Roadha Mihaaru
އަށް އަހަރު ފަހުން މަސްތުވާތަކެތީގެ ހިކި ބާވަތްތައް ނައްތާލަން ފަށައިފި

އަށް އަހަރު ފަހުން މަސްތުވާތަކެތީގެ ހިކި ބާވަތްތައް ނައްތާލަން ފަށައިފި

10 މެއި 2016

މަސްތުވާތަކެތީގެ ހިކި ބާވަތްތައް ނައްތާނުލައި ހުންނަތާ އަށް އަހަރު ފަހުން، 74 މައްސަލައެއްގައި ހިމެނޭ މަސްތުވާތަކެއްޗާއި އެ ތަކެއްޗާއެކު އަތުލައިގެންފައިވާ ބައެއް އާލަތްތައް ދޫނިދޫގައި އިއްޔެ ނައްތާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މަސްތުވާތަކެތީގެ ހިކި ބާވަތްތައް ނައްތާނުލައި ހުންނަތާ އަށް އަހަރު ފަހުން، 74 މައްސަލައެއްގައި ހިމެނޭ މަސްތުވާތަކެއްޗާއި އެ ތަކެއްޗާއެކު އަތުލައިގެންފައިވާ ބައެއް އާލަތްތައް ދޫނިދޫގައި އިއްޔެ ނައްތާލައިފި އެވެ.

މަސްތުވާތަކެތި ނައްތައިލުމާ ބެހޭ ހާއްސަ ކޮމިޓީ އާއި ނޫސްވެރިންގެ ހާޒިރުގައި އިއްޔެ ނައްތައިލީ 2008 ވަނަ އަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އެއްޗެހިތަކެކެވެ.

ފުލުހުން ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ 39.96 ގްރާމް އޮޕިއޭޓްސް އާއި 54.33 ގްރާމް ކެނަބިސް އެކުލެވޭ 623 ރަބަރު ޕެކެޓާއި 224 ސެލޯފިންކޮޅާއި ހަ ޕައިޕާއި ހަތަރު ފޮއިލްކޮޅާއި 16 ސިރިންޖާއި 47 އެހެނިހެން ތަކެއްޗެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ކޮމިޓީގެ މެމްބަރު މޫސާ އަލީ ވިދާޅުވީ ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް ފަރާތެއް ނެތް މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މަސްތުވާތަކެތި ކަމަށެވެ.

ފުލުހުން ހޯދި ބައެއް މަސްތުވާތަކެތި ނައްތާލުމުގެ ކުރިން--. މިހާރު ފޮޓޯ: ނިޝާން އަލީ

ފުލުހުން ހޯދި ބައެއް މަސްތުވާތަކެތި ނައްތާލުމުގެ ކުރިން--. މިހާރު ފޮޓޯ: ނިޝާން އަލީ

މޫސާ ވިދާޅުވީ މަސްތުވާތަކެތީގެ ހިކި ބާވަތްތައް އަދިވެސް ނައްތައި ނުލާ އެބަހުރި ކަމަށާއި އެ ތަކެތި ނައްތައިލުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ފުލުހުން ހޯދި ބައެއް މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ދޫނިދޫގައި ކުރިއަށް ދަނީ--. މިހާރު ފޮޓޯ: ނިޝާން އަލީ

ފުލުހުން ހޯދި ބައެއް މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް ދޫނިދޫގައި ކުރިއަށް ދަނީ--. މިހާރު ފޮޓޯ: ނިޝާން އަލީ

"ހިކި މަސްތުވާތަކެތި އެންމެ ފަހުން ނައްތާލީ 2008 ވަނަ އަހަރު، މިއަދާ ހަމައަށް އައިއިރު ހިކި އެއްޗެހި ނައްތާނުލެވޭ،" މޫސާ ވިދާޅުވި އެވެ.

ފުލުހުން މި ތަކެތި ނައްތާލީ އެފަދަ އެއްޗެހި އެންދުމަށް ބޭނުންކުރާ ހާއްސަ މެޝިނެއްގެ އެހީގަ އެވެ. އަދި ކޮމިޓީގެ މެމްބަރުން ވަނީ އެތަކެތި އަންދާލުމުގެ ކުރިން އެތަކެތި ޗެކުކޮށް، އެތަކެއްޗާ ބެހޭ މައުލޫމާތު އެއްކޮށްފަ އެވެ.