Roadha Mihaaru
އައިޖީއެމްއެޗުގެ އިންޖީނު ރޫމްގައި އަލިފާނުގެ ހާދިސާއެއް

އައިޖީއެމްއެޗުގެ އިންޖީނު ރޫމްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

14 ޖޫން 2019

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ އިންޖީނު ރޫމްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއް ކޮންޓްރޯލް ކޮށްފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ އިންޖީނު ރޫމްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއް ކޮންޓްރޯލް ކޮށްފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން އިބްރާހިމް އާޒިމް ވިދާޅުވީ އަލިފާން ރޯވީ، އައިޖީއެމްއެޗްގެ ބާ އިމާރާތުގެ އިންޖީނު ރޫމުގައި ހުރި ބެޓެރިއެއްގައި ކަމަށެވެ. އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބުނުތާ ގާތްގަނޑަކަށް 15 މިނެޓް ތެރޭގައި ކޮންޓްރޯލްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ހާދިސާގައި މީހަކަށް އަދި އިމާރާތަށް ވެސް ގެއްލުމެއް ނުލިބެ އެވެ.

އައިޖީއެމްއެޗުގެ އީއާރުގައި ތިބި މީހުން އެހެން ތަނަކަށް ބަދަލުކުރަނީ-- ފޮޓޯ: ފުލުހުން

އައިޖީއެމްއެޗުގެ އީއާރުގައި ތިބި މީހުން އެހެން ތަނަކަށް ބަދަލުކުރަނީ-- ފޮޓޯ: ފުލުހުން

އެކަމަކު އިންޖީނު ރޫމުން ދުން ބޭރުކުރުމުގެ ތެރޭގައި އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް ދުމުގެ އަސަރު ކުރުމުން އެތަނުން މީހުން ވަނީ އެހެން ތަނަކަށް ބަދަލުކޮށްފަ އެވެ.