24 ޖޫން 2020
ނޭކުރެންދޫގައި އިމާރާތް ކުރަން ސަރުކާރުން ވައުދު ވެފައިވާ ޖަލުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް އަދިވެސް އުއްމީދު ކުރައްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ނޭކުރެންދޫގައި އިމާރާތް ކުރަން ސަރުކާރުން ވައުދު ވެފައިވާ ޖަލުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް އަދިވެސް އުއްމީދު ކުރައްވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ، ނޭކުރެންދޫގައި ޖަލު އަޅާނެ ސަރަހައްދެއް ކަނޑައަޅައި، އެންވަޔަރްމެންޓް އެސެސްމެންްޓް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރަން މި އަހަރު ހުޅުވައިލި ކަމަށެވެ. އެކަމަކު، އެ މަސައްކަތް ހަވާލު ކުރުމަށްޓަކައި މައުލޫމާތު ސާފުކުރުމުގެ މަރުހަލާގައި ވަަނިކޮށް، ކޮވިޑް-19 އާ ހެދި މަސައްކަތްތައް މަޑު ޖެހުނު އިިރު އެ މަަސައްކަތް ވެސް ހުއްޓިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
ނަމަވެސް ޖަލުގެ ޕްލޭނިންގެ މަސައްކަތްތައް މުޅިން ނިމިފަިއވާ ކަމަށާއި ކޮވިޑުން އަރައިގަނެ، މި އަހަރު އެ ޖަލުގެ އަަމަލީ މަސައްކަތްތައް ފެށޭނެ ކަމަށް އަދިވެސް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮވިޑް-19 ގެ ސަބަބުން މިހާރު ވަނީ އަޅުގަނޑުމެން މަޝްރޫއު އަލުން މުރާޖައާ ކުރަން ޖެހިފައި. އެެހެންވީމާ މި މުރާޖައާ ކުރުމަށް ފަހުގައި ދައުލަތުގެ ބަޖެޓްގެ ކެރިފޯރުންތެެރިކަން ހުރި މިންވަރަކުން އިރާދަ ކުރެއްވިއްޔާ މި މަސައްކަތް މި އަހަރު ވެސް ފެށޭތޯ ބަލާނަން،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނޭކުރެންދޫ ޖަލު އިމާރާތް ކުރަން އުޅެނީ ޖަލަށްލާ މީހުން ރިހެބިލިޓޭޓްކޮށް، ތަމްރީނު ދިނުމުގެ މަސައްކަތް ކުރެވޭ ގޮތަށެވެ. އެގޮތުން، ވޮކޭޝަނަަލް ޓްރޭނިން ދެވޭ ގޮތަށް އެ ޖަލުގެ ކޮންސެޕްޓް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.
ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ނޭކުރެންދޫ ޖަލު އިމާރާތް ކުރަނީ ގައިދީންނަށް މަސައްކަތް ދަސްކޮށްދީ އެ މީހުން ލައްވައި މަސައްކަތް ކުރުވޭ ގޮތަށް ކަމަށެވެ. އެގޮތުން އެއީ މަސައްކަތްތެރިކަމަށް މީހުން ވަރަށް ބޮޑަށް އަހުލުވެރި ކުރެވޭނެ ތަނަކަށް ހަދަން އުއްމީދުު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކޮވިޑް-19 ގެ ސަބަބުން މިހާރު ވަނީ އަޅުގަނޑުމެން މަޝްރޫއު އަލުން މުރާޖައާ ކުރަން ޖެހިފައި. އެެހެންވީމާ މި މުރާޖައާ ކުރުމަށް ފަހުގައި ދައުލަތުގެ ބަޖެޓްގެ ކެރިފޯރުންތެެރިކަން ހުރި މިންވަރަކުން އިރާދަ ކުރެއްވިއްޔާ މި މަސައްކަތް މި އަހަރު ވެސް ފެށޭތޯ ބަލާނަން،"--- އިމްރާން
"އަޅުގަނޑުމެން ޕްލޭން ކުރަމުން މިދަނީ ހާއްްސަކޮށް ނޭކުރެންދޫ ޖަލަކީ މަސައްކަތްތެރިކަމަށް ވަރަށް ބޮޑަށް އަހުލުވެރި ކުރެވި، މަސައްކަތްކޮށްގެން އެ މީހުން [ގައިދީންނަަަށް] އާމްދަނީ ވެސް ލިބޭ ފަދަ ގޮތަކަށް އެތަން ބައްޓަން ކުރަން،" އިމްރާން ވިދާޅުވި އެވެ.
ދެވަނަ ސުވާލެއްގެ ގޮތުގައި ރާއީ ވިދާޅުވީ ނޭކުރެންދޫ ޖަލަކީ ސަރުކާރުގެ ވައުދަކަށް ވާއިރު، މި ދައުރު ނިމުމުގެ ކުރިން ޖަލު އިމާރާތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވިދާނެތޯ އެވެ. ޖަވާބުގައި އިމްރާން ވިދާޅުވީ އެ ވައުދު ސަރުކާރުން ފުއްދަނެ ކަމަށެވެ.
ނޭކުރެންދޫގައި ޖަލެއް އިމާރާތް ކުރަން ފުރަތަމަ ނިންމީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ފުރަތަމަ ބުންޏެވެ. އެކަމަކު ވަކި ހިސާބަކުން އެ މަަސައްކަތް ވަނީ ހުއްޓާލައިފަ އެެވެ.
ގައިދީންނަށް އަނިޔާކުރާ ނަމަ ފިޔަވަޅު އަޅަން: އިމްރާން
ޔާމީން ވެއްދީ ޔުނިޓުގެ ފެންވަރު ރަނގަޅުކޮށްފައި
ނުގަވައިދުން ގައިދީއަކު ދޫކުރި މައްސަލަ ޕޮލިހަށް
ޖަލަށް ފެނުގެ ހިދުމަތް ދޭން ކުންފުންޏެއް ހަދައިފި
އަދީބު ޝަކުވާ ނުކުރިޔަސް ފަރުވާ އެބަކުރަން: އިމްރާން
އިމްރާން ކުރެއްވި ޓްވީޓުގެ މައްސަލަ ބަލަން އެދިއްޖެ
އަދީބަށް ބޭނުންވާ ފަރުވާ ލިބޭނެ: އިމްރާން
ޖަލާ ބެހޭ ކޮމިޝަންގެ މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ
ވާނުވާގައި ތިބި މީހުން ކޭސްތައް ރިވިއުކޮށް، ދޫކޮށްލަނީ
ހަރުކަށި މީހުން ވަކި ކުރާ ވިންގް ޖުލައިގައި ނިމޭނެ