Roadha Mihaaru
"އީރާންގެ ނިއުކްލިއާ ކޮމްޕޮނެންޓަކަށް ހަމަލާދިން"

ހަމަލާގައި އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ ކޮމްޕޮނެންޓަކަށް ގެއްލުން ދިނިން: ނަތަންޔާހޫ

19 ނޮވެމްބަރ 2024

މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އިޒްރޭލުން އީރާނަށް ދިން ހަމަލާގައި އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ "ކޮމްޕޯނެންޓެއް" ހަލާކުވެފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އިޒްރޭލުން އީރާނަށް ދިން ހަމަލާގައި އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ "ކޮމްޕޯނެންޓެއް" ހަލާކުވެފައިވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

"މި ހަމަލާގައި އެ މީހުންގެ ނިއުކްލިއާ ޕްރޮގްރާމްގެ ވަކި ބަޔަކަށް ހަމަލާ ދިން ކަމުގެ މައުލޫމާތު ވަނީ ދީފައި،" ގާނޫނު ހަދާ މަޖިލީހުގައި ނަތަންޔާހޫ ބުންޏެވެ. "އެ ޕްރޮގްރާމްގެ ގާބިލްކަމާއި ހިންގުން ހުއްޓުވައެއް ނުލެވޭ."

އީރާނުން އިޒްރޭލަށް މިސައިލް ހަމަލާ ދީފައި ވާތީ އާއި އެކި ގްރޫޕްތަކަށް އެހީތެރިކަން ދީގެން އިޒްރޭލަށް ތަކުރާރުކޮށް ހަމަލާދޭތީ ކަމަށް ބުނެ އިޒްރޭލުން އީރާނަށް އެންމެ ފަހުން ހަމަލާ ދިނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.

ފައިޓަ ޖެޓްތައް ފޮނުވައިގެން ދިން ހަމަލާތަކުގައި މާބޮޑު ގެއްލުމެއް ނުވާ ކަމަށާއި އެކަމަކު ސިފައިންގެ ހަތަރު މީހަކު މަރުވި ކަމަށް އީރާނުން ކުރިން ބުނެފައިވެ އެވެ.

އޭރު އިޒްރޭލުން ބުނެފައިވަނީ މިއީ އީރާންގެ ކޮންމެ ތާކަށް ވެސް ބޭނުން ވަގުތަކު ހަމަލާ ދެވިދާނެ ކަމުގެ މެސެޖާ އެކު ދިން ހަމަލާއެއް ކަމަށެވެ. އަދި މި ހަމަލާގެ މަގްސަދު ހާސިލްވި ކަމަށް ވެސް ބުންޏެވެ.