30 މެއި 2019
ޖަލުތަކުގެ ހާލަތު ރަނގަޅުކުރަން ކުރާ މަސައްކަތަށް ހުރަސްއެޅުމުގެ ބަދަލުގައި އެކަމަށް އެންމެން އެއްބާރުލުން ދިނުމަށް ހޯމް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.
ޖަލުތަކުގެ ހާލަތު ރަނގަޅުކުރަން ކުރާ މަސައްކަތަށް ހުރަސްއެޅުމުގެ ބަދަލުގައި އެކަމަށް އެންމެން އެއްބާރުލުން ދިނުމަށް ހޯމް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމަނައި ޖަލުތައް އޮޑިޓްކޮށްފައި ވަނީ އެކަމަށް އެކުލަވާލި ހާއްސަ ކޮމިޝަނަކުންނެވެ. އެ މަސައްކަތްތައް ނިންމައި މިނިސްޓްރީން ވަނީ ޖަލުތަކާއި މީހުން ބަންދުކޮށްގެން ގެންގުޅޭ ތަންތަނުގެ ތަފްސީލީ ހާލަތު ބަޔާންކޮށްދޭ 290 ސޮފްހާގެ ރިޕޯޓެއް މިދިޔަ އަންގާރަ ދުވަހު ނެރެފަ އެވެ.
އެ ރިޕޯޓުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާ ގުޅޭގޮތުން ހިމެނި މައުލޫމާތުތަކުން އެ ކޮމިޝަނުން ވަނީ ހިތްހަމަނުޖެހިފަ އެވެ. އެކަމާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ ޖަލު އޮޑިޓް ކޮމިޝަނުން ނެރެފައިވަނީ ޒިންމާދާރުކަން ކުޑަ ރިޕޯޓެއް ކަމަށެވެ. އެޗްއާރުސީއެމްގެ މަސައްކަތްތަކާއި ޒިންމާތަކާ ގުޅޭ މައުލޫމާތު ހިއްސާކުރި ނަމަވެސް ރިޕޯޓުގައި އެކަމަށް ރިއާޔަތްކޮށްފައިނުވާ ކަމަށް ބުންޏެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓްރީން ބުނީ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކާ އެއްވަރަށް ޖަލުތަކުގެ ހާލަތު ބަދަލުކޮށް، އެކި ސަބަބުތަކާ ހުރެ ބަންދުކުރެވޭ މީހުން އަނބުރާ މުޖުތަމައުއަށް ނިކުންނައިރު ބޭނުންތެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށެވެ.
އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ޖަލުގެ ހާލަތު ދެނެގަތުމަށް ހޯމް މިނިސްޓްރީން އެކުލަވާލީ ގާބިލް، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކޮމިޝަނެއް ކަމަށް ބުންޏެވެ. އެ ކޮމިޝަނުން ރިޕޯޓު އެކުލަވާލީ އެކި ގޮތްގޮތުން އެއްކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ބުންޏެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނީ ޖަލުތައް އިސްލާހުކުރަންޖެހޭކަން ބަލައިގަނެ އެކަންކަން އިސްލާހުކުރުމުގެ މަސައްކަތް އެތަނުން ކުރަމުން އަންނަކަމަށާއި އެކަމާ ގުޅުންހުރި އެހެން ފަރާތްތަކުން ވެސް އެ މަގަށް އަމާޒުހިފުމަކީ އެދުމެއް ކަމަށެވެ.
"'ރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓު 2019'ގައި އެކި ފަރާތްތަކާ ހަވާލާދީ ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް އިންކާރުކޮށް ރިޕޯޓުގެ ހުށަހެޅުންތަކާ މެދު ސުވާލު އުފައްދާ، ސަރުކާރުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތަށް ހުރަސްއެޅުމުގެ ބަދަލުގައި، ސަރުކާރުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށް މި ފުރުސަތުގައި އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ،" ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުންޏެވެ.
ޖަލު އޮޑިޓް ކޮމިޝަންގެ ރިޕޯޓުގައިވާ ގޮތުން، އެކި ފަހަރު މަތިން އެޗްއާރުސީއެމުން ޖަލަށް ޒިޔާރަތްކޮށް މައުލޫމާތު ސާފުކޮށްގެން ދިޔަ ނަމަވެސް އެއްވެސް ކަމެއް ބަދަލު ނުވާކަމުގެ ޝަކުވާ ވަނީ ލިބިފަ އެވެ. އެގޮތުން، އަނިޔާގެ ޝަކުވާ އާއި ވަކި އޮފިސަރުންގެ ޝަކުވާ އަދި ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ތަކުރާރުކޮށް އެ ކޮމިޝަނަށް ހުށަހެޅިއަސް އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ނުވަތަ މައްސަލަ ނިމުނު ގޮތް އެންގުމަކީ ނުވާ ކަމެއް ކަމުގައި ގައިދީންނާއި ބަންދު މީހުން މައުލޫމާތު ދީފައިވާ ކަމަށް ރިޕޯޓުގައި ވެ އެވެ.
"ޖަލުތަކާ ގުޅޭގޮތުން ނެރެފައިވަނީ ޒިންމާދާރުކަން ކުޑަ ރިޕޯޓެއް"
ޖަމީލުގެ މަރުގެ މައްސަލަ އެބަ ބަލަން:އެޗްއާރުސީއެމް
ގައިދީންނަށް އަނިޔާކުރާ ނަމަ ފިޔަވަޅު އަޅަން: އިމްރާން
އިންސާނީ ހައްގުތަކުގެ މައްސަލަ އެންމެ ބޮޑީ ޖަލުތަކުގައި
ކޮވިޑް-19އާ ގުޅިގެން، ގިނަ މައްސަލަތަކެއް ބަލަނީ
މުނާޒަށް އެއްބާރުލުން ދިނިން: އިމްރާން
"އިމްރާންގެ ޓްވީޓުން ތަފާތު ކުރުން އޮންނަކަން ހާމަވޭ"
އިމްރާނާ ދެކޮޅަށް މުނާޒު ނުކުންނަވައިފި!
އާ ސީޕީއާ އެކު، ޖަލުގެ އޮޑިޓް ރިޕޯޓު ތަންފީޒު ކުރާނެ: އިމްރާން
ރާވާ ޖަލުގެ ސާމާނު ކާށިދޫ ވަލުތެރެއަށް ދޫކޮށްލާފައި!