Roadha Mihaaru

ހާރިޖީ ސިޔާސަތު އޮތީ ދިވެހިންގެ ފައިދާއަށް، ނޫނެކޭ ބުނަން ފަހެއް ނުޖެހޭނެ: ހަލީލް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވަނީ ދިވެހިންނަށް ފައިދާ ހޯދައިދިނުމަށް ކަމަށާއި ދިވެހިންގެ ހައްގުގައި "ނޫނެކޭ ބުނަންޖެހޭ ނަމަ" އެކަން ކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

"ދިވެހިންނަށްޓަކައި ނޫނެކޭ ބުނަން ފަސް ނުޖެހޭނެ"
މުއިއްޒު އިބްރާހިމް
ސިންގަޕޫރުން މުއިއްޒު އިބްރާހިމް

01 ޖުލައި 2025

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވަނީ ދިވެހިންނަށް ފައިދާ ހޯދައިދިނުމަށް ކަމަށާއި ދިވެހިންގެ ހައްގުގައި "ނޫނެކޭ ބުނަންޖެހޭ ނަމަ" އެކަން ކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި އުޅޭ ދިވެހިންނާ ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަލީލް ވިދާޅުވީ ދިވެހިންނާއި ރާއްޖެއަށް ފައިދާވާނެ ގޮތަށް ހާރިޖީ ސިޔާސަތު ބައްޓަންކުރުމަކީ ރައީސްގެ ވައުދުފުޅެއް ކަމަށްވާތީ، މިހާތަނަށް ވެސް ހާރިޖީ ހުރިހާ ކަމެއް އެ މަނިކުފާނު ނިންމަވަނީ އެގޮތަށް ކަމަށެވެ. އަދި ދިވެހިންގެ ހައްގުގައި "ނޫނެކޭ ބުނަން ޖެހޭ" ތަންތަނުގައި އެގޮތަށް އެކަން ކުރައްވާފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ.

ސިންގަޕޫރުގައި ދިރިއުޅޭ މީހުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން މިއަދު ބޭއްވި ހަފުލާގައި ފޮރިން މިނިސްޓަރު ހަލީލް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރުގައި ދިރިއުޅޭ މީހުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން މިއަދު ބޭއްވި ހަފުލާގައި ފޮރިން މިނިސްޓަރު ހަލީލް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

"އެކަން އެމަނިކުފާނު އަމަލާއި ބަހުން ވެސް އެ ވަނީ ދައްކަވާފައި. ނޫނެކޭ ވިދާޅުވާން ޖެހޭ ތަންތަނުގައި ނޫނެކޭ ވިދާޅުވެފައި އަދި އާއެކޭ ވިދާޅުވާން ޖެހޭ ތަންތަނުގައި އާއެކޭ ވިދާޅުވެފައިވަނީ. ދިވެހިންނާއި ގައުމަށް ހެޔޮގޮތް ހޯއްދަވަން ކުރައްވަންޖެހޭ ކަންކަން ކުރައްވައި, އެ ގެންދަވަނީ ރައްޔިތުންނަށް އެކަންކަން ހާސިލް ވެސް ކޮށްދެއްވަމުން." ހަލީލް ވިދާޅުވި އެވެ.

ސިންގަޕޫރުގައި ދިރިއުޅޭ މީހުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން މިއަދު ބޭއްވި ހަފުލާ އަށް ވަޑައިގަތުމުން ކުޑަކުދިންތަކެއް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރުގައި ދިރިއުޅޭ މީހުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން މިއަދު ބޭއްވި ހަފުލާ އަށް ވަޑައިގަތުމުން ކުޑަކުދިންތަކެއް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ހަލީލް ވިދާޅުވީ ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި އެ ގައުމެއްގައި އުޅޭ ދިވެހިންގެ ހާލު އަމިއްލަފުޅަށް ބައްލަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި މިއީ ހަލީލް ވިދާޅުވި ގޮތުގައި، ބޭރުގައި އުޅޭ ދިވެހިންގެ ހާލަތު ރައީސަކު އެހާ ގާތުން ބައްލަވާ ފުރަތަމަ ފަހަރެވެ.

ހަލީލް ވިދާޅުވީ ސިންގަޕޫރު ދަތުރުފުޅުގެ ތެރެއިން ގިނަ އެމްއޯޔޫތަކެއްގައި ރާއްޖެއިން ސިންގަޕޫރާ އެކު ސޮއިކުރީ ވެސް ދިވެހިންނަށް ފައިދާހުރި ގޮތްތަކެއް ހޯދުމަށް ކަމަށެވެ. އަދި އޭގެ ހެޔޮ ބަދަލު ފެންނާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

ސިންގަޕޫރުގައި ދިރިއުޅޭ އާއިލާއެެއްގެ ބަޔަކާ އެކު ރައީސް މުއިއްޒުގެ ދެކަނބަލުން ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރުގައި ދިރިއުޅޭ އާއިލާއެެއްގެ ބަޔަކާ އެކު ރައީސް މުއިއްޒުގެ ދެކަނބަލުން ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް

ހަލީލް ވިދާޅުވީ ބޭރު ގައުމުތަކުގައި އުޅޭ ގިނަ ދިވެހިންނަކީ އެ ގައުމުތަކުގެ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާ ބައެއް ކަމަށާއި އެކަމަކު "މަދު ދެތިން މީހަކު" އަމަލުކުރާ ގޮތެއްގެ ސަބަބުން، ބޭރުގައި އުޅޭ އެތައް ދިވެހިންނަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. ވިސާ ހޯދުމަށާއި ވިސާގެ މުއްދަތު އިތުރުކުރުން ނުވަތަ ތައުލީމީ ފުރުސަތުތައް ހޯދުމުގައި އިތުރު ދަތިތައް އެފަދަ ކަންކަމުގެ ސަބަބުން ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ކޮންމެ ދިވެއްސަކު ވެސް އެކަންކަމަށް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިންގަޕޫރުގައި ދިރިއުޅޭ މީހުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން މިއަދު ބޭއްވި ހަފުލާ އަށް ދިޔަ ބައެއް މީހުން.---ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރުގައި ދިރިއުޅޭ މީހުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން މިއަދު ބޭއްވި ހަފުލާ އަށް ދިޔަ ބައެއް މީހުން.---ފޮޓޯ: ރައީސް އޮފީސް

"އެ ދިރިއުޅޭ ގައުމެއްގެ މުޖްތަމައުގެ ތެރެއަށް ނިކުންނައިރުގައި ދިވެހިން އަހްލާގާއި ރީތި ސިފަތައް އެ މުޖްތަމައުގެ ތެރޭގައި ފަތުރާ އަދި އެގޮތަށް ދިރިއުޅޭ ރައްޔިތެއް ކަމުގައިވުން އެއީ ވަރަށް މުހިންމު ކަމެއް." ހަލީލް ވިދާޅުވި އެވެ.

މިރޭގެ އެ ރަސްމިއްޔާތުގައި، ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރުގައި ދިރިއުޅޭ ރައްޔިތުންނާ ވަކިވަކިން ބައްދަލު ކުރައްވައި، އެ މީހުންގެ ކަންބޮޑުވުންތަކާއި ވާހަކަތައް އައްސަވައިފަ އެވެ.