Roadha Mihaaru
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް

15 އެޕްރީލް 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ރޭ ވަޑައިގެންފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ރޭ ވަޑައިގެންފި އެވެ.

އެއީ އަމިއްލަފުޅު ދަތުރުފުޅެއް ކަމަށް ވާތީ އޭގެ ތަފުސީލެއް ރައީސް އޮފީހަކުން ނުދެ އެވެ.

ރައީސްގެ ދެކަނބަލުން އެންމެ ފަހުން ސިންގަޕޫރަށް ވަޑައިގަތީ ރައީސްގެ ތައިރޮއިޑް އޮޕަރޭޝަނަށް މިދިޔަ ފެބްރުއަރީ 23 ގަ އެވެ. ފެބްރުއަރީ 25 ގައި ކުރި ތައިރޮއިޑްގެ ސާޖަރީ އަށް ފަހު ހާލުކޮޅު ރަނގަޅު ކަމަށް އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ. އަދި ފަރުވާ އަށް ފަހު މާޗު 6 ގައި ރާއްޖެ ވަޑައިގެން ރަސްމީ ކަންތައްތަކުގައި ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ރަސްމީ ދަތުރުފުޅުތަކުގައި ބައެއް ރަށްރަށަށް ވެސް ވަޑައިގެންނެވި އެވެ.

ތައިރޮއިޑްގެ އޮޕަރޭޝަނަށް ފަހު 6-7 ހަފުތާ ވަންދެން "މިގޮތަށް" ވާހަކަ ނުދައްކަވަން ޑޮކްޓަރުން އިލްތިމާސްކޮށްފައިވާ ކަމަށް، ފުވައްމުލަކުގެ މީހުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ މަހުގެ 25 ގައި ވިދާޅުވެފައި ވެ އެވެ.

"އަޅުގަނޑުގެ ސިއްހީ ހާލުކޮޅު ހުރިގޮތުން މި ދޭތެރެއިން މި ކަހަލަ ބައްދަލުވުމެއްގައި ވާހަކަދެއްކުން ކުޑަކޮށް މަޑުޖައްސާލުމަށް ޑޮކްޓަރު އިލްތިމާސްކޮށްފައި އޮތީ. ހައެއްކަ ހަފުތާ ވަންދެން އަޅުގަނޑުގެ އޮޕަރޭޝަށް ފަހު މި ކަހަލަ ގޮތަކަށް ވާހަކަދެއްކުން މަޑުޖައްސާލަން އަޅުގަނޑަށް އިރުޝާދު ދެއްވާފައި ޑޮކްޓަރު އޮތީ،" ފުވައްމުލަކުގެ ދިން މާހެފުމުގައި ރައީސް ވިދާޅުވެފައި ވެ އެވެ.