ވޮޝިންޓަން (ޖޫން 25) - ރައީސްކަމުގައި މިހާތަނަށް ހެއްދެވުނު އެންމެ ބޮޑު ގޯހަކީ ކުރީގެ ސެނޭޓަރު ޖެފް ސެޝަންސް އަށް އެޓާނީ ޖެނެރަލްގެ މަގާމު ދެއްވުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
25 ޖޫން 2019
ވޮޝިންޓަން (ޖޫން 25) - ރައީސްކަމުގައި މިހާތަނަށް ހެއްދެވުނު އެންމެ ބޮޑު ގޯހަކީ ކުރީގެ ސެނޭޓަރު ޖެފް ސެޝަންސް އަށް އެޓާނީ ޖެނެރަލްގެ މަގާމު ދެއްވުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
"ކަމެއް ބަދަލު ކުރާނަމަ އެންމެ ބޮޑަށް ކުރަން ބޭނުންވި ކަމަކީ އެޓާނީ ޖެނެރަލްގެ މަގާމުން ޖެފް ސެޝަންސް ވަކިކުރުން،" އެންބީސީ އަށް ދެއްވި އުންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒް ފޯރުވި މައްސަލަ ތަހުގީގު ކުރަން ފެށުމާ އެކު ސެޝަންސް އާއި ޓްރަމްޕުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. ސެޝަންސް އަކީ ކުރިން ޓްރަމްޕުގެ ކެމްޕޭނުގައި އިސްކޮށް އުޅުއްވި ބޭފުޅަކަށް ވުމާ އެކު، މަސްލަހަތު ފުށުއަރައިފާނެތީ، އެ ތަހުގީގުން އޭނާ ވަނީ އެއް ފަރާތްވެ، އެ މައްސަލަތައް ބެލުން ސެޝަންސްގެ ނައިބާ ހަވާލުކޮށްފަ އެވެ.
އެމެރިކާގެ ކުރީގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް. --ފައިލް ފޮޓޯ
މިދިޔަ ނޮވެމްބަރު މަހު ޓްރަމްޕް ވިދާޅުވެފައި ވަނީ ޖަސްޓިސް ޑިޕާޓްމަންޓް އޮތީ އެޓާނީ ޖެނެރަލް ސެޝަންސްގެ ކޮންޓްރޯލްގެ ދަށުގައި ނޫން ކަމަށެވެ. ޓްރަމްޕް އެހެން ވިދާޅުވެފައި ވަނީ ސިޔާސީ ޕްރެޝަރަށް ޖަސްޓިސް ޑިޕާޓްމަންޓް ބޯނުލަނބާނެ ކަމަށް އޮގަސްޓް މަހު ސެޝަންސް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. އެކަމަކު ޓްރަމްޕް ތަކްރާރުކޮށް ވިދާޅުވަމުން ގެންދެވީ ރިޔާސީ އިންތިޚާބަށް ރަޝިޔާގެ އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށެވެ.
އަލަބާމާގެ ކުރީގެ ސެނެޓަރު ސެޝަންސް އަކީ ޓްރަމްޕުގެ ކެމްޕޭނުގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުކެވެ. ނަތީޖާ އަކީ އެމެރިކާގައި ގާނޫނު ނެގެހެއްޓުމުގެ ބާރުގެ އެންމެ އިސްވެރިޔާގެ ޒިންމާ އޭނާއާ ހަވާލު ކުރުމެވެ.
އެޓާނީ ޖެނެރަލްގެ މަގާމުން ސެޝަންސް ދުރުކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހު ކުރީކޮޅު އެވެ. ސެޝަންސް ވިދާޅުވެފައި ވަނީ އޭނާ މަގާމު ދޫކޮށްލަނީ އަމިއްލަ އަށް ބޭނުންވެގެން ނޫން ކަމަށާއި ޓްރަމްޕް މަޖްބޫރުކޮށްގެން ކަމަށެވެ.
މައްސަލަ ބޮޑުވި އެޓާނީ ޖެނެރަލަށް ޓްރަމްޕުގެ ތާއީދު
އެޓާނީ ޖެނެރަލް ރަޝިޔާ ސަފީރާ ބައްދަލުކުރިކަމަށް ބުނެފި
"ރަނގަޅަށް ފެންވަރަން" ޓްރަމްޕުގެ އަމުރެއް
ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި ބޮޑެތި މުޒާހަރާތަކެއް
ޓިކްޓޮކް ގަންނާނެ ބަޔަކު ހޯދަން އިތުރު 75 ދުވަސް ދީފި
އެމެރިކާއިން ޔޫކްރެއިނަށް އަސްކަރީ އެހީ އަލުން ދެނީ
އެމެރިކާ ޑަބްލިޔުއެޗްއޯއިން ވަކިވެ ބޮޑެތި ނިންމުންތަކެއް
ބަލައިގަންނާނީ 'ދެ ޖިންސު' އެކަނި: ޓްރަމްޕް
ޓްރަމްޕް އެނބުރި ވެރިކަމަށް
ޓްރަމްޕުގެ ވައުދާއެކު އެމެރިކާއަށް ޓިކްޓޮކް އަލުން ދީފި