Roadha Mihaaru
ކާޑެއްދޫ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލައިފި

ފަޔާ ލޮރީ އަށް ދިމާވި މައްސަލަ ހައްލުވަންދެން ކާޑެއްދޫ ދަތުރުތައް މެދުކަނޑާލައިފި

11 ޖޫން 2019

ކާޑެއްދޫ އެއާޕޯޓްގައި ބޭނުން ކުރާ ފަޔާ ލޮރީއަކަށް ދިމާވި މައްސަލައަކާ ގުޅިގެން، މޯލްޑިވިއަނުން ކާޑެއްދު އަށް ކުރަމުން އަންނަ ދަތުރުތައް ވަގުތިީގޮތުން މެދުކަނޑާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކާޑެއްދޫ އެއާޕޯޓްގައި ބޭނުން ކުރާ ފަޔާ ލޮރީއަކަށް ދިމާވި މައްސަލައަކާ ގުޅިގެން، މޯލްޑިވިއަނުން ކާޑެއްދު އަށް ކުރަމުން އަންނަ ދަތުރުތައް ވަގުތިީގޮތުން މެދުކަނޑާލައިފި އެވެ.

މޯލްޑިވިއަނުން ބުނީ އެ ކުންފުނިން ކާޑެއްދޫގެ އޮޕަރޭޝަންތައް މެދުކަނޑާލީ ސަލާމަތީ ކަންކަން އެއާޕޯޓްގައި ފުރިހަމަނުވާތީ ކަމަށެވެ. އަދި އެއާޕޯޓު އުސޫލަށް ފެތުމާއެކު އަލުން ދަތުރުތައް ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ސަލާމަތީ ކަންތައްތައް ރަނގަޅުވަންދެން، ކާޑެއްދޫގެ ބަދަލުގައި ދަތުރުތައް ކުރާނީ ކޫއްޑޫ އަށް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފަޔާ ލޮރީ އަށް ދިމާވީ ޓެކްނިކަލް މައްސަލައެކެވެ. އަދި އެ މައްސަލަ މިހާރު އަންނަނީ ރަނގަޅު ކުރަމުންނެވެ.

ކާޑެއްދޫ އެއާޕޯޓު ހިންގުމަށް 2013 ވަނަ އަހަރު ވިލާ ކުންފުންޏާ 50 އަހަރަށް ހަވާލުކޮށްފައި ވަނިކޮށް 2017 ވަނަ އަހަރު އެ އެއާޕޯޓު ވަނީ ސަރުކާރަށް ނަގައިފަ އެވެ.

ކާޑެއްދު އަށް މިހާރު ދަތުރު ކުރަނީ ހަމަ އެކަނި މޯލްޑިވިއަނުންނެވެ. އެހެންވެ، މޯލްޑިވިއަންގެ ދަތުރުތައް ހުއްޓާލުމުން ކާޑެއްދު އަށް މިހާރު އެއްވެސް އެއާލައިނެއްގެ ދަތުރެއް ނޯންނާނެ އެވެ.