10 ޖުލައި 2019
ތެލް އަވީވް (ޖުލައި 10) - އިޒްރޭލުގެ ހަނގުރާމަ މަތީ ޖެޓްތައް އީރާނާ ހަމައަށް ފޯރާނެ ކަމަށް ވިދާޅުވެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދެއްވައިފި އެވެ.
ތެލް އަވީވް (ޖުލައި 10) - އިޒްރޭލުގެ ހަނގުރާމަ މަތީ ޖެޓްތައް އީރާނާ ހަމައަށް ފޯރާނެ ކަމަށް ވިދާޅުވެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިންޒާރު ދެއްވައިފި އެވެ.
ހަނގުރާމަ މަތީ އެފް-35 ގެ ޖެޓްތައް އިންސްޕެކްޓް ކުރުމަށް ވައިގެ ސިފައިންގެ މަރުކަޒަކަށް ވަޑައިގެން ހަނގުރާމަ މަތީ ބޯޓެއްގެ ކައިރީ ހުންނަވާ ނަތަންޔާހޫ ވިދާޅުވީ "މިއީ މެދުއިރުމަތީގެ ކޮންމެ ތަނަކަށް ޚާއްސަކޮށް، އީރާނާ ހަމައަށް ފޯރާނެ ބޯޓުތަކެއް" ކަމަށެވެ.
"އީރާނުން ދާދި ފަހުން ވަނީ އިޒްރޭލް ނެތިކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައި. އެކަމަކު ހަނދާން ކުރާތި މިއީ މެދުއިރުމަތީގެ ކޮންމެ ތަނަކަށް ވެސް ހަމަލާ ދެވޭވަރުގެ ބޯޓުތަކެއްކަން. ޚާއްސަކޮށް އީރާން އަދި ސީރިއާ،" އިޒްރޭލުގެ ދެކުނުގެ ނެވަޓިމް ވައިގެ މަރުކަޒަކަށް ވަޑައިގެން ނަތަންޔާހޫ ވިދާޅުވި އެވެ.
ނިއުކްލިއާ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް އީރާނުން ޔުރޭނިއަމް ފައްކާކުރަން ފެށުމުން ނަތަންޔާހޫ ވަނީ އެއީ އީރާނުން އަޅާ ވަރަށް ނުރައްކާ ފިޔަވަޅެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޔޫރަޕަށް ވަނީ ގޮވާލައްވައިފަ އެވެ.
އީރާނާއި ދުނިޔޭގެ ބާރުތަކާ އެކު 2015 ވަނަ އަހަރު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމަށް އިޒްރޭލުން އަބަދުވެސް ދެކޮޅު ހަދަ އެވެ.
އިޒްރޭލުން މީގެ ކުރިން ވަނީ ސީރިއާގައިވާ އީރާނުގެ އަމާޒުތަކަށް ވައިގެ ހަމަލާތައް ދީފަ އެވެ.
ބައްޝާރު ވެއްޓުނީ އިޒްރޭލުގެ ސަބަބުން: ނަތަންޔާހޫ
"އީރާންގެ ނިއުކްލިއާ ކޮމްޕޮނެންޓަކަށް ހަމަލާދިން"
ޓްރަމްޕާއި ނަތަންޔާހޫގެ ކޯލެއް، އީރާންގެ ވާހަކަ ދެއްކި
އީރާނަށް ދިން ހަމަލާގެ މަގްސަދު ހާސިލްވި: ނަތަންޔާހޫ
އިޒްރޭލުގެ ވެރިން މަރަންއުޅުނު އިޒްރޭލު މީހަކު ހައްޔަރު
ހަމަލާ ހުއްޓާލާށޭ ނުކިޔާ، މިއީ ހަނގުރާމައިގެ ވަގުތު
އީރާނުން ހަމަލާއެއް ދީފިނަމަ ވަރުގަދަ ރައްދެއް ދޭނަން
ނަތަންޔާހޫގެ ތުހުމަތަށް އީރާނުން ރަސްމީކޮށް ރައްދު ދީފި
ނަތަންޔާހޫގެ ތުހުމަތުގައި އެއްވެސް އަސްލެއް ނެތް: އީރާން
ދުނިޔެއަށް އޮތް އެންމެ ބޮޑު ބިރަކީ އީރާން: ނަތަންޔާހޫ