Roadha Mihaaru

އައްޑޫގައި ބާއްވާ އުރީދޫ ކަލަ ރަން ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އުރީދޫން އައްޑޫގައި ބާއްވާ ކަލަ ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫ ކަލަ ރަން ގައި ބައިވެރިވުމަށް ހުޅުވާލައިފި
އިދުހާމް ނައީމް
އިދުހާމް ނައީމް

10 ޖޫން 2019

އުރީދޫން އައްޑޫގައި ބާއްވާ ކަލަ ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މަހުގެ 28 ވަނަ ދުވަހު ބާއްވާ މި ހަރަކާތުގައި އުމުރުން ހަ އަހަރުން މަތީގެ އެންމެންނަށް ބައިވެރިވެވޭނެ އެވެ. ކަލަ ރަން ގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރަންޖެހޭނީ އުރީދޫގެ އޮންލައިން ޕޯޓަލް http://ore.do/colorrun މެދުވެރި ކޮށެވެ.

ކަލަ ރަން ގައި ބައިވެރިވާ މީހުންނަށް ދެ ކިޓެއް އުރީދޫން ވަނީ ހުށަހަޅައިފަ އެވެ. އެއީ 85ރ. ގެ ސްޓޭންޑާޑް ކިޓަކާއި 150ރ. އަށް ލިބޭ ފަން ކިޓެވެ. ސްޓޭންޑާޑް ކިޓުގައި ކަލަ ރަން ޓީޝާޓު އެކަނި ހިމެނޭއިރު ފަން ކިޓުގައި ޓީޝާޓުގެ އިތުރުން އަތުގައި އަޅާ ބޭންޑަކާއި ބޮލުގައި އަޅާ ތޮފި އަދި ފޮތި ދަބަހެއް ލިބޭނެ އެވެ.

އުރީދޫން އައްޑޫ ކަލަ ރަން ކުރިއަށް ގެންދަނީ ޔޫތު މިނިސްޓްރީއާ ގުޅިގެންނެވެ.

އެ ކުންފުނިން މީގެ ކުރިން ކަލަ ރަން ބާއްވަމުން އައީ މާލެ ސަރަހައްދުގަ އެވެ. ނަމަވެސް މި އަހަރު މުޅިން އަލަށް އައްޑު އަށް ކަލަ ރަން ގެންދިއުމުގެ ބޭނުމަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މީހުން އެ އުފަލުގައި ބައިވެރި ކުރަން ކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫ ކަލަ ރަން އަކީ ފަސް ކިލޯމީޓަރުގެ ދުވުމެކެވެ. އަދި ކޮންމެ ކިލޯމީޓަރެއް ދުވުމުން އެކަން ފާހަގަކުރުމުގެ ގޮތުން ކުލަ ޖަހާނެ އެވެ.

އުރީދޫން ވަނީ ރާއްޖޭގެ ހުރިހާ ދުވުންތެރިންނަށާއި މި ހަރަކާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުން ވީހާ ވެސް އަވަހަކަށް ރަޖިސްޓަރީ ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.