ރިޓަޔަމެންޓް ޕެންޝަން ސްކީމުން މީހުން ހައްޖަށް ގެންދިޔުމަށް، ޕެންޝަން އޮފީހާއި ހައްޖު ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް، ހައްޖަށް ދިޔުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލަން ނިންމައިފި އެވެ.
20 ޖޫން 2019
ރިޓަޔަމެންޓް ޕެންޝަން ސްކީމުން މީހުން ހައްޖަށް ގެންދިޔުމަށް، ޕެންޝަން އޮފީހާއި ހައްޖު ކޯޕަރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް، ހައްޖަށް ދިޔުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލަން ނިންމައިފި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ ޕެންޝަން އޮފީހުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ރިޓަޔަމެންޓް ސޭވިން އެކައުންޓުގައިވާ ފައިސާ ބޭނުން ކުރުމުގެ ޝަރުތުހަމަވާ ފަރާތްތަކުން، އެ ފައިސާ އިން ހައްޖަށް ދިޔުމުގެ ކަންކަން އެ ކޯޕަރޭޝަނުން ހަމަޖައްސައިދޭނެ ކަމަށެވެ.
އަދި ޕެންޝަން ފައިސާ އިން ހައްޖަށް ދިޔުމަށް ފޯމުތައް ބަލައިގަންނާނީ، މި މަހުގެ 26ގައި ކަމަށް ބުންޏެވެ.
ޕެންޝަން ފައިސާ ބޭނުން ކުރުމުގެ ޝަރުތުހަމަވާކަން ކަނޑައަޅައި، އެ ފައިސާ ހައްޖު ކޯޕަރޭޝަނަށް ދޫކުރާނީ ޕެންޝަން އޮފީހުންނެވެ.
ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި ޝަރުތު ހަމަވާ ފަރާތްތަކުން ހައްޖަށް ދިޔުމަށް، އަގުގެ 50 ޕަސެންޓް އެ ކޯޕަރޭޝަނަށް ދެއްކުމުން، ހައްޖަށް ދިޔުމުގެ ޖާގަ ކަށަވަރުކޮށްދީ ސްލޮޓް ލިސްޓުން ޖާގަ ދިނުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ އެވެ.
އެ ކޯޕަރޭޝަނުން ބުނީ ކުރީބައިގައި ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން، ރިޓަޔަމެންޓް ސޭވިން އެކައުންޓުގައިވާ ފައިސާއިން ހައްޖުގެ އަގުގެ ބައެއް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ޕެންޝަން އޮފީހުން އެ ފައިސާ ހަމަޖެއްސުމުން، އެ މީހަކު ބޭނުން ވެއްޖެ ނަމަ އެ ފައިސާ ރީފަންޑު ކޮށްދިނުމުގެ އިންތިޒާމް ވެސް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސައިދޭނެ ކަމަށް ބުންޏެވެ. ރީފަންޑު ކުރަން ބޭނުން ނުވާނަމަ، އެ މީހެއްގެ ނަމުގައިވާ އެ ކޯޕަރޭޝަނުގެ އެކައުންޓަށް ފައިސާ ޖަމާކުރާނެ ކަމަށް ވެސް ބުންޏެވެ.
ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭ 6،000 މީހުން އެބަ ތިބި ކަމަށް ޕެންޝަން އޮފީހުން ވަނީ ބުނެފަ އެވެ.
އެ އޮފީހުން ކަނޑައަޅާފައި ވަނީ ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައްޖަށް ދެވޭނީ ރިޓަޔަމެންޓް ބެލެންސް އަށް 336،000ރ. ޖަމާވެފައިވާ މީހުނަށް ކަމަށެވެ. މި އަދަދު ހަމަވި ނަމަވެސް ހައްޖަށް އެއް ފަހަރު ގޮސްފައިވާ މީހަކަށް އެ ފައިސާ ބޭނުމެއް ނުކުރެވޭނެ އެވެ. ފަރުޟު ހައްޖު އަދާކުރަން ޕެންޝަން ފަންޑުން ދެނީ ހަރަދުގެ 50 ޕަސެންޓެވެ.
ހައްޖަށް ސައުދީގައި ތިބޭ މުއްދަތު މިފަހަރު ކުރުވެއްޖެ
މިއަހަރު ހައްޖުކިއުގައި ތިބި އެންމެންނަށް ފުރުސަތު ދެނީ
އަލަަށް ހައްޖުވާން އިސްކަންދޭ ގޮތަށް އުސޫލު ހަދައިފި
ހައްޖު މެޑިކަލް ޓީމުގައި ރަޖިސްޓްރީވާން ހުޅުވާލައިފި
ހައްޖު ނުވާ މީހުންނަށް އިސްކަންދޭ ވިސްނުން އެބަހުރި
ޖާގަލިބިފައިވާ އެންމެންނަށް އަންނަ އަހަރު ހައްޖަށްދެވޭނެ
ހައްޖު ކޯޕަރޭޝަނުން މާފުށީގައި ސިޓީ ހޮޓަލެއް އަޅަނީ
ހައްޖު ކޯޕަރޭޝަން ހިންގީ 40 މިލިއަންގެ ގެއްލުމުގައި
ހައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި
"ހަވާލުވި ހުރިހާ ހައްޖުވެރިން ވެކްސިން ފުރިހަމަކުރި"