07 އޯގަސްޓް 2018
ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނަކީ ސީދާ ވަކި ވިޔަފާރިއެއް ކުރަން އުޅޭ ބައެއް ނޫން ކަމަށާއި މަސައްކަތް ކުރައްވަނީ ރާއްޖެ އެހެން ހަރުފަތަކަށް ގެންދަވަން ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ޗަމްޕާ ހުސެއިން އަފީފް މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންނަކީ ސީދާ ވަކި ވިޔަފާރިއެއް ކުރަން އުޅޭ ބައެއް ނޫން ކަމަށާއި މަސައްކަތް ކުރައްވަނީ ރާއްޖެ އެހެން ހަރުފަތަކަށް ގެންދަވަން ކަމަށް ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ޗަމްޕާ ހުސެއިން އަފީފް މިރޭ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑީއާ ޕީއެސްއެމުން ގެނެސްދިން "މައި ފިއުޗާ- މައި ނޭޝަން" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން، ޗަމްޕާ ބްރަދާސް އާއި ކްރައުން ކޮމްޕެނީ އަދި ޓްރީ ޓޮޕް އިންވެސްޓްމަންޓްގެ އެއް ހިއްސާދާރު އަފީފް ވިދާޅުވީ، އެއީ ކޮންމެހެން ހަމައެކަނި ޓޫރިޒަމަށް އިންވެސްޓް ކުރައްވައިގެން އުޅުއްވާ ބޭފުޅުންތަކެއް ނޫން ކަމަށެވެ.
އަފީފްގެ ހިއްސާ އޮންނަ ޗަމްޕާ ބްރަދާސް އާއި ކްރައުން ކޮމްޕެނީ އަކީ ރާއްޖޭގައި އެންމެ ގިނަ ރިސޯޓު ހިންގާ އެއް ކުންފުންޏެވެ. އަދި ޓްރީ ޓޮޕް އިންވެސްޓްމަންޓަކީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ފައިނޭންސް ލީޒިން ކޮމްޕެނީ އަދި ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހިއްސާ އޮންނަ ކުންފުންޏެވެ.
"އަޅުގަނޑުމެންނަކީ ކޮންމެހެން ޓޫރިޒަމަށް އިންވެސްޓްކޮށްގެން އުޅޭ ބައެއް ނޫން. އަޅުގަނޑުމެންނަކީ ރާއްޖެ އަށް އިންވެސްޓްކޮށްގެން އުޅޭ ބައެއް. ރާއްޖޭގައި އެކި ކަންކަން ކުރިއަށް ގެންދެވޭތޯ. އެހެންވެ އެއް ނޫންތޯ އައްޑު އަށް ގޮސް އެތަނުގެ އެއާޕޯޓު ބޮޑުކޮށްގެން ފްލައިޓެއް ޖެއްސޭތޯ މި އުޅެނީ،" ގަން އެއާޕޯޓުގެ 30 ޕަސެންޓް ހިއްސާވާ ކާސާ ހޮލްޑިންގެ ވެސް އެއް ހިއްސާދާރު އަފީފް ވިދާޅުވި އެވެ.
"ދެން ތިބޭފުޅުން ވިދާޅުވެދާނެ ޓޫރިޒަމް ގައި އުޅޭ ބޭފުޅަކު ކީއްކުރަންހޭ އައްޑޫ އެއާޕޯޓުގެ ރަންވޭ ބޮޑު ކުރަންވީ؟ އަޅުގަނޑުމެންނަކީ ވަކި ކަމަކަށް އުޅޭ ބައެއް ނޫން. އަޅުގަނޑުމެން ބަލަނީ ރާއްޖެ ކުރިޔަށް ގެންދެވޭނެތޯ."
ރާއްޖެ އަށް ޓޫރިޒަމް ތައާރަފްކުރެއްވި އެއް މޭސްތިރިޔާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކާ (އެމްޔޫ މަނިކު) އެކު ކުރިޔަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ، ހުޅުމާލޭގައި 110 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހޮސްޕިޓަލެއް އެޅީ ވެސް ސިއްހީ ދާއިރާ އެހެން ހަރުފަތަކަށް ގެންދަން ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރެއިން ކިހާ ބޭފުޅުންނެއްތޯ އިންޑިއާ އަށް ގޮސް ބޭސް ކުރަނީ. ފޮރިން އެކްސްޗޭންޖް ޑްރެއިން [ހުސްވެގެން] ވެގެން ދިއުން ހުއްޓުވުނަސް އެއީ ރާއްޖެ އަށް ލިބޭ ބެނިފިޓެއް ނޫންތޯ. މި ތަނުން އެ ތަކެތި ލިބެން ހުންނަ ކަމަށް ވަންޏާ ކޮންމެހެން ބޭރަށް ދާކަށް ވެސް ނުޖެހޭ،" އޭނާ ވިދާޅުވި އެވެ.
އަފީފް ވިދާޅުވި ގޮތުގައި ރާއްޖެ އަށް މީގެ ތިން އަހަރެއްހާ ދުވަސްކުރިން، ސައުދީގެ މިހާރުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ވަޑައިގެންނެވިއިރު، ކުޑަ ހޮސްޕިޓަލަކާއި 29 ޑޮކްޓަރުން ގެންނެވި ކަމަށެވެ. ނަމަވެސް، މިހާރު އެ ފަދަ ބޭފުޅުންނަށް ރާއްޖޭ ގައި ޚިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުންނަށް ބޭނުންވާ ހުރިހާ ފެސިލިޓީސް މިހާރު މިތާ އެބަހުރި. އެހެންވީމާ އެ ހޮސްޕިޓަލް ގެންނާކަށް ނުޖެހޭނެ،" އަފީފް ވިދާޅުވި އެވެ.
ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލް ތަރައްގީ ކުރުމާ ބެހޭ ގޮތުން ޕްރެޒެންޓަރު ސުވާލު ކުރުމުން، އަފީފް ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލް އަޅަން ފެށިތާ ދެ ތިން މަސްވީތަނާ ރާއްޖޭގެ އެކިއެކި ހޮސްޕިޓަލްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށި ކަމަށެވެ.
"އަޅުގަނޑު ދެންނެވިން އަޅުގަނޑުގެ ޕާޓްނަރުން ކައިރީގައި ދެން ހުއްޓާލަންވީ ނޫންހޭ ހޮސްޕިޓަލް އެޅުން. މިހާރު ކުރަން އުޅުނު ކަންތައް ވެއްޖެ ނޫންހޭ،" އަފީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދަރުމަވަންތަ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލާ އެކު ސިއްހީ ވާދަވެރިކަން ބޮޑުވާނެ އެވެ.
"ކޮމްޕެޓިޝަނަކީ ރަނގަޅު ކަމެއް. އޭގެއިން ނުކުންނާނީ ރަނގަޅު. އަޅުގަނޑުމެން ފެއިލް ވަންޏާ ފެއިލް ވާނެ. ރަނގަޅު ވަންޏާ ރަނގަޅު ވާނެ. އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،" އަފީފް ވިދާޅުވި އެވެ.
އޭނާ ދެއްކެވި ވާހަކަތަކަށް ތައުރީފް ކުރައްވަމުން އެމްޔޫ މަނިކު ވިދާޅުވީ ޓްރީ ޓޮޕް ހޮސްޕިޓަލް އެޅުމުން ވަރަށް އުފާވި ކަމަށެވެ.
"ރާއްޖޭގައި އަދިވެސް މެޑިކަލް ފެސިލިޓީސް މަދޭ ތިބޭފުޅުން ބައްލަވައިފިއްޔާ. މި ގައުމަށް ބަލައިފިއްޔާ މެޑިކަލް ފެސިލިޓީސް އަދި ކިރިޔާ މި ފެއްޓުނީ. އެހެންވީމާ އަދިވެސް ބައިވަރު ފުރުސަތުތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
އެމްޔޫ މަނިކު ވިދާޅުވީ މުޅި ރާއްޖެއަށް ސިއްހީ ހިދުމަތް ފުޅާކުރަން ޖެހޭ ކަމަށާއި މިހާރު މިއީ ފެށުމެއް ކަމަށެވެ.
"މިއީ ހަމަ ޓޫރިޒަމޭ އެއްގޮތަށް ދާންވީ އެއްޗެއް އެހެން ދިމާލަށް ވެސް. އަޅުގަނޑަށް ހީވަނީ ދާނެހެން،" އޭނާ ވިދާޅުވި އެވެ.
ޓްރީ ޓޮޕް އަށް ކޮވިޑް ބަލީގެ މީހުން ގެންދަން ފަށައިފި
ހިލޭ ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކޮށްފި
ޓްރީ ޓޮޕް: ޓޫރިޒަމްގެ ހިނިތުންވުން ބަލިމީހުންނަށް
ވަކި ހޮސްޕިޓަލަކާ ވާދަކުރުމެއް ނެތް: ޗަމްޕާ އަފީފް
ޓްރީ ޓޮޕް ހޮސްޕިޓަލް ބުރާސްފަތި ދުވަހު ހުޅުވަނީ
ދަރުމަވަންތަ ހޮސްޕިޓަލުގެ ހާލަތު ބަދަލުކޮށްފި:ހަލީމް
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
ދަރުމަވަންތައިގެ ހައިބްރިޑްތިއޭޓަރު ބޭނުންކުރަން ފަށައިފި
ހޮސްޕިޓަލުގެ ކިއު ކުޑަކުރަން ވަގުތު އިތުރުކުރަނީ
ސަރުކާރުގެ މައި ހޮސްޕިޓަލަކަށް ދަރުމަވަންތަ!