ލިޔޯން، ފްރާންސް (ޖުލައި 3) - ފްރާންސްގައި މިހާރު ކުރިއަށްދާ އަންހެން ވޯލްޑް ކަޕްގައި ރޭ ކުޅުނު ސެމީ ފައިނަލުގައި އަލެކްސް މޯގަން ޖެހި ގޯލާ އެކު އިންގްލެންޑް އަތުން 2-1 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާ މި ފަހަރުގެ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
03 ޖުލައި 2019
ލިޔޯން، ފްރާންސް (ޖުލައި 3) - ފްރާންސްގައި މިހާރު ކުރިއަށްދާ އަންހެން ވޯލްޑް ކަޕްގައި ރޭ ކުޅުނު ސެމީ ފައިނަލުގައި އަލެކްސް މޯގަން ޖެހި ގޯލާ އެކު އިންގްލެންޑް އަތުން 2-1 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާ މި ފަހަރުގެ މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަކަށް ދިއުމުގެ އުއްމީދުގައި ރޭގެ މެޗަށް ނުކުތް އިންގްލެންޑް ޓީމަށް މެޗުގެ ކުރިން އޮތް ހިތްހަމަޖެހުމަކީ މުބާރާތުގެ ދެ ވަނަ ބުރާއި ކުއާޓާ ފައިނަލުގައި އެމެރިކާ މޮޅުކޮށްދިން ލަނޑުތައް ޖަހައިދިން މޭގަން ރެޕީނޯ އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ނުކުޅެވުމެވެ. އެކަމަކު ރޭގެ މެޗުގައި ރެޕީނޯ ނެތްތަން ފޫބެއްދުމުގައި ތަފާތު ދެއްކީ، މޮޅުކޮށްދިން ލަނޑު ޖެހި މޯގަން އެވެ. ރޭގެ މެޗުގައި ޓީމުގެ ކެޕްޓަންކަން ކުރި މޯގަން ވަނީ މެޗަށް ފަހު އޭނާގެ 30 ވަނަ އުފަން ދުވަސް ފާހަގަކޮށްފަ އެވެ.
"މިއީ އަހަންނަށް ލިބޭ ހާއްސަ އުފަލެއް. މިފަދަ ގޮތަކަށް އަދި އުފަން ދުވަހުގެ ހަދިޔާއެއް ނުލިބޭ. ބޭނުމީ ފައިނަލުގައި މޮޅުވެ ތަށި ދިފާއުކުރަން،" އެމެރިކާގެ އަންހެން ޓީމަށް 100 އަށް ވުރެ ގިނަ ގޯލު ޖަހައިދީފައިވާ މޯގަން ބުންޏެވެ.
ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު މޯގަން އުފާފާޅުކުރިއިރު ވަނީ އިޝާރާތުން ދައްކާލީ ސައިތަށްޓެއް ބުއި ގޮތެވެ. މި އުފާފާޅުކުރުމާ ގުޅިގެން ސަޕޯޓަރުންގެ މެދުގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވުނެވެ. އެއް ބަޔެއްގެ ނަޒަރުގައި މިއީ އެމެރިކާ އާއި އިނގިރޭސިންގެ މެދުގައި ކުރިން އޮތް ސިޔާސީ ހަމަނުޖެހުންތަކަށް ހިތްވަރުދޭ އުފާފާޅުކުރުމެކެވެ. އަނެއް ބަޔަކު ބުނީ މިއީ އުފަން ދުވަހުގެ ޕާޓީއަކަށް އިޝާރާތްކޮށް މޯގަންގެ ފަރާތުން ފެނުނު އުފާފާޅުކުރުމެކެވެ.
ލަނޑު ޖެހުމަށް ފަހު މޯގަން އުފާފާޅުކުރަނީ.- ފޮޓޯ: އޭއެފްޕީ
އޭނާ ބުނީ މިއީ ވަކި ސަބަބެއް އޮވެގެން އޭނާ އުފާ ފާޅުކުރި ގޮތެއް ނޫން ކަމަށާއި އެހެން ފަހަރުތަކާ ތަފާތުކޮށްލީ ކަމަށެވެ.
"މޭގަންގެ ވަރަށް ބައިވަރު އުފާފާޅުކުރުންތައް ފެނިއްޖެ. އެކަމަކު ގިނަ ބަޔެއްގެ ސަމާލުކަމެއް ނެތް. އަހަރެންގެ މި ކަހަލަ އުފާފާޅުކުރުމެއް ފެނުނީމަ އެންމެން އެނގެން ބޭނުންވެއްޖެ،" މެޗަށް ފަހު މޯގަން ބުންޏެވެ.
އަންނަ އާދިއްތަ ދުވަހު ކުޅޭ ފައިނަލުގައި އެމެރިކާ ބައްދަލުކުރާނީ މިރޭ ނެދަލެންޑްސް އާއި ސްވިޑެން ކުޅޭ ދެ ވަނަ ސެމީން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މީގެ ހަތަރު އަހަަރު ކުރިން ކެނަޑާގައި ބޭއްވި މުބާރާތުގެ ތަށި އެމެރިކާ އިން އުފުލައިލީ ފައިނަލުގައި ޖަޕާން ބަލިކުރުމަށް ފަހު އެވެ.
ރޭގެ މެޗުގެ 10 ވަނަ މިނިޓްގައި އެމެރިކާ އިން ލީޑުނެގީ ކްރިސްޓެން ޕްރެސް ޖެހި ގޯލުންނެވެ. އޭގެ ނުވަ މިނިޓް ފަހުން އިންގްލެންޑަށް އެއްވަރުކޮށްދިނީ އެލަން ވައިޓް އެވެ. މެޗުގައި އެމެރިކާ މޮޅުވި ގޯލު 31 ވަނަ މިނިޓްގައި ޖެހީ މޯގަން އެވެ. މިއީ ގްރޫޕް ސްޓޭޖުގައި ތައިލެންޑް އަތުން 13-0 އިން އެމެރިކާ މޮޅުވި މެޗަށް ފަހު މޯގަން ޖެހި ފުރަތަމަ ގޯލެވެ.
އިންގްލެންޑަށް ދެ ވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދޭން މެޗު ނިމެން ހަ މިނިޓަށް ވެފައި ހުއްޓައި ރަނުގެ ފުރުސަތެއް ލިބުނެވެ. ލިބުނު ޕެނަލްޓީ އަކުން ސްޓެޕް ހޫޓަން ފޮނުވާލި ބޯޅަ އެމެރިކާގެ ގޯލްކީޕަރު އަލީސާ ނައޭހާ ވަނީ މަތަކޮށްފަ އެވެ. އޭގެ ކުރިން އިންގްލެންޑްގެ ވައިޓް ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ.
ފަހުމެޗުގެ ވާހަކައިން ބްރެޒިލްގެ މާތާ ފެންކަޅިކޮށްލައިފި
ބަދަލުތަކާ އެކު އަންހެނުންގެ ވޯލްޑް ކަޕް މިއަދު ފަށަނީ
އެލިސް އެމެރިކާ އަންހެން ޓީމުގެ ކޯޗުކަން ދޫކޮށްލައިފި
މާތާގެ ޖާދުލާއެކު ބްރެޒިލުން ކޮޕާ އެމެރިކާ ހޯދައިފި
އުފާވެރި ކަމަށްފަހު ދެން ލިބުނީ ބައްޕަގެ މަރުގެ ޚަބަރު
ކެޓިޔަސް މޮރޮކޯ ކޯޗު ޓީމާ މެދު ފަހުރުވެރި ވެފައި
ޖަމައިކާ ޓީމުގެ ފަހަތުގައި ހުރީ ބޮބް މާލީގެ ދަރިފުޅު
ޗެމްޕިއަން އެމެރިކާ ބަލިކޮށް ސްވިޑެން ކުއާޓާ އަށް
އަންހެން ވޯލްޑް ކަޕުގައި ވެސް މޮރޮކޯ ތާރީހުގެ ތެރެއަށް
ޗެމްޕިއަން އެމެރިކާ ސަލާމަތްވީ ކިރިކިޔާ