02 މެއި 2019
ކޯޓުތަކާއި ފަނޑިޔާރުންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކުރުމުގެ ނިޔަތުގައި ހިންގާ އަމަލުތަކެއް ކަމަށާއި އެފަދަ ކަންކަން ނުކުރަން އިލްތިމާސްކުރާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.
ކޯޓުތަކާއި ފަނޑިޔާރުންނާ މެދު ނަފްރަތު އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކުރުމުގެ ނިޔަތުގައި ހިންގާ އަމަލުތަކެއް ކަމަށާއި އެފަދަ ކަންކަން ނުކުރަން އިލްތިމާސްކުރާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދުސްތޫރީ އުސޫލުތަކާ ޚިލާފަށް ފަނޑިޔާރުންގެ ބޮލުގައި ދޮގު ތުހުމަތުތައް އަޅުވައި، ނަފްރަތު އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަތައް ފަތުރަމުންދާ ކަން ހިތާމައާ އެކު ފާހަގަކުރާ ކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ބިނާކުރުވަނިވި ފާޑު ކިޔުމުގެ ދާއިރާއިން ބޭރު އަމަލުތަކެއް ކަމަށާއި އެއީ ގާނޫނު އަސާސީއާ ޚިލާފަށް ކުރެވޭ ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"އެއީ ފަނޑިޔާރުންނަށް ބިރު ދައްކައި، ޝަރުއީ ދާއިރާ އާއި ކޯޓުތަކުގެ މައްޗަށް ނުފޫޒު ފޯރުވައި، ސިޔާސީ މަގްސަދުތަކެއް ހާސިލް ކުރުމަށް ދުސްތޫރީ ނިޒާމު ފުނޑު ފުނޑުކޮށް ސުންނާފަތި ކުރުމުގެ ނުބައި މަގްސަދުގައި ކުރަމުން ގެންދާ ނޭދެވޭ އަމަލުތަކެއް ކަމަށް މެނުވީ ބެލެވޭނެ ތަނެއް ނެތެވެ." އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެކިފަހަރު މަތިން ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ޝަރުއީ ދާއިރާގެ ހާލަތު ބެލުމަށް ފަހު، ޝަރުއީ ދާއިރާގެ މައްޗަށް ސިޔާސީ ފަރާތްތަކުން ނުފޫޒު ފޯރުވަމުންދާ ކަމަށާއި އެފަދަ ނުފޫޒުތަކުން މިނިވަންވާންޖެހޭ ކަމަށް ބުނެފައިވެ އެވެ. އަދި ފަނޑިޔާރުންގެ މިނިވަންކަމާ ބެހޭ މަބްދައުއަކީ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ވެސް ކަނޑައެޅިފައިވާ މަބްދައުތަކެއް ކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.
އެހެންވެ، ކޯޓުތަކާއި ފަނޑިޔާރުންނާ ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށާއި ކޯޓުތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލަން ކުރެވޭ މަސައްކަތަކީ ދުސްތޫރީ އަދި ޝަރުއީ އުސޫލުތަކާ ޚިލާފް އަމަލުތަކެއް ކަމަށްވާތީ އެފަދަ ކަންކަން ހުއްޓާލުމަށާއި އަދި އެފަދަ ކަންކަން ތަކުރާރު ނުކުރަން އިލްތިމާސް ކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ބަޔާން ނެގިއިރު، ސުޕްރީމް ކޯޓާއި އެ ކޯޓުގެ ފަނޑިޔާރުންނަށް ފާޑު ކިޔައިގެން ދާދިފަހުން ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި އެހެން ބައެއް ވަކީލުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހާޒިރުކޮށް، ބަޔާން ނަގާފައިވެ އެވެ. އަދި މީގެކުރިން އެފަދަ ކަންކަމާ ގުޅިގެން ބައެއް ވަކީލުންނަށް ފިޔަވަޅު ވެސް އަޅާފައިވެ އެވެ.
ސުޕްރީމް ކޯޓުގެ އެސްޖީ ފާއިޒް ވަކިކޮށްފި
ޝަރުއީ ނިޒާމު ޕެރަލައިޒް ކުރަން އެބައުޅޭ: ޑރ. ދީދީ
ޖުޑިޝަރީ ކޮމިޓީން ޖޭއެސްސީ އާއި ޑީޖޭއޭގެ ބަސް ހޯދަނީ
ކުރީގެ ޖަމިއްޔާ އޮތީ ގާނޫނުގެ ދަށުން ކަމަކަށް ނުބެލެވޭ
ގާނޫނާހިލާފަށް ފަނޑިޔާރުންގެ ދެ ޖަމިއްޔާއަކާ ދިމާއަށް؟
"ފަނޑިޔާރުން ވަކި ކުރަން ބުނުމަކީ ނުފޫޒު ފޯރުވުން"
ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަގު ޗާޓެއް ނެރެނީ
"ފަނޑިޔާރުން ކޮރަޕްޓޭ ބުނީ އިޖުރާއަތުތަކާ ހިލާފުވާތީ"
ސުއޫދު ޑީޖޭއޭ އަށް ހާޒިރުކޮށް ބަޔާން ނަގައިފި
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލައިފި