Roadha Mihaaru
ހައްޖަށް ފުރާ އިރު ވެސް ހަރަމައިންގެ މައްސަލަ ނުނިމޭ!

ހައްޖަށް ފުރާ އިރު ވެސް ހަރަމައިންގެ މައްސަލަ ނުނިމޭ!

21 ޖުލައި 2019

ހައްޖަށް ގެންދަން އަލް ހަރަމައިން ހައްޖު ގްރޫޕަށް ހުއްދަ ދީފައިވާ ވަރަށް ވުރެ އިތުރަށް ފައިސާ ނަގާ ކަމަށް ބުނެ ހުށައެޅި މައްސަލަ ބަލައި އަދި ނުނިމޭ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހައްޖަށް ގެންދަން އަލް ހަރަމައިން ހައްޖު ގްރޫޕަށް ހުއްދަ ދީފައިވާ ވަރަށް ވުރެ އިތުރަށް ފައިސާ ނަގާ ކަމަށް ބުނެ ހުށައެޅި މައްސަލަ ބަލައި އަދި ނުނިމޭ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދިވެހި ހަައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ވަނީ ފުރައިފަ އެވެ. އޭގެ ތެރޭގައި ހަރަމައިން ޖަމާއަތުގެ އެޑްވާންސް ޓީމު ވެސް ހިމެނެ އެވެ. އެ ޖަމާއަތުގެ ހަވާލުގައި ހައްޖަށް ދާ މީހުން ފުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

އަލްހަރަމައިން ޖަމާއަތުން ހައްޖުވެރިންގެ އަތުން އެއް ލައްކަ ރުފިޔާ ނަގާތީ އެ ޖަމާއަތުގެ އޮފީހުގައި ބަޔަކު ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މި ފަހުން އާންމުވި އެވެ. އެ ގުރޫޕަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ މީހަކަށް 69،965ރ. ނެގުމަށެވެ.

އެއަށް ވުރެ ބޮޑު އަގެއް ނަގާތީ ފުލުހުން ވެސް އެކަން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Haramain jamaathuge meehun fuluhah haazirukoh bayaan nagaifi

Haramain jamaathuge meehun fuluhah haazirukoh bayaan nagaifi

The most trusted news source in the Maldives

Mihaaru

ހަރަމައިން ޖަމާއަތުގެ މައްސަލަ ފުލުހުން ބެލުން--

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ކަނޑަައަޅާ އަގަށް ވުރެ ބޮޑު އަގު ހައްޖުވެރިންގެ އަތުން ނަގާ މައްސަލަ ކޮންމެ އަހަރަކު ވެސް ދިމާވެ އެވެ. އެކަމަކު ރަސްމީކޮށް އެ މައްސަލަ މި އަހަރު ހުށައެޅީ ހަރަމައިން ޖަމާއަތާ ދެކޮޅަށް އެކަންޏެވެ.