ކ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅުގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް، ހުދު ސަމާލު ނެރެެފި އެވެ.
21 ޖުލައި 2024
ކ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅުގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް، ހުދު ސަމާލު ނެރެެފި އެވެ.
މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގައި ބުނީ މިއަދު މެންދުރު ފަހު 1:15 އާއި ހަވީރު 5:15 އާ ދެމެދުގައި ކ. އަތޮޅުން ފެށިގެން އައްޑޫގެ ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެއީ މިއަދު ދިޔަވަރު އެންމެ ބޮޑުވާ ވަގުތެވެ.
ދިޔަވަރު ބޮޑުވި ގަޑީގައި މިއަދު މާލޭގެ ދެކުނު ފަރާތަށް އުދައިގެ އަސަރުކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ އޮފީހުން އާންމު ކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިއަދު ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ލޮނުގަނޑު 2.8 ފޫޓަށް އުފުލޭނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް 3.2 ފޫޓަށް ލޮނުގަނޑު އުފުލޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިދިޔަ ހަފުތާ ބަންދުގައި މާލޭގެ ރާޅުގަނޑު ސަރަހައްދުންނާއި މާލޭގެ ދެކުނު ފަރާތަށް ވަނީ ވަރަށް ބޮޑަށް އުދަ އަރައިފަ އެވެ.
ދިޔަވަރު ބޮޑުވުމުގެ ސަބަބުން ގޮނޑުދޮށަށް ބިންދާ ރާޅުތައް ބޮޑުވެ، އުދައިގެ އަސަރު ކުރެ އެވެ.
މިއީ އާންމުކޮށް ވެސް ރާއްޖެއަށް އުދަ އަރާ ދުވަސްވަރެވެ.
ފާއިތުވި އަހަރުތަކުގައި ރަށްރަށަށް އުދަ އަރައި ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. މިދިޔަ އަހަރު ސިނަމާލެ ބްރިޖާއި ހުޅުލެއާ ގުޅޭ ހިސާބަށް ވަރަށް ބޮޑަށް އުދަ އެރި އެވެ. އެ ސަރަހައްދަށް އެރި ބޮޑު ރާޅަކާއެކު އެވަގުތު އެތަނުން ދަތުރުކުރި ސައިކަލްތައް ކަހާލައިގެން ވެއްޓި، ވެހިކަލްތަކަށް ގެއްލުންވި އެވެ.
މާލެއަށް ދިޔަވަރު ބޮޑުވާނީ މެންދުރުފަހު ތިނެއްގެ ފަހުން
ދިޔަވަރު ބޮޑުވާ ވަގުތުގައި އުދަ އަރާފާނެ: މެޓް
މި މަހު ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް ލަފާކޮށްފި
ބޮޑު ސަރަހައްދަކަށް މިރޭ ކަނޑުތައް ވަރަށް ގަދަވާނެ!
އައްޑުއަށް ވިއްސާރަ، އެހެން ހިސާބުތަކަށް ހޫނުގަދަ!
ކުރިއަށް އޮތް ހަތަރު ދުވަހު ކަނޑުގަދަވާނެ: މެޓް
ކުރިއަށް އޮތް ދެ ދުވަހު ވިއްސާރަ ކުރާނެ: މެޓް
ކަނޑު ގަދަވެ ބޮޑު ސަރަހައްދަކަށް އުދަ އަރާފާނެ: މެޓް
ހަފުތާ ބަންދުގައި ވިއްސާރަ ކުރާނެ: މެޓް
އުދައަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު އެލާޓު