05 ޖޫން 2019
އުތުރުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ބައެއް ރަށްރަށުގައި ފެން ބޮޑުވެއްޖެ އެވެ.
އުތުރުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ބައެއް ރަށްރަށުގައި ފެން ބޮޑުވެއްޖެ އެވެ.
ހއ. އަތޮޅުގެ ދެރަށެއްގައި ފެން ބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނައިރު އުތުރުގެ އަތޮޅުތަކުގެ މޫސުން އަދިވެސް ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެ އެވެ.
ހއ. ހޯރަފުއްޓާއި އެ އަތޮޅު އުލިގަމުގައި ފެން ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އެހެން ބައެއް ރަށްރަށުގައި ވެސް ފެން ބޮޑުވެ އެކި ވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށް އަންނަނީ ރިޕޯޓްކުރަމުންނެވެ.
އުލިގަމުގައި ފެންބޮޑުވެ، އިންޖީނުގެ އަށް ފެން ވަންނާތީ ފެންގަނޑު ހިންދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ރަށުގައި އާންމުކޮށް ފެން ބޮޑުވާ ދެ ސަރަހައްދެއްގައި، ރޭގެ މެންދަމުން ފެށިގެން ވެހެމުންދާ ވާރޭގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ފެން ހެދިފަ އެވެ. ހޯރަފުށްޓަށް ވެސް ބޯކޮށް ވާރޭ ވެހި ބައެއް ގޭގެ އަށް ފެން ވަންނާތީ ވެލިބަސްތާ ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ހޯރަފުށީ ކައުންސިލްގެ މެމްބަރު އަހުމަދު އިމްދާހު "މިހާރު "އަށް ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ފެން ވަންނާތީ ހައެއްކަ ގޭގައި މިހާރު ވެލި ބަސްތާ ޖަހާފައިވާ ކަމަށާއި އެހެން ގެތަކުގެ ހާލަތު ބަލަމުން އަންނަ ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެރަށުގެ އެއްވެސް ގެއަކަށް މިހާތަނަށް ގެއްލުމެއް ނުވެ އެވެ.
"މިހާރުވެސް ބޯކޮށް ވާރޭ ވެހެމުން ދަނީ. ވިލާތައް ނަގާފައި ހުރީ ވެސް،" އޭނާ ވިދާޅުވި އެވެ.
އުލިގަމު ކައުންސިލްގެ ރައީސް އަހްމަދު މުއާޒް މުހައްމަދު ވިދާޅުވީ ރޭ މެންދަމު 12:00 އިން ފެށިގެން މެދު ނުކެނޑި އެރަށަށް ވާރޭ ވެހެމުން އަންނަ ކަަމަށާއި ނަމަވެސް މިހާރު ވާރޭ ތުނިކޮށްލާފައިވާ ކަމަށެވެ. ފެންބޮޑުވުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
ހޯރަފުށީގައި ފެންބޮޑުވުމުން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަނީ
އުތުރަށް ކުރަމުންދާ ވިއްސާރައިގައި ހދ. ކުޅުދުއްފުށްޓާއި ނ. ވެލިދޫގައި ވެސް ފެންބޮޑުވި އެވެ.
ކުޅުދުއްފުށީގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށް ފެން ވަދެ، ހަތަރު ގެއެއްގައި މީހުންނަށް ނޫޅެވޭ ވަރު ވި އެވެ.
Yellow alert in effect for the area from Haa Alifu Atoll to Baa Atoll. pic.twitter.com/WQJ5tKnsDv
— Maldives Meteorology (@MetMaldives) June 5, 2019
މޫސުމާ ބެހޭ އިދާރާއިން މިއަދު ވެސް ވަނީ އުތުރުގެ ހުރިހާ އަތޮޅަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެގޮތުން ނެރުނު އެލާޓުގައި ބުނެފައިވާ ގޮތުން ބޯކޮށް ވާރޭ ވެހުމާ އެކު ވައިގަދަވާނެ ކަމަށެވެ. އެގޮތުން ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އާދަޔާ ހިލާފަށް ގަދަ، ހޯރަފުށީ އެއާޕޯޓަށް ރާޅު އަރަނީ
ހޯރަފުށީ އެއާޕޯޓް: ފޮޓޯތަކުން ފެންނަނީ ބޮޑެތި ގެއްލުން
އުދައަރައި އުތުރުގެ ގިނަ ރަށްތަކަށް ގެއްލުންވެއްޖެ
ކުޅުދުއްފުށްޓަށް ވާރޭވެހި ބައެއް ގެތަކަށް ފެން ވަދެއްޖެ
އުލިގަމުގެ އާއިލާތަކަށް މެމްބަރު ފައިސާގެ އެހީ ދެއްވައިފި
އުލިގަމަށް އާދަޔާހިލާފު ވިއްސާރައެއް
ވިއްސާރައިގައި އުލިގަމަށް ބޮޑެތި ގެއްލުންތަކެއް
ވިއްސާރައިގައި ލިބުނު ގެއްލުން މިލިއަނަކަށް ވުރެ މަތި
މަޑުމަޑުން ދަތުރުކުރާ ބާރުގަދަ ކޮޅިގަނޑެއް އިންޑިއާއަށް
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ