21 ޖުލައި 2019
ހުވަފެނެއް ހަގީގަތަކަށް ހަދަން ހިތްވަރުލާ މީހަކަށް ފަސްއެނބުރި ބެލުމެއް ނޯންނާނެ އެވެ. އަދި އުމުރުން ކިތަންމެ ދުވަސް ވިޔަސް، އެއީ އުންމީދެއް ހާސިލު ކުރަން އޮތް ހުރަހެއް ނޫންކަން އުމުރުން 98 އަހަރުގެ މީހަކު ވަނީ މި ސާބިތުކޮށް ދީފަ އެވެ.
ހުވަފެނެއް ހަގީގަތަކަށް ހަދަން ހިތްވަރުލާ މީހަކަށް ފަސްއެނބުރި ބެލުމެއް ނޯންނާނެ އެވެ. އަދި އުމުރުން ކިތަންމެ ދުވަސް ވިޔަސް، އެއީ އުންމީދެއް ހާސިލު ކުރަން އޮތް ހުރަހެއް ނޫންކަން އުމުރުން 98 އަހަރުގެ މީހަކު ވަނީ މި ސާބިތުކޮށް ދީފަ އެވެ.
އޭނާ ބޭނުންވީ ހަޔާތުގެ ކޮންމެ ވެސް ހިސާބަކުން ސްކޫބާ ޑައިވަރެއްގެ ސެޓްފިކެޓް ހާސިލު ކުރާށެވެ. އެމެރިކާގެ ރޮކްފޯޑްގައި ދިރިއުޅޭ ވިލިއަމް ލެމްބާޓް މިދިޔަ ހަފުތާގައި ވަނީ ސެޓިފައިޑް ސްކޫބާ ޑައިވަރެއްގެ ޝަރަފު ހޯދައިފަ އެވެ. އެއީ އޭނާގެ ވަރަށް ޒުވާން އުމުރުގައި ވެސް ހާސިލު ކުރަން އެންމެ ބޭނުންވި އެއް ކަންތަކެވެ. މި އަހަރު ފެށުނީ އޭނާ މި ހުވަފެން ހަގީގަތަކަށް ކޮންމެހެން ވެސް ހަދާނެ ކަމުގެ ހިތްވަރާ އެކީގަ އެވެ.
އުމުރުން 98 ގައި އަހަރު ސްކޫބާ ޑައިވިން ސެޓްފިކެޓް ހާސިލު ކުރުމުގެ ކުރިން ވިލިއަމް ވަނީ އެންމެ ދުވަސްވީ ސްކޫބާ ޑައިވަރުގެ ރެކޯޑް ވެސް މިދިޔަ ފެބްރުއަރީ މަހުގެ 11 ހަދައި، ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ހޯދައިފަ އެވެ.
"ސްކޫބާ ޑައިވަރެއްގެ ސެޓްފިކެޓް ލިބުނީމަ ވަރަށް އުފާވެއްޖެ. މިއީ ވަރަށް ދުވަސްވީ ހުވެފެނެއް ހަގީގަތަކަށްވުން. އަދި ސެޓްފިކެޓް ހާސިލު ކުރެވުމަކީ އަހަރެން އެކަން ކުރާނެ ކަމަށް ވައުދުވި މީހުންނަށް ދެވެނު ޖަވާބެއް،" 1930 ގެ އަހަރުތަކުގައި ބޯއި ސްކައުޓްގައި ވެސް އުޅުނު ވިލިއަމް ބުންޏެވެ.
ވިލިއަމް ޑައިވިންގައި.
އަންނަ ސެޕްޓެމްބަރުގެ 4 ވަނަ ދުވަހު 99 އަހަރު ފުރޭ ވިލިއަމް ބުނި ގޮތުގައި ޑައިވް ކުރުމަކަށް ދުވަހަކު ވެސް ހުއްޓުމެއް ނާންނާނެ އެވެ.
"އެންމެ ފަހު ނޭވާއާ ހަމައަށް ވެސް އަހަރެން ޑައިވް ކުރާނަން. މިއީ ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއް،" އޭނާ ބުންޏެވެ.
އަލްބަމެއް 95 އަހަރުގައި، މިއީ ރެކޯޑެއް
ހެރީ ސްޓައިލްސްގެ އާ ލަވަ އަށް ބޮޑު ކާމިޔާބީއެއް
އެންމެ ދުވަސްވީ ފިރިހެނާ 112 އަހަރުގައި މަރުވެއްޖެ
"އެންޑްގޭމް" ބަލައިގެން ރެކޯޑް މުގުރާލައިފި
ވިލްޑީން ބޭނުމީ އެންމެ ކުރު ފާމަސިސްޓަށް ވާން
ޖައްވީ ދަތުރުން ވެސް އެކްޓަރު ޝޭންޓާ އަށް ރެކޯޑެއް
ދުނިޔެ ވަށައި އެކަނި ބުރެއް ޖަހައިގެން ރެކޯޑެއް
ބެޒޯސްގެ ޖައްވީ ދަތުރަށް ދުނިޔޭގެ ހަތަރު ރެކޯޑެއް
ދިގު އުމުރުގެ ސިއްރަކީ ހިތް ހެޔޮ ސާދާ މިޒާޖު
ބާސްކެޓް މެޗެއް 120 ގަޑިއިރަށް ކުޅެ ރެކޯޑް ހަދައިފި