07 ޖޫން 2019
ގާނޫނުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައިދީންތަކަކަށް މާފު ދެއްވިއިރު، އޭގެ ތެރެއިން މާފު ނުދެއްވާ ގައިދީއަކު ޖަލުން ދޫކުރި މައްސަލަ ތަހުގީގު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންނަށް އަންގަވައިފި އެވެ.
ގާނޫނުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގައިދީންތަކަކަށް މާފު ދެއްވިއިރު، އޭގެ ތެރެއިން މާފު ނުދެއްވާ ގައިދީއަކު ޖަލުން ދޫކުރި މައްސަލަ ތަހުގީގު ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންނަށް އަންގަވައިފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސް މާފު ދެއްވި ގައިދީންގެ ލިސްޓުގައި ނުހިމެނޭ މީހަކު ދޫކުރިކަން ހޯމް މިނިސްޓަރު އިމްރާނަށް އެނގިވަޑައިގަތުމުން އެކަން ބައްލަވާފައިވާ ކަމަށެވެ.
އެހެންވެ، އެކަން ހިނގައިދިޔަ ގޮތް އިތުރަށް ބަލައި، ދިރާސާ ކުރުމަށް ފަހު އިދާރީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް މިނިސްޓަރު އިމްރާން އަންގަވާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. އަދި އެ މައްސަލައިގެ ތަހުގީގު ހިންގަން ފުލުހުންނަށް ވެސް މިނިސްޓަރު އިމްރާން އަންގަވާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އުސޫލުތަކުގެ ބޭރުން ދޫކުރި ގައިދީ މިހާރު ހުރީ ތަހުގީގަށް ބަންދުކޮށްފައި ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ގައިދީ ދޫކުރި މައްސަލައިގައި، ކަރެކްޝަނަލް ސާވިސްގެ އޮފެންޑާ މެނޭޖްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރަމުން އައި ސްޓާފް ސާޖެންޓަކު މިދިޔަ މަހުގެ 23 ގައި ވަނީ ސަސްޕެންޑު ކޮށްފަ އެވެ. އޭނާ އަކީ ކުށްވެރިން ދޫކުރަން ޗިޓް ހަދާ މީހާ އެވެ.
އެނގިފައިވާ ގޮތުގައި، މިނިވަން ކުރަން ނުޖެހޭ ގައިދީ ދޫކުރުމުގެ ޗިޓް ހެދީ އެ އޮފިސަރެވެ. އެ ޗިޓުގައި، އެ ޑިޕާޓްމަންޓުގެ ވެރިޔާ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް ސޮއިކުރެއްވުމަށް ފަހު އެ ކުށްވެރިޔާ މިނިވަން ވެސް ކުރި އެވެ.
އަދީބަށް ބޭނުންވާ ފަރުވާ ލިބޭނެ: އިމްރާން
ޖަލާ ބެހޭ ކޮމިޝަންގެ މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ
އެއްޖިންސުން ގުޅުންހިންގި މައްސަލަ: އިމްރާންގެ ރައްދެއް
ގައިދީންނަށް އަނިޔާކުރާ ނަމަ ފިޔަވަޅު އަޅަން: އިމްރާން
ސަފާރީ ކޭހަކީ އަޑު އެރި ވަރުގެ ކަމެއް ނޫން: އިމްރާން
އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލު އިސްލާހުކުރަނީ
ނޭކުރެންދޫ ޖަލުގެ މަސައްކަތް މިއަހަރު ފެށޭނެ: އިމްރާން
ހަސަންގެ ވިސްނުމަށް ނަޝީދު ވެސް ތާއީދު!
ހަމަނުޖެހުންތައް ބަލަން ނިންމުމުން މިނިސްޓަރު ގޯސްވެއްޖެ
އިމްރާން ވިދާޅުވީ ޒިންމާ ނަގަންޖެހޭނީ ކޮމިޝަނުން ކަމަށް