29 ޖޫން 2019
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް މިއަދު ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގެ ބޭނުންފުޅަކީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ހާއްސަކޮށް ތައުލީމާއި ސިއްހަތާއި ސަލާމަތީ ދާއިރާ އަދި ވިޔަފާރީގެ ދާއިރާ އިން ގުޅުން ވަރުގަދަ ކުރުން ކަމަށެވެ.
މި ދަތުރުފުޅުގައި، ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުގޫބު އަދި ބޮޑުވަޒީރު ލީ ސިއެން ލޫންގައާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެ ބައްދަލު ކުރެއްވުންތަކުގައި، ދެ ގައުމުގެ ގުޅުން މިހާރު އޮތް ދާއިރާތަކާއި އިތުރަށް ގުޅުން ބަދަހިކޮށް، ފުޅާ ކުރުމާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޝްވަރާ ކުރައްވާނެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވާނެ އެވެ. މި ބައްދަލުކުރެއްވުމުގައި، ސިންގަޕޫރުގައި ދިވެހިންނަށް ދިމާވާ ގޮންޖެހުންތައް ހިއްސާ ކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސްގެ އަރިހުގައި ދިވެހ ސަރުކާރުގެ ޚާއްސަ ވަފުދެއް ވެސް ބައިވެރިވެ އެވެ.
ރައީސް، ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް
ސިންގަޕޫރާއި ބަންގްލަދޭޭޝަށް ސަފީރުން އައްޔަންކޮށްފި
އޯކިޑަށް ނަން ދެއްވީ ރައީސްގެ ދެކަނބަލުންގެ ނަމަށް
ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި
ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް
ރައީސް ފ. އަތޮޅަށް ވަޑައިގެންފި
އިނގިރޭސިވިލާތުގެ ދަތުރުފުޅަށް ފަހު ރައީސް ވަޑައިގެންފި
ޕްރެޒިޑެންޓްސް ބެޖު ފުރަތަމަ ފަހަރަށް ރަށަކަށް
ރައީސް، ސިންގަޕޫރުން ވަޑައިގެން ކާށިދު އަށް