01 އޮކްޓޯބަރ 2019
ޓީޖެޓީ ސަަރަހައްދުގައި ލޯންޗަކަށް ޕެޓްރޯލް އަޅަނިކޮށް އިއްޔެ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ލޯންޗަކާ އެކު، ހަތަރު ބައުޒަރެއް އަނދައި އިތުރު ތިން ބައުޒަރަކަށް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޓީޖެޓީ ސަަރަހައްދުގައި ލޯންޗަކަށް ޕެޓްރޯލް އަޅަނިކޮށް އިއްޔެ ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ލޯންޗަކާ އެކު، ހަތަރު ބައުޒަރެއް އަނދައި އިތުރު ތިން ބައުޒަރަކަށް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އއ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރު ކުރާ "ނެވި 3" ލޯންޗަށް ތެޔޮ އަޅަނިކޮށް ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހަތް ދިވެހިންނާއި ދެ ބިދޭސީއަކު ފިހުނެވެ. އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ފިހުނީ ލޯންޗުގެ ތެރޭގައި ތިބި ބަޔަކާއި ބައުޒަރުތައް ކައިރީ ތިބި ބައެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އަލިފާނުގެ ބޮޑު ހާދިސާގައި ލޯންޗާއި ހަތަރު ބައުޒަރެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އަދި އިތުރު ތިން ބައުޒަރުގައި އަލިފާން ރޯވެ، ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ތެޔޮ ބައުޒަރެއް އަލިފާން ހިނގި ސަރަހައްދުން ދުރު ކުރުމުގައި ސިފައިންނާޢި ފުލުހުންނާއި އާންމުން ބައިވެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
މި ހާދިސާގައި ގެއްލުން ލިބުނު ތިން ބައުޒަރުގެ ކުރީކޮޅު އެއްކޮށް ވަނީ އަނދައިފަ އެވެ. އެެ ބައުޒަރުތައް އެއްކޮށް އަނދާފައި ނުވަނީ ތެޔޮ ރައްކާކޮށްފައި ހުންނަ ޓޭންކުގައި ހުޅު ހިފާފައި ނުވާތީ އެވެ. އެ ބައުޒަރުތަކުގައި އެއްކޮށް ހުޅު ނުހިފީ އަލިފާން ރޯވުމުގެ ކުރިން އެ ވެހިކަލްތައް ދުރަށް ޖެއްސުމުންނެވެ. އެކަމުގައި ސިފައިންނާއި ފުލުހުންނާއި އާންމުންގެ ބޮޑު އެއްބާރުލުމެއް ލިބުނެވެ.
އެ ސަރަހައްދުގައި ގިނަ އިން އޮތީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބައުޒަރުތަކެވެ.
މީގެއިތުރުން މި ހާދިސާގައި ފަސް ޕިކަޕާއި ޓެކްސީ އަކަށް އަލިފާނުގެ އަސަރުކޮށްގެން ގެއްލުން ލިބިފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އަލިފާން ރޯވީ ކިހިނެއް ކަމެއް ފުލުހުން އަދިވެސް ނުބުނެ އެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
އެކަމަކު މަންޒަރު ދުށް ބައެއް މީހުން "މިހާރު" އާ ވާހަކަ ދައްކަމުން ބުނީ އަލިފާން ރޯވީ ތެޔޮ ބައުޒަރެއް ބޭނުންކޮށްގެން ތެޔޮ އަޅަނިކޮށް މީހަކު ޖެޓީ މައްޗަށް އެއްލާލި ސިނގިރޭޓު ބުރިއެއްގެ ސަބަބުންނެވެ. އެއާ އެކު، ހުޅުގަނޑު ހިފައިގެން ގޮސް، ތެޔޮ ބައުޒަރާއި ލޯންޗުގައި ރޯވީ ކަމަށް އެ މީހުން ބުންޏެވެ. އަދި ކައިރީގައި ހުރި އިތުރު ވެހިކަލްތަކަށް ގެއްލުންވީ ކަމަށް ވެސް އެ މީހުން ބުންޏެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ތެޔޮ ބައުޒަރުތަކެއް ކައިރީގައި ސިފައިން އިއްޔެ ހަރަކާތްތެރިވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
މި ހާދިސާގައި ފިހުނު ބައެއް މީހުންގެ ފޮޓޯތަކުން ފެންނަ ގޮތުގައި ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހި ހަންތައް ނެއްޓިފައި ހުއްޓެވެ. އޭގެތެރޭގައި އަތާއި ފައިގެ އިތުރުން މޫނު ހިމެނެ އެވެ.
އަލިފާން ރޯވި ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި އެމްއެންޑީއެފާއި ފުލުހުންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރައީސް ވަނީ އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ހާލަތު ބައްލަވަން އައިޖީއެމްއެޗަށް ވަޑައިގެންފަ އެވެ.
މާލޭގައި އަލިފާނުގެ ބޮޑު ހާދިސާއެއް މި ހިނގީ، ކެމިކަލް ގުދަނެއްގައި މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރޯވެ ގިނަ އަދަދެއްގެ ގެތަކާއި ގުދަންތަކެއް އަނދައި ހުލިވެފައި ވަނިކޮށެވެ.
ޓީ ޖެޓީގެ ބޮޑު ހުޅު: ފަރުވާ ކުޑަކުރުމުގެ ނަތީޖާއެއް؟
ދަތުރު ކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
މާލޭގައި އަނެއްކާވެސް ސައިކަލްތަކެއްގައި ރޯކޮށްލައިފި
އައްޑޫގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
ފޭދޫގައި ގެއެއްގެ ބައެއްގައި ރޯވެ އަނދައި ހުލިވެއްޖެ
އިވްނިންގް ކެފޭގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި
އަލިފާނުގެ ހާދިސާގައި އެފްކޮންސްގެ 74 މީހަކަށް އަނިޔާ
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މަރު
ކެފޭއެއްގައި ރޯވެ މީހަކު ފިހިއްޖެ
އަލިފާނުގެ ހާދިސާއާ ބެހޭ ބައްދަލުވުން ސިއްރުކޮށްފި