13 ޖޫން 2019
ކުރިން ފަނޑިޔާރުންގެ ޖަމިއްޔާ އުފައްދާފައި އޮތީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ކަމަށް ނުބެލެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.
ކުރިން ފަނޑިޔާރުންގެ ޖަމިއްޔާ އުފައްދާފައި އޮތީ ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ކަމަށް ނުބެލެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.
ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން ފަނޑިޔާރުންގެ މިނިވަންކަން ހިމާޔަތް ކުރަން މަސައްކަތް ކުރުމަށްޓަކައި ޖަމްއިިއްޔާއެއް އުފެއްދިދާނެ އެވެ. އެގޮތަށް އުފެއްދޭނީ އެންމެ ޖަމިއްޔާއެއް ކަމަށް އެ ގާނޫނުގައިވެ އެވެ. އެ ގާނޫނު އައުމުގެ ކުރިން ފަނޑިޔާރުންތަކެއް އިސްނަގައިގެން 2008 ވަނަ އަހަރު އޮތީ ފަނޑިޔާރުންގެ ޖަމިއްޔާއެއް އުފައްދައިފަ އެވެ. ނަމަވެސް ފަހުން އެ ޖަމްއިއްޔާގެ މަސައްކަތްތައް އޮތީ ހުއްޓިފަ އެވެ.
އެ ޖަމިއްޔާ އެގޮތުގައި އޮއްވާ ފަނޑިޔާރުންގެ އެހެން ޖަމިއްޔާއެއް އުފައްދަން ދާދި ފަހުން ޖުޑީޝަލް ކައުންސިލުން ނިންމުމާ އެކު، އެކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ ޔޫތު މިނިސްޓްރީން ވަނީ ބަންޑާރަ ނައިބުގެ ލަފައަކަށް އެދިފަ އެވެ.
އެކަމާ ގުޅިގެން ޑީޖޭއޭ އިން ބުނީ ގާނޫނު އައުމުގެ ކުރިން ފަނޑިޔާރުންތަކެއް އިސް ނަގައިގެން ޖަމިއްޔާއެއް 2008 ގައި އުފައްދާފައި އޮތަސް، އެއީ ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ފަދައިން ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުން ތަމްސީލުކުރާ ޖަމިއްޔާއެއް ނޫން ކަމަށެވެ. އަދި ސުޕްރީމް ކޯޓުން 2015 ގައި ނެރުނު ސާކިއުލާއެއްގައި، ކޯޓުތަކާއި ޝަރުއީ ދާއިރާގެ ކްލަބް ޖަމިއްޔާތައް ހެދޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން އަދި ޑީޖޭއޭގެ ބެލުމުގެ ދަށުން ކަމަށް ބުނެފައި ވާއިރު، ކުރިން އުފައްދާފައި އޮތް ޖަމިއްޔާގެ މަސައްކަތް އަލުން ފެށުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދޫކޮށްފައި ނުވާ ކަމަށާއި އެހެންވެ ކުރީގެ ޖަމިއްޔާ އަކީ ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ފަދަ ޖަމިއްޔާއެއް ނޫން ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
"ޖުޑީޝަލް ކައުންސިލްގެ ނިންމުމާ އެއްގޮތަށް މި ޑިޕާޓްމެންޓުން ހުށަހެޅި އެޕްލިކޭޝަން ޕްރޮސެސް ކުރުން ލަސް ކުރައްވައި، މީގެ ކުރިން 2008 ވަނަ އަހަރު އުފައްދާފައިވާ އަދި މިހާރު އެއްވެސް ހަރަކާތެއް ނުހިންގާ އޮތް ދިވެހި ފަނޑިޔާރުންގެ ޖަމްއިއްޔާއަކީ ވުޖޫދުގައި އޮތް ޖަމްއިއްޔާއެއް ކަމުގައި ބައްލަވައި، އެ ޖަމްއިއްޔާއަށް އިތުރު ފުރުސަތު ދެއްވާފައިވަނީ ހަމަޖެހިފައިވާ އުސޫލުތަކާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސާކިއުލާތަކާ ޚިލާފަށް،" ޑީޖޭއޭ އިން ބުންޏެވެ.
ޑީޖޭއޭ އިން ބުނިގޮތުގައި ފަނޑިޔާރުންގެ ކުރީގެ ޖަމްއިއްޔާ އަލުން ފެށުމުގެ ހުއްދަ ސުޕްރީމް ކޯޓުން ދީފައި ނެތްއިރު، ޖަމްއިއްޔާތަކާ ބެހޭ ގަވާއިދުގައި ޖަމްއިއްޔާއެއް އުފައްދަނީ ސަރުކާރުގެ އޮފީހަކަށް ނިސްބަތްވާ ގޮތަށް ކަމަށް ވާ ނަމަ، އެ އޮފީހެއްގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ވެސް ހުށަހެޅުން ލާޒިމްވާ ކަމަށެވެ. އަދި ޖުޑީޝަލް ކައުންސިލްގެ ނިންމުމާ އެއްގޮތަށް ޖަމްއިއްޔާ އުފައްދަން ހުށަހެޅިއިރު، އެކަމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅާފައިވާނެ ކަމަށް ވެސް ޑީޖޭއޭ އިން ބުންޏެވެ.
ގާނޫނާހިލާފަށް ފަނޑިޔާރުންގެ ދެ ޖަމިއްޔާއަކާ ދިމާއަށް؟
ސުޕްރީމް ކޯޓުގެ އެސްޖީ ފާއިޒް ވަކިކޮށްފި
ޝަރުއީ ނިޒާމު ޕެރަލައިޒް ކުރަން އެބައުޅޭ: ޑރ. ދީދީ
ޖުޑިޝަރީ ކޮމިޓީން ޖޭއެސްސީ އާއި ޑީޖޭއޭގެ ބަސް ހޯދަނީ
ފަނޑިޔާރުން ޖޭއެސްސީ އަށް އެއްބާރުލުން ދޭން ގޮވާލައިފި
"ފަނޑިޔާރުން ވަކި ކުރަން ބުނުމަކީ ނުފޫޒު ފޯރުވުން"
ފަނޑިޔާރުންނާ މެދު ނަފްރަތު ނުއުފައްދަން ގޮވާލައިފި
ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަގު ޗާޓެއް ނެރެނީ
"ފަނޑިޔާރުން ކޮރަޕްޓޭ ބުނީ އިޖުރާއަތުތަކާ ހިލާފުވާތީ"
ސުއޫދު ޑީޖޭއޭ އަށް ހާޒިރުކޮށް ބަޔާން ނަގައިފި