28 އޮކްޓޯބަރ 2024
އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާއަކީ "ޓާގެޓްކުރެވިފައިވާ އަދި ވަރުގަދަ" ހަމަލާއެއް ކަމަށާއި، އެ ހަަމަލާތަކުގެ ހުރިހާ މަގްސަދެއް ހާސިލްވި ކަމަށް އިޒްރޭުލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދިއްތަ ދުވަހު ބުނެފި އެވެ.
އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާއަކީ "ޓާގެޓްކުރެވިފައިވާ އަދި ވަރުގަދަ" ހަމަލާއެއް ކަމަށާއި، އެ ހަަމަލާތަކުގެ ހުރިހާ މަގްސަދެއް ހާސިލްވި ކަމަށް އިޒްރޭުލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދިއްތަ ދުވަހު ބުނެފި އެވެ.
"އަޅުގަނޑުމެން ވައުދުވީ އީރާނުގެ ހަމަލާއަށް ޖަވާބުދޭނެ ކަމަށް، އަދި ހޮނިހިރު ދުވަހު އަޅުގަނޑުމެން ހަމަލާ ދިނިން... އީރާނަށް ދިން ހަމަލާއަކީ ޓާގެޓްކުރެވިފައިވާ އަދި ވަރުގަދަ ހަމަލާއެއް، އޭގެ ހުރިހާ މަގްސަދެއް ޙާޞިލުކުރެވުނު" ކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ. މިއީ ހަމާސްއިން އޮކްޓޯބަރު 7 ގައި ދިން ހަމަލާއަށް ހިބްރޫ ކަލަންޑަރުން ބަލާއިރު އަހަރުވުން ފާހަގަކުރުމަށް ދެއްކި ވާހަކައެކެވެ.
އިޒްރޭލުގެ ހަމަލާތަކަކީ އޮކްޓޯބަރު 1 ގައި އީރާނުން އިޒްރޭލަށް ދިން ހަމަލާއަށް ދިން ޖަވާބެކެވެ. އީރާނުން އިޒްރޭލަށް 200 އެއްހާ މިސައިލް ފޮނުވާލު ނަމަވެސް، އޭގެ ގިނަ މިސައިލްތައް އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާލި އެވެ.
"އީރާނުން އިޒްރޭލަށް ސަތޭކަތަކެއް ބެލިސްޓިކް މިސައިލް ދޫކުރި، އަދި މި ހަމަލާ ފެއިލްވި" ކަމަށް ނަތަންޔާހޫ ބުންޏެވެ.
"އަޅުގަނޑުމެން ވަޢުދު ފުއްދައިފިން. އެއަރ ފޯސްއިން އީރާނަށް ހަމަލާދީ، އީރާނުގެ ދިފާޢީ ޤާބިލިއްޔަތުތަކާއި މިސައިލް އުފެއްދުމުގެ ތަންތަނަށް ގެއްލުން ދިނިން" ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުން ކަށަވަރުކޮށްދިނީ އިޒްރޭލުން އެތަނުގެ ވެރިރަށުގެ ސަރަޙައްދާއި އެހެން ޕްރޮވިންސްތަކުގައި ހުރި އަސްކަރީ ތަންތަނަށް ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާތަކުން މާބޮޑު ގެއްލުމެއް ނުވާ ކަމަށް އީރާނުން ބުންޏެވެ. -- ފޮޓޯ: އޭއެފްޕީ
ބައްޝާރު ވެއްޓުނީ އިޒްރޭލުގެ ސަބަބުން: ނަތަންޔާހޫ
"އީރާންގެ ނިއުކްލިއާ ކޮމްޕޮނެންޓަކަށް ހަމަލާދިން"
ޓްރަމްޕާއި ނަތަންޔާހޫގެ ކޯލެއް، އީރާންގެ ވާހަކަ ދެއްކި
އިޒްރޭލުގެ ވެރިން މަރަންއުޅުނު އިޒްރޭލު މީހަކު ހައްޔަރު
ހަމަލާ ހުއްޓާލާށޭ ނުކިޔާ، މިއީ ހަނގުރާމައިގެ ވަގުތު
އީރާނުން ހަމަލާއެއް ދީފިނަމަ ވަރުގަދަ ރައްދެއް ދޭނަން
އިޒްރޭލުގެ ޖެޓްތައް އީރާނާ ހަމައަށް ފޯރާނެ: ނަތަންޔާހޫ
ނަތަންޔާހޫގެ ތުހުމަތަށް އީރާނުން ރަސްމީކޮށް ރައްދު ދީފި
ނަތަންޔާހޫގެ ތުހުމަތުގައި އެއްވެސް އަސްލެއް ނެތް: އީރާން
ދުނިޔެއަށް އޮތް އެންމެ ބޮޑު ބިރަކީ އީރާން: ނަތަންޔާހޫ