03 ޖެނުއަރީ 2025
ރާއްޖެ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން އުދަ އަރައި ފެން ބޮޑުވި ކަމުގެ ރިޕޯޓް ހަ ރަށަކުން ލިބިފައިވާ ކަމަށާއި ފެން ހިންދުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ބުނެފި އެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން އުދަ އަރައި ފެން ބޮޑުވި ކަމުގެ ރިޕޯޓް ހަ ރަށަކުން ލިބިފައިވާ ކަމަށާއި ފެން ހިންދުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ބުނެފި އެވެ.
އެ އިދާރާ އިން ބުނިގޮތުގައި އުދައަރައި އެންމެ ބޮޑަށް ގެއްލުންވީ އެ ހަ ރަށުގެ ތެރެއިން ށ. ނަރުދު އަށެވެ. ނަރުދޫގެ އިތުރުން ރ. އިނގުރައިދު އަށް އުދަ އެރި އެވެ. ވާރޭ ވެހިގެން ފެން ބޮޑުވީ ފ. ނިލަންދު އާއި ފ. މަގޫދު އާއި ދ. ކުޑަހުވަދޫ އަދި ދ. މީދޫގައި ކަމަށް އެމްޑީއެމްއޭ އިން ބުންޏެވެ.
"އަދި އެއްވެސް ހާދިސާއެއްގައި ބޯހިޔާވަހިކަން ގެއްލި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައި ނުވޭ،" އެމްޑީއެމްއޭ އިން ބުންޏެވެ.
އުދަ އަރައި އެންމެ ބޮޑު ގެއްލުމެއް ވި ނަރުދޫ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަރުސިދު ވިދާޅުވީ، އޭގެ ސަބަބުން ރަށުގެ ވަރަށް ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވެފައިވާ ކަމަށާއި 12 ވަރަކަށް ގެއަށް ފެން ވަދެފައިވާ ކަމަށެވެ.
ގޭގޭގައި ހުރި ހިފައި ގެންގުޅޭ ތަކެއްޗާއި އެކި ބާވަތްތަކުގެ ގިނަ ގަސްތަކަކަށް ގެންލުންވެފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ފަތްކެޔޮ ދަނޑުތައް ވެސް ހިމެނޭ ކަމަށް ނަރުދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ނަރުދު އަށް މި މޫސުމުގައި ކުރިން ވެސް އުދައިގެ އަސަރު ކުރި ނަމަވެސް، އޭގެ ދެ ގުނައަށް މި ފަހަރު އުދަ އުދަ އަރަމުން ދަނީ މުސްތަރުސިދު ވިދާޅުވި ގޮތުގައި، ރަށުގެ އިރުމަތި ފަރާތުގައި އަލަށް ތަރައްގީ ކުރާ ބަނދަރުގެ ބޭރު ތޮށިލާފައި ނުވާތީ އެވެ.
މިދިޔަ ބުދަ ދުވަހު ފެށި 2025 އާ އެކު އިރުވައި މޫސުމުގެ ހަޅަޖަހަން ފަށައި، މި ބަންދު ތެރޭގައި މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ކުރިން ލަފާކޮށް ރައްކާތެރިވާން އިލްތިމާސް ކޮށްފަ އެވެ. އަންނަ އާދިއްތަ ދުވަހާ ހަމައަށް މޫސުން ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށް ބުނެފައި ވަނީ އެއީ އިރުވައި މޫސުމުގެ ހަޅައިގެ އަސަރު ކަމަށެވެ.
މެޓުން މިއަދު ބުނިގޮތުގައި، ރާއްޖެ އަށް އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވުރެ މި ފަހަރު އެ މޫސުން ފެށުން ވަނީ ލަސްވެފަ އެވެ. މި އަހަރު އިރުވައި މޫސުން ފެށުނީ އިއްޔެ އެވެ. އަދި ޖެނުއަރީ މަހު މުޅި ރާއްޖެ އަށް އިރުވައި މޫސުން ފަށަ އެވެ.
While each years Northeast Monsoon falls into late December,
— Maldives Meteorology (@MetMaldives) January 3, 2025
The arrival of Northeast Monsoon 2024 took its time, with onset delayed into 2nd January 2025. pic.twitter.com/cKViobatWn
އެކަމަކު އާންމު އުސޫލުން ނަމަ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު ދެވަނަ ނުވަތަ ތިންވަނަ ހަފުތާގައި އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް އިރުވައި މޫސުން ފަށާ ކަމަށް އެ އިދާރާ އިން ބުންޏެވެ.
އިރުވައި މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑަކީ ވައިގެ މިސްރާބު އިރުމަތިން ހުރުމާއި ގަޑިއަކު 10 މޭލަށް ވުރެ ބާރަށް ވައި ޖެހުން އަދި އެ ކަންކަން ޖެހިޖެހިގެން ދެ ދުވަހަށް ނުވަތަ އެ އަށް ވުރެ ދިގު މުއްދަތަކަށް ދެމިގެން ދިއުމެވެ.
ނަރުދު އަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް!
ވިއްސާރާގައި ނުވަ ރަށެއްގައި ފެން ބޮޑުވެއްޖެ
މާލެ އަށް ވަރަށް ބޮޑަށް އުދަ އަރައި ފެންބޮޑުވެއްޖެ
ވިއްސާރާގައި ގެއްލުން ލިބުނު ގޭގޭގެ ހާލަތު ބަލައިފި
މަގުތަކުން ފެން ހިންދަން އިތުރު ޕަމްޕުތަކެއް ގެންނަނީ
36 ގޭބީސީއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
އެންމެ ބޮޑު ގެއްލުމެއް ނިލަންދު އާއި ހިންމަފުއްޓަށް
މާލެއިން ބޮޑަށް ގެއްލުންވި ގެތަކުން މީހުން ބަދަލުކުރަނީ
ބޮޑު ބަޔަކަށް މޫސުން ގޯސްވުމުން ރައްކާތެރިވާން އެދިއްޖެ
ވިއްސާރައިގައި ލިބުނު ގެއްލުން މިލިއަނަކަށް ވުރެ މަތި