އުރީދޫގެ މި އަހަރުގެ "ކަލަ ރަން" ކާމިޔާބު ކަމާ އެކު އައްޑޫގައި މިއަދު ބާއްވައިފި އެވެ.
28 ޖޫން 2019
އުރީދޫގެ މި އަހަރުގެ "ކަލަ ރަން" ކާމިޔާބު ކަމާ އެކު އައްޑޫގައި މިއަދު ބާއްވައިފި އެވެ.
ހަވީރު 4.00 ން 6.00 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތް ފައްޓަވައި ދެއްވީ ޔޫތު އެންޑް ސްޕޯޓްސް މިިނިސްޓަރު އަހުމަދު މަހްލޫފާއި އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
އެތައް ބައެއްގެ ބޮޑު ތަރުހީބެއް ލިބުނު މި ފަހަރުގެ "ކަލަ ރަން" ގައި ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން ބައިވެރިވި އެވެ.
ހިތަދޫ ރަސްމީ ބޯޅަދަނޑު ސަރަހައްދުން ފެށި މި ދުވުމުގައި ގާތްގަނޑަކަށް 2،000 މީހުން ބައިވެރިވި އެވެ.
އުރީދޫގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ، އުންމީދު ކުރި ވުރެ ތަރުހީބެއް އައްޑޫން ލިބުނު ކަމަށެވެ. އެންމެ ފުރަތަމަ އުންމީދު ކުރީ 1،000 މީހުންނަށް ކަމަށް ވިޔަސް ރަޖިސްޓްރޭޝަން ބަންދުކުރި ފަހުން ވެސް ގިނަ ބަޔަކު ދުވުމުގައި ބައިވެރިވުމަށް އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ހުދު ޓީޝާޓެއް ލައިގެން ދިޔަ އެންމެންނަށް ދުވުމުގައި ބައިވެރިވެވޭނެ ގޮތަށް ބަދަލު ކުރި ކަމަށް ނޫރާ ވިދާޅުވި އެވެ.
އުރީދޫން އައްޑޫ ގައި މިއަދު ހަވީރު ބޭއްވި ކަލަ ރަން ގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: އުރީދޫ
ތަފާތު ހަރަކާތްތައް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވަން ފަށާ އަދި އާއްމުކޮށް ދުވާ މީހުންގެ މެދުގައި ވެސް މަގުބޫލު އިވެންޓެކެވެ. އުރީދޫ ކަލަ ރަންގެ ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ކުލަ ސްޓޭޝަންތަކުން ކުލަ ޖެހި އެވެ.
އައްޑޫގައި އަލަށް މި ފަހަރު ކަލަ ރަން ބޭއްވި ނަމަވެސް މިދިޔަ ދެ އަހަރު އެކަން އޮތީ ހުޅުމާލޭގަ އެވެ.
އުރީދޫން އައްޑޫ ގައި މިއަދު ހަވީރު ބޭއްވި ކަލަ ރަން ގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: އުރީދޫ
އުރީދޫން ބުނީ، ކަލަ ރަން އަށް ފަހު "ޓްވިޓްސާފް" ންނާ ގުޅިގެން އައްޑޫ ސާފު ކުރުމުގެ ހަރަކާތެއް މާދަމާ އޮންނާނެ ކަމަށެވެ.
އުރީދޫން ކުޑަ ކުދިންނަށް ހާއްސަކޮށް އައްޑޫގައި މިއަދު ބޭއްވި ގުޑި މަހާސަމާގެ ހަރަކާތްތަކުގެ ތެރެއިން.---ފޮޓޯ: އުރީދޫ
އުރީދޫ ކަލަ ރަންއާ ގުޅުވައިގެން މިއަދު ހެނދުނު ވަނީ ކުޑަކުދިންނަށް އަމާޒުކޮށްގެން ގުޑި މަހާސަމާ ނަމުގައި މަޑި އެރުުމުގެ ހަރަކާތެއް ވެސް އައްޑޫގައި ބާއްވާފައިވެ އެވެ. މިހަރަކާތުގައި މަޑި ހަދަން ދަސްކޮށްދީފައި ވެ އެވެ.
އުރީދޫގެ ހެލްތު ކިޓު އައްޑޫގެ ސިއްހީ މަރުކަޒުތަކަށް
މަހުލޫފް ވެސް އުރީދޫ މަސް ރޭހުގައި!
އައްޑޫގައި ބާއްވާ "ފަން ރަން"ގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
އުރީދޫން އިންޓަ ރިސޯޓު އީސްޕޯޓްސް ނިންމާލައިފި
އުރީދޫގެ ހިދުމަތް ދިނުމުގައި ކުޑަކުދިން ބައިވެރިވެއްޖެ
އުރީދޫ، އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރަނީ
އުރީދޫން ހުޅުމާލެ ބޮޑު މިސްކިތް އޭސީކުރަނީ
އުރީދޫގެ ދައުވަތަކަށް ޕީއެސްޖީގެ ލެޖެންޓް އޮކޯޗާ ރާއްޖެއަށް
ޓެލެކޮމް ދާއިރާގެ ހާއްސަ އެވޯޑެއް އުރީދު އަށް
އުރީދޫގެ "ފަން ރަން" ލ. ގަމުގައި ބާއްވަނީ