ބްރިޖުން ދަތުރުކުރާއިރު ސަމާލުވާން އެދިއްޖެ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

28 ޖޫން 2025

އުދަ އަރާނެ ކަމަށް ލަފާކޮށްފައިވަނީ ސިނަމާލެ ބްރިޖުން ހަވީރު ދަތުރުކުރާއިރު ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރަން ފުލުހުން މިއަދު އެދިއްޖެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މެންދުރު ފަހު 1:30 އިން ހަވީރު 5:00 އާ ދޭތެރޭގައި އުދަ އަރާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު އެލާޓް ނެރެފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން ވަނީ، ބްރިޖާއި ހައިވޭގައި ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އެ ވަގުތުތަކުގައި ދަތުރުކުރާއިރު ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

އުދަ އެރުމުގެ ސަބަބުން ހައިވޭގައި މީގެ ކުރިން ސައިކަލުތައް ވިއްސައިގެން ގޮސްފައިވެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅުގެ ރަށްތަކާ ހަމައަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފަ އެވެ. އެ އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ހެނދުނު 10:45 އިން ހަވީރު 4:30 އާ ދޭތެރޭގައި ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެތީ ހުދު އެލާޓު ނެރެފައިވާ ކަމަށެވެ.