މާދަމާ އާއި ހޮނިހިރު ދުވަހު އައްޑޫގައި އުރީދޫން ކުރިއަށް ގެންދާ "ގުޑި މަހާސަމާ" އާއި "ކަލަ ރަން" އަދި "ޓްވިޓް ސާފު އައްޑޫ" ގެ ހަރަކާތްތަކާ އެކު މި ހަފުތާ ބަންދު ފޯރިގަދަ ވާނެ އެވެ. މި ކަންކަން ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާލައިގެން އެންމެންނަށް ބައިވެރިވެވޭ ގޮތަށެވެ.
27 ޖޫން 2019
މާދަމާ އާއި ހޮނިހިރު ދުވަހު އައްޑޫގައި އުރީދޫން ކުރިއަށް ގެންދާ "ގުޑި މަހާސަމާ" އާއި "ކަލަ ރަން" އަދި "ޓްވިޓް ސާފު އައްޑޫ" ގެ ހަރަކާތްތަކާ އެކު މި ހަފުތާ ބަންދު ފޯރިގަދަ ވާނެ އެވެ. މި ކަންކަން ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާލައިގެން އެންމެންނަށް ބައިވެރިވެވޭ ގޮތަށެވެ.
ހަރަކާތްތައް ފަށާނީ ގުޑި މަހާސަމާ އިންނެވެ. މާދަމާ ހެނދުނު 8:00 އިން 10:00 އަށް އޮންނަ މި ހަރަކާތުގައި މަޑި އެރުވުމުގެ އިތުރުން މަޑި ހެދުމުގެ ވޯކްޝޮޕެއް ވެސް ކުރިއަށްގެންދާނެ އެވެ.
މާލޭ ހެލިޕެޑް ސަރަހައްދުގައި ކުޑަކުއްޖަކު މަޑި އަރުވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
މީގެ އިތުރުން އުރީދޫ ކަލަރަންއާ ގުޅުވައިގެން ކުރިއަށްގެންދިޔަ އެކްސްޕޯގައި އިތުރަށް ހުރި ކިޓުތައް މި ހަރަކާތުގެ ތެރެއިން ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފަ އެވެ. މި މަހާސަމާގައި ފުލުހުންގެ ހާއްސަ ސްޓޯލެއް ވެސް ހުންނާނެ އެވެ.
މިދިޔަ އަހަރުގެ އުރީދޫ ކަލަ ރަންގެ ތެރެއިން-- ފޮޓޯ:ނިޝާން އަލީ/މިހާރު
ގުޑި މަހާސަމާ އަށް ފަހު ދެން އޮންނާނީ އެންމެ ބޮޑު އިވެންޓް ކަމަށްވާ ކަލަ ރަން އެވެ. އެއީ މާދަމާ ހަވީރު 3:00 އިން 6:00 އަށެވެ. ފަސް ކިލޯމީޓަރުގެ މި ދުވުން ފެށުމަށް ހަމަޖެހިފައިވަނީ ހިތަދޫ ސްޓޭޖް ސަރަހައްދުންނެވެ. މި ދުވުމުގައި ކޮންމެ ކިލޯމީޓަރަކަށް ދުވުމުން އެ ސަރަހައްދެއްގައި ހުންނަ ކުލަ ސްޓޭޝަނުން ދުވުންތެރިންގެ ގަޔަށް ކުލަ ޖަހާނެ އެވެ.
އުރީދޫ ކަލަ ރަން މީގެ ކުރިން ވަނީ ކާމިޔާބުކަމާ އެކު ބާއްވައި އާންމުންގެ ބޮޑު ތަރުހީބެއް ހޯދައިފަ އެވެ. އެގޮތުން މި ހަރަކާތުގައި ދައުލަތުގެ ވަޒީރުންނާއި ރާއްޖޭގެ މަޝްހޫރު ދުވުންތެރިން ވެސް ބައިވެރިވާނެ އެވެ. މިއީ މި ހަރަކާތް އައްޑޫގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ސާފު ކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން..
އެންމެ ފަހުގެ ހަރަކާތެއްގެ ގޮތުން ހޮނިހިރު ދުވަހު ޓްވިޓް ސާފު ހަރަކާތް ބޭއްވުމަށް އުރީދޫ އިން ވަނީ ނިންމާފަ އެވެ. ޓްވިޓާގައި ފެށި، ސާފުކުރުމުގެ މި ކެމްޕޭނުގައި އައްޑޫ ސިޓީ ހުޅުދޫ އާއި މަރަދުފޭދޫ އާއި ހިތަދޫގެ އެކި ސަރަހައްދުތައް ސާފުކުރާނެ އެވެ. މިކަން ފަށާނީ ހަވީރު 3:00 ގަ އެވެ.
މި ހަރަކާތަށް ފަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ. މިއީ ރާއްޖެ އަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދައި ތިމާވެއްޓާ ރައްޓެހި ޖީލެއް ބިނާ ކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
އައްޑޫގައި ބާއްވާ "ފަން ރަން"ގެ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
އައްޑޫގެ އިސްރަށްވެހިންނަށް އުރީދޫގެ ރޯދަ ވީއްލުން
އުރީދޫގެ ހެލްތު ކިޓު އައްޑޫގެ ސިއްހީ މަރުކަޒުތަކަށް
ހިތަދޫގެ އުރީދޫ ލައުންޖާއި އޯއީސީ އަޕްގުރޭޑު ކޮށްފި
އުރީދޫގެ ޑިޖިޓަލް ސެންޓަރުތައް އައްޑު އާއި ލ. އަށް
އުރީދޫ ކަލަ ރަން: އައްޑޫން ބޮޑު ތަރުހީބެއް
އުރީދޫ ކަލަ ރަން ގައި ބައިވެރިވުމަށް ހުޅުވާލައިފި
އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް އައްޑު އަށް
ފިލިޕީންސްގެ މިނިވަންދުވަހަށް އުރީދޫ ނޭޝަންގެ މުބާރާތެއް
"ލާމަރުކަޒީ ނިޒާމު ނެތި ރަށްތައް ތަރައްގީނުވާނެ"