Roadha Mihaaru
ޖަލު އޮޑިޓް ރިޕޯޓު ތަންފީޒުކުރޭތޯ ބަލަން ކޮމެޓީއެއް

ޖަލު އޮޑިޓް ރިޕޯޓު ތަންފީޒުކުރޭތޯ ބަލަން ކޮމެޓީއެއް އެކުލަވާލައިފި

03 ޖޫން 2019

ޖަލު އޮޑިޓް ރިޕޯޓުގައި ހުރި ކަންކަން ތަންފީޒުކުރޭތޯ ބެލުމަށް މިއަދު ކޮމެޓީއެއް އެކުލަވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖަލު އޮޑިޓް ރިޕޯޓުގައި ހުރި ކަންކަން ތަންފީޒުކުރޭތޯ ބެލުމަށް މިއަދު ކޮމެޓީއެއް އެކުލަވާލައިފި އެވެ.

ހޯމް މިނިސްޓްރީން ބުނީ "ޕްރިޒަންސް ރިފޯމް މޮނިޓަރިން ކޮމެޓީ"ގެ ނަމުގައި އެކުލަވާލި ކޮމެޓީގައި ފަސް މެމްބަރުން ހިމެނޭ ކަމަށެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރިޔާސަތު ބަލަހައްޓަވާއިރު ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަހުމަދު މުހައްމަދު، ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު އާސިފް އަދި ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރެވެ.

ޖަލުތަކުގެ އޮޑިޓެއް ހެދުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެކެވެ. އެގޮތުން ރާއްޖޭގައި މިވަގުތު ހުރި ޖަލުތަކާއި މީހުން ބަންދުކުރާ ތަންތަނުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކޮށްފައިވަނީ އެކަމަށް ހާއްސަ ކޮމިޝަނަކުންނެވެ.

ޖަލު އޮޑިޓް ކޮމިޝަންގެ މަސައްކަތްތައް ނިންމުމަށްފަހު މިދިޔަ އޭޕްރީލް މަހު ވަނީ 290 ސޮފްހާގެ ރިޕޯޓެއް ނެރެފަ އެވެ. އެ ރިޕޯޓުގައި، ޖަލަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އިސްލާހުކުރަންޖެހޭ 180 އަށްވުރެ ގިނަ ކަންތައްތައް ފާހަގަކޮށްފައި ވެ އެވެ. އަދި އެއީ އިންސާނުން ބަންދުކޮށްގެން ގެންގުޅެން އެކަށީގެންވާ ތަންތަން ނޫން ކަމަށް ކަނޑައަޅާފައި ވެ އެވެ.