27 ޖޫން 2019
ތެހެރާން (ޖޫން 27) - އެމެރިކާ އިން ކިތަންމެ ޕްރެޝަރެއް ކުރިމަތި ކުރިއަސް އީރާނުން ބޯނުލަނބާނެ ކަމަށް ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
ތެހެރާން (ޖޫން 27) - އެމެރިކާ އިން ކިތަންމެ ޕްރެޝަރެއް ކުރިމަތި ކުރިއަސް އީރާނުން ބޯނުލަނބާނެ ކަމަށް ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
"އީރާނުން ވަނީ މިނިވަން ކަމާއި އިހްތިރާމް އަދި ތަރައްގީ ހޯދާފައި. އެހެންވެ އަދާވާތްތެރިން އީރާނަށް ޕްރެޝަރު ކުރަމުން ދަނީ. އެއިން ކުރާނެ އަސަރެއް ނޯންނާނެ،" ތެހެރާންގައި ގިނަ އަދަދެއްގެ ބަޔަކާ މުޚާތަބް ކުރައްވާ ދެއްވި ތަގްރީރުގައި ޚާމަނާއީ ވިދާޅުވި އެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ބަހުގެ ހަމަލާތައް ހޫނުވެފައިވާ ދުވަސްވަރެއްގައި ޚާމަނާއީ ވިދާޅުވީ ދުނިޔޭގެ އެންމެ މަކަރުވެރި ގައުމުން އީރާނުގެ މައްޗަށް ދޮގު އެތައް އިލްޒާމެއް އަޅުވާ ކަމަށެވެ. މިފަދަ ކަންކަމާ އީރާން ފަހަތަށް ނުޖެހޭނެ ކަމަށް ޚާމަނާއީ ވިދާޅުވި އެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އިން މި ހަފުތާގައި އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަމާޒަކަށް ވަނީ ޚާމަނާއީ ހަދައިފަ އެވެ. މި ފިޔަވަޅުތަކުގެ ދަށުން އެމެރިކާއާ ގުޅުން އޮޮންނަ މާލީ އިދާރާތަކުން އެއްވެސް މުއާމަލާތެއް ހިންގުން ވަނީ ހުއްޓުވައިފަ އެވެ.
އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ ޚާމަނާއީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ އެމެރިކާގެ މޮޔަކަން ކަމަށެވެ. ސަބަބަކީ ޚާމަނާއީގެ އެއްވެސް މުދަލެއް ގައުމުން ބޭރުގައި ނުހުންނާނެތީ އެވެ.
ޚާމަނާއީ އަކީ ވޭތުވެދިޔަ 30 އަހަރު ތެރޭ ގައުމުން ބޭރަށް ވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. ޚާމަނާއީ އެންމެ ފަހުން ގައުމުން ބޭރަށް ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައި 1989 ވަނަ އަހަރު ޗައިނާ އަށެވެ.
ނިއުކްލިއާ ހަތިޔާރު އުފެއްދުން ނުހުއްޓުވޭނެ: ޚާމަނާއީ
އެމެރިކާގެ އެކަކުވެސް އިރާގުގައި ހުރުން ގޯސް: ޚާމަނާއީ
އީރާންގެ މުޒާހަރާތަކުގެ އަޑީގައި އެމެރިކާ އާއި އިޒްރޭލު
ޓްރަމްޕަށް "ހަމަލާދޭން" ރާވާ ވީޑިއޯއެއް ބުލޮކް ކޮށްފި
ޚާމަނާއީގެ ފުރަތަމަ ޝަރުތު: ފިޔަވަޅުތައް އުވާލުން
ފްލޮއިޑުގެ މަރުން އެމެރިކާގެ ހަގީގީ ސިފަ ފެނިއްޖެ
ހަމަލާއަކީ އެމެރިކާގެ މޫނުމަތީގައި ޖެހި އެތިފަހަރެއް: ޚާމަނާއީ
"އީރާނަށް ނުރައްކާކުރާ ކޮންމެ ބަޔަކާ ކުރިމަތިލާނަން"
ޚާމަނާއީއާ ދެކޮޅަށް އެމެރިކާ އިން އެޅީ މޮޔަ ފިޔަވަޅެއް
ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަމާޒަކަށް ޚާމަނާއީ