07 ޖުލައި 2019
ސަރުކާރުގެ ހަރަދުގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމަށް ފެށި މަޝްރޫއުގެ ދަށުން ޓްރީ ޓޮޕާއި މެޑިކާ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އެ އޮޕަރޭޝަން މިއަދު ކޮށްފި އެވެ.
ސަރުކާރުގެ ހަރަދުގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމަށް ފެށި މަޝްރޫއުގެ ދަށުން ޓްރީ ޓޮޕާއި މެޑިކާ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އެ އޮޕަރޭޝަން މިއަދު ކޮށްފި އެވެ.
ސަރުކާރުގެ ހަރަދުގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމަށް، އާސަންދަ އާއި ޓްރީ ޓޮޕް ހޮސްޕިޓަލް އަދި އައިޖީއެމްއެޗާ އެކު މިދިޔަ މަހުގެ ތެރޭގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިިއީ އެ އެއްބަސްވުމުގެ ދަށުން ކުރި ފުރަތަމަ އޮޕަރޭޝަންތަކެވެ.
ސަރުކާރުގެ މި މަޝްރޫއުގެ ދަށުން އޮޕަރޭޝަން ކުރި ދެ މީހުންގެ ހާލު ބެލުމަށް، ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރައްވާފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ޓްރީ ޓޮޕަށް ބަލި މީހުން ރިފާ ކުރާނީ އައިޖީއެމްއެޗުންނެވެ.
އައިޖީއެމްއެޗުން ކުރިން ބުނެފައިވާ ގޮތުގައި މި ހިދުމަތުގެ ސަބަބުން، ކަކުލު ހުޅު ބަދަލުކުރާ އޮޕަރޭޝަން ކުރަން ތިބި މީހުންގެ ކިޔޫ ކުޑަވެގެން ދާނެ އެވެ. އެ އޮޕަރޭޝަން ކުރަން މިހާރު ވެސް 173 މީހުން ކިޔޫގައި އެބަތިބި ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ޓްރީ ޓޮޕާއި އާސަންދައާ ދެމެދުވި އެއްބަސްވުމުގެ ދަށުން ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަނުގެ އަގަކީ 65،000 ރުފިޔާ ނަމަވެސް އެ އަގު އެއްކޮށް ދައްކާނީ އާސަންދައިންނެވެ.
މިި ވަގުތު ކުރެވޭނީ ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން އެކަނި ނަމަވެސް ކުރިއަށް އޮތް ތަނުގައި އުނަގަނޑުގެ އޮޕަރޭޝަންތައް ވެސް ކުރިއަށް ގެންދަން ވަނީ އެއްބަސްވެފަ އެވެ.
ޓްރީ ޓޮޕުން މީގެ ކުރިން ވެސް އާސަންދައިގެ އެހީގައި ޑިސްކައުންޓް އަގުތަކެއްގައި ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރި އެވެ. އޭރު ނަގަނީ އާސަންދަ އިން 50،000ރ. އަދި ބަލި މީހާގެ އަތުން 23،000ރ. އެވެ.
ޓްރީ ޓޮޕް އަށް ކޮވިޑް ބަލީގެ މީހުން ގެންދަން ފަށައިފި
މަސައްކަތް މިކުރަނީ ރާއްޖެ އެހެން ހަރުފަތަކަށް ގެންދަން
ދަރުމަވަންތަ ހޮސްޕިޓަލުގެ ހާލަތު ބަދަލުކޮށްފި:ހަލީމް
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
ދަރުމަވަންތައިގެ ހައިބްރިޑްތިއޭޓަރު ބޭނުންކުރަން ފަށައިފި
ހޮސްޕިޓަލުގެ ކިއު ކުޑަކުރަން ވަގުތު އިތުރުކުރަނީ
ސަރުކާރުގެ މައި ހޮސްޕިޓަލަކަށް ދަރުމަވަންތަ!
ދަރުމަވަންތަ ކައިރީ ހޮސްޕިޓަލްގެ އާ އިމާރާތެއް އަޅަނީ
ސާވިކަލް ކެންސަރު: ރައްކާތެރިވެ, ނައްތާލެވިދާނެ ކެންސަރެއް
ސަރުކާރުގެ ރައްދު: ސިއްހީ ހިދުމަތްތައް ނުހުއްޓޭނެ