ދަރުމަވަންތަ ސްކޫލުގެ ހުރިހާ ކްލާސްރޫމެއް އެޑިއުކޭޝަން މިނިސްޓްރީން އޭސީކޮށްފި އެވެ.
16 ޖޫން 2019
ދަރުމަވަންތަ ސްކޫލުގެ ހުރިހާ ކްލާސްރޫމެއް އެޑިއުކޭޝަން މިނިސްޓްރީން އޭސީކޮށްފި އެވެ.
އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒު ވިދާޅުވީ އެ ސްކޫލް ހޫނު ގަދަވުމުގެ ޝަކުވާ ބެލެނިވެރިންނާއި ސްކޫލުގެ ފަރާތުން މިއަހަރުގެ ކިޔެވުން ފެށުމާއެކު ވަރަށް ބޮޑަށް ކުރި ކަމަށެވެ. އެހެންވެ ހާއްސަ ސަމާލުކަމެއް ދީގެން ދަރުމަވަންތަ ސްކޫލު އޭސީކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅެންދެން، އެ ސްކޫލުގެ ދަރިވަރުންނަށް 2016 ވަނަ އަހަރުން ފެށިގެން ކިޔަވައިދެމުން އަންނަނީ ވެލާނާގޭ ކައިރީގައި ހަދާފައި ހުރި ވަގުތީ އިމާރާތުގަ އެވެ. އެތަން ހަދާފައިވަނީ ދަގަނާއި ޓިނުން ކަމަށްވާތީ، އެ އިމާރާތުގައި ކިޔަވައިދޭން ފެށީއްސުރެ ހޫނުވުމުގެ ޝަކުވާ ވަނީ ކޮށްފަ އެވެ.
ދަރުމަވަންތަ ސްކޫލް އޭސީކުރުމަށްފަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެ ސްކޫލުގެ ދަރިވަރުންތަކަކާ މިއަދު ބައްދަލުކުރައްވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އެ ސްކޫލުގައި 24 ކްލާސްރޫމް ހުންނައިރު އެ ހުރިހާ ތަނެއް އޭސީކުރަން އެޑިއުކޭޝަނުން 1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެ އެވެ.
ރިޔާޒު ވިދާޅުވީ ދަރުމަވަންތައިގެ އާ އިމާރާތް ކުރެހުމުގެ މަސައްކަތް ކުރަމުން އަންނައިރު މި އަހަރުގެ ތެރޭގައި ސްކޫލުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. ތަފާތު މޮޑިއުލަކަށް އެ ސްކޫލް ހަދައި 2021 ވަނަ އަހަރު ކިޔަވައިދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ.
ދަރުމަވަންތަ ސްކޫލް އޭސީކުރުމަށްފަހު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވަނީ އެ ސްކޫލަށް ވަޑައިގެންފަ އެވެ. އަދި ދަރިވަރުންތަކަކާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވެފައި ވަނީ ދަރިވަރުން މޫނުމަތިން މިއަދު ފެންނަނީ އުފާވެރިކަން ކަމަށެވެ.
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
ރިޕޯޓު ފޮތް ދީ، ދަރިވަރުން 16 ދުވަހުގެ ޗުއްޓީއަކަށް
ލަފާކުރަނީ މާލެއަށް 700 ދަރިވަރުން ބަދަލުވާނެ ކަމަށް
ޕްރީ ސްކޫލާއި ގްރޭޑް 1 އަށް ޖާގަ ހުޅުވާލައިފި
ވަށަފަރު ކްލާހެއްގެ ސީލިންގް ވެއްޓި ދެކުއްޖަކަށް އަނިޔާ
"ކޫލް ސްކޫލް":ދަރިވަރުންގެ މާހައުލަށް ހެޔޮ ބަދަލެއް؟
ހުރިހާ ކްލާސްރޫމެއް މި އަހަރު އޭސީ ކުރާނަން: ރައީސް
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި