01 ޖޫން 2019
ޔޫރަޕްގެ މުބާރާތްތަކުގައި އެންމެ ކާމިޔާބު އިނގިރޭސި ޓީމަކީ ލިވަޕޫލެވެ. އެކަމަކު އެ ޓީމަށް އެންމެ ފަހުން ޔޫރަޕްގެ ތަށްޓެއް ލިބުނީ މީގެ 14 އަހަރު ކުރިން 2005 ވަނަ އަހަރު އެވެ. ޓޮޓެންހަމަށް މިހާތަނަށް ޔޫރަޕްގެ ޝަރަފްވެރި ޗެމްޕިއަންސް ލީގު ތަށީގައި އަތްލުމުގެ ނަސީބު ލިބިފައިނުވާއިރު، މިރޭގެ ޗެމްޕިއަންސް ލީގުގެ ފައިނަލަކީ އެ ޓީމު މި މުބާރާތުގެ ފައިނަލުގައި ވެސް ކުޅޭނެ ފުރަތަމަ ފަަހަރެވެ. އެތުލެޓިކޯ މެޑްރިޑްގެ ސްޓޭޑިއަމް ވަންޑާ މެޓްރޮޕޮލިޓާނޯގައި މިރޭ ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ނުކުންނައިރު، ލިވަޕޫލާއި ޓޮޓެންހަމަށް ވެސް އޮތީ ފާއިތުވި އަހަރުތަކުގައި ތަށްޓަކަށް ކުރި އިންތިޒާރަށް ނިމުމެއް ގެނައުމެވެ.
ޔޫރަޕްގެ މުބާރާތްތަކުގައި އެންމެ ކާމިޔާބު އިނގިރޭސި ޓީމަކީ ލިވަޕޫލެވެ. އެކަމަކު އެ ޓީމަށް އެންމެ ފަހުން ޔޫރަޕްގެ ތަށްޓެއް ލިބުނީ މީގެ 14 އަހަރު ކުރިން 2005 ވަނަ އަހަރު އެވެ. ޓޮޓެންހަމަށް މިހާތަނަށް ޔޫރަޕްގެ ޝަރަފްވެރި ޗެމްޕިއަންސް ލީގު ތަށީގައި އަތްލުމުގެ ނަސީބު ލިބިފައިނުވާއިރު، މިރޭގެ ޗެމްޕިއަންސް ލީގުގެ ފައިނަލަކީ އެ ޓީމު މި މުބާރާތުގެ ފައިނަލުގައި ވެސް ކުޅޭނެ ފުރަތަމަ ފަަހަރެވެ. އެތުލެޓިކޯ މެޑްރިޑްގެ ސްޓޭޑިއަމް ވަންޑާ މެޓްރޮޕޮލިޓާނޯގައި މިރޭ ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ނުކުންނައިރު، ލިވަޕޫލާއި ޓޮޓެންހަމަށް ވެސް އޮތީ ފާއިތުވި އަހަރުތަކުގައި ތަށްޓަކަށް ކުރި އިންތިޒާރަށް ނިމުމެއް ގެނައުމެވެ.
ޗެމްޕިއަންސް ލީގުގެ ތަށި ފަސް ފަހަރު ހޯދާފައިވާ ލިވަޕޫލް އެންމެ ފަހުން ކުޅުނު މި މުބާރާތުގެ ދެ ފައިނަލުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ 2007 ވަނަ އަހަރު އޭސީ މިލާން އަތުންނާއި މިދިޔަ އަހަރު މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް އަތުންނެވެ. އަނެއްކޮޅުން ލިވަޕޫލަށް އޮތް އަނެއް ކަންބޮޑުވުމަކީ އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕްގެ ފައިނަލުގެ ދަށް ރެކޯޑެވެ. އެ ގޮތުން ބަލާއިރު ކްލޮޕް އެންމެ ފަހުން ނުކުތް ހަ ފައިނަލުން ވެސް ވަނީ ބަލިވެފަ އެވެ. އޭގެ ތެރެއިން ތިން ފައިނަލުގައި ނުކުތީ ލިވަޕޫލާ އެކު އެވެ.
"މިދިޔަ ހަތް އަހަރަށް ބަލާނަމަ އަހަރެން ވެގެންދާނެ ސެމީ ފައިނަލުން މޮޅުވުމުގެ ދުނިޔޭގެ ރެކޯޑް އޮތް މީހާ އަށް. އެ މައުލޫ އަށް އަހަރެން ފޮތެއް ލިޔެފިނަމަ އެ ކިޔާނެ މީހެއް ނުވާނެ. އެހެންވީމަ މީގެ ބޭނުންވަނީ ތަށި ހޯދަން އެކަން ނުކުރެވޭނަމަ މީހުންގެ ނަޒަރުގައި ކުރެވުނު ކަމެއް ނޯންނާނެ،" މީގެ ހަތަރު އަހަރު ކުރިން ލިވަޕޫލާ ހަވާލުވި ކްލޮޕް ބުންޏެވެ.
ލިވަޕޫލުން އެންމެ ފަހުން ހޯދި ކާމިޔާބީ އަކީ 2012 ވަނަ އަހަރުގެ ލީގު ކަޕެވެ. އޭގެ ފަހުން ގިނަ މުބާރާތެއްގެ ތަށި ހޯދުމާ ގާތަށް ޖެހިލި ނަމަވެސް އެންމެ ފަހު ވަގުތު ވަނީ ހިތި ނަތީޖާއަކާ ކުރިމަތިލާން ޖެހިފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ރޭހުން ދެ ފަހަރު ފަހަތަށް ދިޔައިރު، ލީގު ކަޕާއި ޔޫރޮޕާ ލީގު އަދި ޗެމްޕިއަންސް ލީގުގެ ފައިނަލުން ވަނީ ބަލިވެފަ އެވެ.
ފައިނަލުގެ ކުރިން ބޭއްވި ފަހު ފަރިތަކުރުންތަކުގެ ތެރެއިން ކްލޮޕް (ކ.2) ލިވަޕޫލްގެ ބައެއް ކުޅުންތެރިންނާ އެކު. -- ފޮޓޯ: އޭއެފްޕީ
ކްލޮޕް ބުނީ އެ ހުރިހާ ފަހަރެއްގައި ލިބުނު ތަޖުރިބާގެ އަލީގައި ލިވަޕޫލާއި އޭނާ މިހާރު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާާއި މިހާރު އޮތް ލިވަޕޫލް ޓީމަކީ އޭނާ ފައިނަލަކަށް ގެނައި އެންމެ ވަރުގަދަ ޓީމު ކަމަށެވެ.
"އަހަންނަކީ އެހާ ބަދުނަސީބު ކޯޗެއް ނަމަ އަހަރެންގެ ޓީމުތައް ފައިނަލަކަށް ނާންނާނެ. މިދިޔަ އަހަރުގެ ފައިނަލުން އަހަރެމެން ބަލިވީ ވަރަށް އާދަޔާހިލާފު ގޮތަަކަށް. މިހާރު މި އޮތީ އެ ހުރިހާ ކަމަކުން އަރައިގަނެ ރަނގަޅު މިސްރާބަށް ހުރިހާ ކަމެއް ގެންދިއުމުގެ ފުރުސަތު ލިބިފައި،" ބޮރޫޝިއާ ޑޯޓްމަންޑާ އެކު 2013 ވަނަ އަހަރުގެ ފައިނަލުން ބަލިވި ކްލޮޕް ބުންޏެވެ.
ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ބާސެލޯނާ އަތުން 4-0 ހޯދި އާދަޔާހިލާފު ކާމިޔާބީ ލިވަޕޫލުން ހާސިލްކުރީ އެ ޓީމުގެ މުހިއްމު ދެ ތަރިން ކަމަށްވާ މުހައްމަދު ސަލާހާއި ރޮބާޓޯ ފިރްމީނޯ ނެތި އެވެ. އެކަމަކު މިރޭގެ މެޗަށް ލިވަޕޫލުން ނުކުންނައިރު އެ ދެ ކުޅުންތެރިން ފިޓްވެ ޓީމުގައި ހިމެނެ އެވެ. އަނެއްކޮޅުން ބަލާއިރު މިރޭގެ މެޗު ސަލާހަށް ހާއްސަވާނެ ސަބަބަކީ މިދިޔަ އަހަރުގެ ފައިނަލުގައި އޭނާގެ ކޮނޑަށް ލިބުނު އަނިޔާގެ ސަބަބުން މެޗުގެ ފުރަތަމަ ހާފުގައި މެޗު ދޫކޮށްލާފައި ދާން ޖެހުމަށް ފަހު އަލުން ފައިނަލުގައި ކުޅުމުގެ ފުރުސަތު ލިބުމެވެ.
"މިދިޔަ އަހަރުގެ އެ ހިތި ތަޖުރިބާ އަހަރެންގެ މުޅި ކެރިއަރުގައި ވެސް ހަނދާން ހުންނާނެ. އެކަމަކު އެކަން ސިކުނޑީގައި ބަހައްޓަން ބޭނުންވަނީ ގޯސް ވިސްނުމެއްގައެއް ނޫން. އަހަރެން ބޭނުންވަނީ އަލުން މި ފުރުސަތުގެ ބޭނުންހިފައި މި ކާމިޔާބީ ހޯދަން،" ފައިނަލުގެ ކުރިން ދިން އިންޓަވިއުއެއްގައި ސަލާހު ބުންޏެވެ.
ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑް ބުނީ މިހާރު އޮތް ލިވަޕޫލް ޓީމަކީ 2005 ވަނަ އަހަރު ތަށި ހޯދި ޓީމަށް ވުރެން ހުރިހާ ގޮތަކުން ވެސް މޮޅު ޓީމެއް ކަމަށާއި އޭނާގެ އުއްމީދަކީ މި ޓީމު މި އަހަރު ކުރި މަސައްކަތަށް ބަލާއިރު ޗެމްޕިއަންސް ލީގު ތަށްޓާ އެކު މި ސީޒަން ނިންމާލުން ކަމަށެވެ.
މީގެ 10 އަހަރު ކުރިން އެސްޕަންޔޯލުން ކޯޗިން ކެރިއަރު ފެށި އާޖެންޓީނާގެ ކުރީގެ މިޑްފީލްޑަރު މައުރީސިއޯ ޕޮޗެޓީނޯ މީގެ ފަސް އަހަރު ކުރިން ޓޮޓެންހަމާ ހަވާލުވިއިރު، އެ ޓީމުގެ އަމާޒަކަށްވެފައިވަނީ އެ ޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދިނުމެވެ. އެކަން އޭނާ ޖެހިޖެހިގެން ދެ ސީޒަނުގައި މިހާރު ހާސިލްކޮށްދީފައިވާއިރު، މިހާރު އެ ޓީމު ފައިނަލުގައި ކުޅުމަކީ ޕޮޗެޓީނޯ އަށް ވެސް ލިބޭ ހައިރާން ކަމެކެވެ.
ނިމިދިޔަ ދެ ޓްރާންސްފާ މާކެޓްގައި ޓޮޓެންހަމުން އެއްވެސް ހަރަދެއް ނުކޮށް އެ ޓީމު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދިނުމުގެ ކްރެޑިޓް ގިނަ ބަޔަކު ދެނީ ޕޮޗެޓީނޯ އަށެވެ. ރެއާލް މެޑްރިޑުންނާއި މެންޗެސްޓާ ޔުނައިޓެޑުން ވޭތުވެދިޔަ އަށް މަސް ދުވަސް ތެރޭގައި ޕޮޗެޓީނޯ ގެންދަން ބޭނުންވި ނަމަވެސް އޭނާ ޓޮޓެންހަމްގައި މަޑުކުރީ ޓީމާ މެދު އޮތް ޔަގީންކަމެއްގެ ބޮޑުކަމުންނެވެ.
ޓޮޓެންހަމްގެ ފަރިތަކުރުންތަކުގެ ތެރެއިން ޕޮޗެޓީނޯ. -- ފޮޓޯ: އޭއެފްޕީ
"އަހަންނަށް މި ކުޅުންތެރިންނާ މެދު އިތުބާރު އޮތް ކުރިން ވެސް. އަހަރެމެން މި ހިސާބަށް އައުމުގައި މި ޓީމަށް އެންމެ ބޮޑު ކްރެޑިޓެއް ދޭންވީ. ހަގީގަތުގައި މިއީ މުޅި ޓީމު އެކުވެގެން ކުރި މަސައްކަތް. މިހާރު އަހަރެމެންނަށް މި މުބާރާތް ކާމިޔާބުކޮށް ތާރީހު ލިޔެވުމުގެ ފުރުސަތު އެބައޮތް،" މިރޭގެ ފައިނަލުގެ ކުރިން ޕޮޗެޓީނޯ ބުންޏެވެ.
ޓޮޓެންހަމުން އެންމެ ފަހުން ހޯދި ކާމިޔާބީ އަކީ 2008 ވަނަ އަހަރުގެ ލީގު ކަޕެވެ. ޕޮޗެޓީނޯ އޭނާގެ ކޯޗިން ކެރިއަރު ފެށީ އޭގެ އެއް އަހަރު ފަހުންނެވެ. ޕޮޗެޓީނޯ އަށް އަދި އޭނާގެ ކޯޗިން ކެރިއަރުގައި ތަށްޓެއްގައި އަތްލުމުގެ ނަސީބު ލިބިފައިނުވާއިރު، މިރޭގެ ފައިނަލުގައި އެކަން ކުރަން އޭނާ ހުރީ ވަރަށް ބޭނުންވެފަ އެވެ.
"އަހަރެން މި ސީޒަނުގައި ތަށްޓެއް ހޯދަން އެންމެ ބޭނުންވާ ސަބަބުތައް ވަރަށް ގިނަ. އަހަރެމެންނަށް ކުޅުންތެރިއެއް ނުގެނެވުނު. އަހަރެމެންގެ އަމިއްލަ ސްޓޭޑިއަމްގައި ކުޅެން ވަރަށް އިންތިޒާރުކުރަން ޖެހުނު. ވަރަށް އުނދަގޫ ހާލަތްތަކެއް މުޅި ސީޒަނަށް ބަލާއިރު ކުރިމަތިވި. އަހަރެންގެ ކޯޗިންގެ ކެރިއަރުގެ ފުރަތަަމަ ތަށި މި ފަދަ ބުރަ މަސައްކަތަކަށް ފަހު ލިބުމަކީ ވަރަށް ބޮޑު ހާއްސަކަމަކަށްވާނެ،" ކުރިން ސައުތެމްޓަނަށް ވެސް ކޯޗުކޮށްދިން ޕޮޗެޓީނޯ ބުންޏެވެ.
މިރޭގެ ފައިނަލަށް ނުކުންނައިރު ޓޮޓެންހަމަށް އޮތް އެންމެ ބޮޑު ހިތްހަަމަ ޖެހުމަކީ ސެމީ ފައިނަލަށް ފަހު ފައިނަލް މެޗާ ދެމެދުގައި ލިބުނު ތިން ހަފްތާގެ ބްރޭކުގައި އެ ޓީމުގެ މުހިއްމު ހަތަރު ކުޅުންތެރިއަކު އަނިޔާއިން ސަލާމަތްވެ ފިޓްވެފައިވުމެވެ. އެއީ ދެ ޑިފެންޑަރުން ކަމަށްވާ ޔެން ވާޓޮންގެން، ޑެވިންސަން ސަންޗޭޒްގެ އިތުުރުން މިޑްފީލްޑަރު ހެރީ ވިންކްސް އާއި އެ ޓީމުގެ ތަރި ހެރީ ކޭން އެވެ.
އޭޕްރީލް މަހުގެ ކުއާޓާ ފައިނަލުގައި ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކޭން ހުރީ ކުޅުމާ ދުރުގަ އެވެ. މިރޭގެ މެޗުގައި އޭނާ ފުރަތަމަ އެގާރައިގައި ކުޅުވުމާ މެދު ގޮތެއް ނިންމާނީ އެންމެ ފަހު ވަގުތު ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ. އަދި މި ފަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިއްޖެނަމަ ޓޮޓެންހަމް ދޫކޮށްލަފާނެ ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.
މި ފަހަރުގެ މުބާރާތުގައި ތަފާތު އެކި ހިސާބުން ޓޮޓެންހަމަށް ވަނީ ވަރަށް ބޮޑަށް ނަސީބުގެ އެހީތެރިކަން ލިބިފަ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ ތިން މެޗުން މޮޅެއް ނުލިބި ދިޔަ ނަމަވެސް ފަހު ތިން މެޗުގައި ދެއްކި ހިތްވަރުން ޓޮޓެންހަމް ވަނީ ނޮކައުޓުބުރަށް ކޮލިފައިވެފަ އެވެ. އެ ބުރުގެ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި މުހިއްމު ދެ ނިންމުމެއް ދިޔައީ ޓޮޓެންހަމް ކޮޅަށެވެ. އަދި ސެމީ ފައިނަލުގެ ފުރަތަމަ ލެގުން އަޔަކްސް އަތުން ބަލިވި ނަމަވެސް ދެ ވަނަ ލެގުގެ ދެ ވަނަ ހާފްގައި ޖެހި ތިން ގޯލުން ޓޮޓެންހަމަށް ވަނީ ފައިނަލުގެ ފުރުސަތު ލިބިފަ އެވެ.
މި ފަހަރުގެ މުބާރާތުގައި ޓޮޓެންހަމް މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ބުނީ ހަގީގަތަށް ބުނާނަމަ ޓޮޓެންހަމް ފައިނަލަށް އައުމުގައި ނަސީބު ވަަރަށް ބޮޑަށް އެހީވި ކަމަށާއި ބޭނުންވަނީ ފައިނަލުގައި ވަރުގަދަ ކުޅުމެއް ދައްކައި ކްލަބަށް ތާރީހީ ކާމިޔާބެއް ހޯދައިދިނުމަށް ކަމަށެވެ.
ޓޮޓެންހަމް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ފުރަތަމަ ފަހަރަށް ކުޅެއިރު، ފުރަތަމަ ފަހަރަށް އެންމެ ފަހުން ފައިނަލުގައި ކުޅުނު ފަސް ޓީމު ވެސް ވަނީ ބަލިވެފަ އެވެ. އެއީ 2008 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވި ޗެލްސީ އާއި 2006 ވަނަ އަހަރު ބާސެލޯނާ އަތުން ބަލިވި އާސެނަލާއި 2004 ވަނަ އަހަރު ޕޯޓޯ އަތުން ބަލިވި މޮނާކޯ އާއި 2002 ވަނަ އަހަރު ރެއާލް އަތުން ބަލިވި ބަޔާ ލެވަކޫސަންގެ އިތުރުން 2000 ވަނަ އަހަރު ރެއާލް އަތުން ބަލިވި ވެލެންސިއާ އެވެ.
ލިވަޕޫލްގެ ވެން ޑައިކް (ކ) ކައިރިން ޓޮޓެންހަމްގެ ކޭން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ
ޖެހިޖެހިގެން ދެ ޗެމްޕިއަންސް ލީގުގެ ފައިނަލުން އެންމެ ފަހުން ބަލިވެފައިވަނީ 2000 އާއި 2001 ވަނަ އަހަރު ސްޕެއިނުގެ ވެލެންސިއާ އެވެ. ލިވަޕޫލްގެ އަމާޒަކަށް މިރޭގެ މެޗުގައި ވާނީ ޖެހިޖެހިގެން ޔޫރަޕްގެ ހަތަރު ފައިނަލުން ބަލިނުވުމެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ދެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ވެސް ބަލިވެފައިވާއިރު 2016 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ފައިނަލުން ވެސް ވަނީ ބަލިވެފަ އެވެ.
ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން މުޅިން އަލަށް އެންމެ ފަހުން ހޯދީ 2012 ވަނަ އަހަރު ޗެލްސީ އެވެ. މިރޭގެ ފައިނަލުން ޓޮޓެންހަމް މޮޅުވެއްޖެނަމަ އެ ކަން ބަދަލުވެގެންދާނެ އެވެ. އަދި މިރޭގެ ފައިނަލުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ހަތަރު އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔޫރަޕްގައި ތަފާތު ޓީމަކަށް ޗެމްޕިއަންކަން ލިބޭނެ އެވެ. މިދިޔަ ތިން އަހަރު ތަށި އުފުލާލީ ރެއާލުންނެވެ.
ލިވަޕޫލްގެ ސަޑިއޯ މާނޭ މިރޭގެ ފައިނަލުގައި ގޯލު ޖަހައިފިނަމަ އޭނާ ވެގެންދާނީ 1975 އާއި 1976 ގެ ފައިނަލުގައި ބަޔާން މިއުނިކަށް ލަނޑު ޖަހައިދިން ފްރާންޒް ރޫތަށް ފަހު ޖެހިޖެހިގެން ދެ ފައިނަލުގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
މި ފަހަރު ޕްރިމިއާ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ލިވަޕޫލް ވަނީ މޮޅުވެފަ އެވެ.
ލިވަޕޫލް ސީޒަން ސަލާމަތްކުރަން ޓޮޓެންހަމާ ދެކޮޅަށް
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ކްލޮޕް ބުނި ބަސް ސީދާ ނުވެ، ލިވަޕޫލަށް މާޔޫސްކަން
ކްލޮޕް ހުރީ ދޫދޭކަށް ނޫން، ރެއާލް ފަހަތަކަށް ނުޖެހޭނެ
ލިވަޕޫލް ދެ ވަނަ ބުރަށް، ޓޮޓެންހަމް އިންތިޒާރުގައި
ނަޕޯލީ އަތުން ބަލިވި ލިވަޕޫލްގެ ހުރިހާކަމެއް ގޯސް
ބެލޮންޑިއޯ ބޭނުންނަމަ ޗެމްޕިއަންސް ލީގު ހޯދުން މުހިއްމު
އިނގިރޭސި ފުޓްބޯޅައިގެ ބޮޑު ރެކޯޑެއް ލިވަޕޫލަށް
ލިވަޕޫލުން ފެންނަނީ ކްލޮޕްގެ ކެތްތެރިކަމުގެ ނަތީޖާ
ފުރަތަމަ ލެގުގައި ސިޓީން އެތުލެޓިކޯ ބަލިކޮށްފި