Roadha Mihaaru
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ދެ އެމްއޯޔޫއެއް

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ދެ އެމްއޯޔޫއެއްގައި ސޮއިކޮށްފި

01 ޖުލައި 2019

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ދެ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ދެ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސްގެ ދެކަނބަލުން މިިހާރު ކުރަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި ސިންގަޕޫރާ ދެމެދު މިއަދު ސޮއިކުރީ ވައިގެ ދަތުރުފަަތުރުގެ ދާއިރާގެ އެމްއޯޔޫ އަކާއި ދެ ގައުމުގެ ފޮރިން މިނިސްޓްރީއާ ދެމެދު އެއްބާރުލުން ދިނުމާ ބެހޭ އެމްއޯޔޫއެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެ ރަސްމިއްޔާތުގައި ރައީސާއި ސިންގަޕޫރުގެ ބޮޑުވަޒީރު ވެސް ބައިވެރިވެ ވަޑައިގަތެވެ.

މިއީ ރައީސް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ސިންގަޕޫރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.