Roadha Mihaaru
މޯލްޑިވިއަނުން އިތުރު ސީޕްލޭނެއް ގެނެސްފި

މޯލްޑިވިއަނުން އިތުރު ސީޕްލޭނެއް ގެނެސްފި

21 ޑިސެމްބަރ 2017

މި އަހަރުގެ ޓޫރިސްޓް ސީޒަނާ ދިމާކޮށް، މޯލްޑިވިއަނުން ގެންނަ ދެ ސީޕްލޭންގެ ތެރެއިން ފަހު ބޯޓު އިއްޔެ ގެނެސްފި އެވެ.

މި އަހަރުގެ ޓޫރިސްޓް ސީޒަނާ ދިމާކޮށް، މޯލްޑިވިއަނުން ގެންނަ ދެ ސީޕްލޭންގެ ތެރެއިން ފަހު ބޯޓު އިއްޔެ ގެނެސްފި އެވެ.

އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކެނެޑާއިން ގެނައި ޓުވިންއޮޓާ މަރުކާގެ ބޯޓުގެ ދަތުރުތައް ކުރިޔަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އެ ކުންފުނިން މިދިޔަ ހަފުތާގައި ވެސް ސީޕްލޭނެއް ގެނެސްފައި ވެ އެވެ.

"މި ބޯޓުގައި ކަނދު ހަރުކޮށްގެން ދަތުރުތައް ކުރިޔަށް އޮތް ދެ ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށް ލަފާކުރެވޭ. މިދިޔަ ހަފުތާގައި ގެނައި ބޯޓު ވެސް މިހާރު އޮޕަރޭޝަނުގައި ބޭނުންކުރަން ފަށާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަނުން ސީޕްލޭންގެ ގޮތުގައި ބޭނުންކުރަނީ ޓްވިން އޮޓާ ބްރޭންޑުގެ ޑީއެޗްސީ6 ސީރީޒްގެ 15 ގޮނޑީގެ ބޯޓެވެ. މި ބާވަތުގެ 11 ބޯޓު، މޯލްޑިވިއަނުން މިހާރު ވެސް ބޭނުން ކުރެ އެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި ހިނގި ދެ އެކްސިޑެންޓަކާ ގުޅިގެން ދެ ބޯޓެއް ބޭނުމެއް ނުކުރެ އެވެ.

މޯލްޑިވިއަންގެ އިތުރުން ޓްރާންސް މޯލްޑިވިއަން އެއާވޭސް އިން ވެސް ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދެމުންގެންދެ އެވެ. އެ ކުންފުނީގެ އޮޕަރޭޝަންސްގައި ޖުމްލަ 50 ބޯޓު ބޭނުންކުރެ އެވެ. އަދި އެއީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ކުންފުންޏެވެ.