01 ޖޫން 2019
އެމެރިކާގެ ފްލޮރިޑާގެ ރެސްޓޯރަންޓެއްގެ މުވައްޒަފަކު އެތަނުގެ ބަދިގޭގެ ސިންކް ތެރޭގައި ފެންވެރި މައްސަލާގައި ވަޒީފާ އިން ވަކިކޮށްފި އެވެ.
އެމެރިކާގެ ފްލޮރިޑާގެ ރެސްޓޯރަންޓެއްގެ މުވައްޒަފަކު އެތަނުގެ ބަދިގޭގެ ސިންކް ތެރޭގައި ފެންވެރި މައްސަލާގައި ވަޒީފާ އިން ވަކިކޮށްފި އެވެ.
ފޭސްބުކްގައި ވައިރަލްވެފައިވާ ވީޑިއޯގައި ފެންނަނީ ލައިގެން ހުރި ޓީޝާޓް ބާލައި ހަމައެކަނި ސޯޓެއް ލައިގެން، ސައިބޯނިން ފޮނު އަރުވާފައިވާ ބޮޑު ސިންކް ތެރެއަށް އެރި ފިރިހެނަކު އޭގެ ތެރޭގައި ފެންވަރާ ތަނެވެ. އަދި ވީޑިއޯ އިން މަންޒަރު ބަލަން ތިބޭ ބަދިގޭގެ މުވައްޒަފުންތަކެއް އެކަމަށް ހިތްވަރު ދީ ހޭ އަޑު ވެސް އިވޭ އިރު، މުވައްޒަފުންތަކެއް ފޯނުން ވީޑިއޯކުރާ ތަން ވެސް ފެނެ އެވެ.
ހޭލީ ލީޗް ކިޔާ މީހަކު ފޭސްބުކްގައި އާންމު ކުރި ވީޑިއޯ މިހާތަނަށް ބެލި މީހުންގެ އަދަދު މިލިއަނަކަށް ވުރެ ގިނަ އެވެ.
ނޯތުވެސްޓް ފްލޮރިޑާ ޑެއިލީ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކަމެއް ކޮށްފައި ވަނީ މަޝްހޫރު ފާސްޓްފުޑް ޗެއިން ވެންޑީޒުން މިލްޓަންގައި ހިންގާ އައުޓްލެޓެއްގަ އެވެ. މިކަމާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ވެންޑީޒް އަށް ފާޑު ކިޔައިފަ އެވެ. އަދި ސިންކް ތެރޭގައި ފެންވެރި މީހާގެ އިތުރުން އެކަމަށް ހިތްވަރު ދިން ހުރިހާ މުވައްޒަފުންނާ ދޭތެރޭ ވެސް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ރެސްޓޯރަންޓެއްގެ ބަދިގޭގެ ސިންކް ތެރޭގައި ފެންވަރަނީ.
ބައެއް މީހުން ބުނީ މިކަމުން، ވެންޑީޒްގެ އައުޓްލެޓްތަކުގެ ސާފުތާހިރުކަމާ ދޭތެރޭ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށާއި މިފަދަ ކަންކަން ކުރާ ތަނަކުން ކާންބޯން ވެސް ނުވާނެ ކަމަށެވެ. އަދި މިއީ މަޖާ ކަމެއް ނޫން ކަމަށް ވެސް ސޯޝަލް މީޑިއާގައި ފާޑުކީ މީހުން ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ވެންޑީޒުން ނެރުނު ބަޔާނެއްގައި ބުނީ ސިންކް ތެރޭގައި ފެންވެރި މީހާ ވަޒީފާ އިން ވަކިކުރުމުގެ އިތުރަށް މިކަމުގައި ޝާމިލުވާ އިތުރު މީހުންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.
"އަދި މިކަމާ ގުޅިގެން ރެސްޓޯރަންޓްގެ ޕްރޮސީޖާތައް އިތުރަށް ހަރުދަނާ ކުރަން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމުގެ ޔަގީންކަން ވެސް ދެން،" ބަޔާނުގައި ބުންޏެވެ.
ކަސްޓަމަރެއްގެ ފަރާތުން 10،000 ޑޮލަރުގެ ޓިޕްސްއެއް
ދޮން މީހުންނަށް ވަކި މަތިވެރިކަމެއް ނެތް: ބައިޑެން
ޓްރަމްޕާ ވާދައަށް ފްލޮރިޑާގެ ގަވަރުނަރު ނުކުންނަވައިފި
ގެއެއްގެ ސުވިމިން ޕޫލެއްގައި ކިނބުލެއް އޮއްވާ ފެނިއްޖެ
ފްލޮރިޑާގައި ކްރިޕްޓޯ އިން ޓެކްސް ދެއްކޭ ގޮތް ހަދަނީ
ވިލްޑީން ބޭނުމީ އެންމެ ކުރު ފާމަސިސްޓަށް ވާން
އެމިނެމްގެ އާ ވިޔަފާރި އަކީ ސްޕެގެޓީ ވިއްކުން
ހީކުރި ވަރަށް ވުރެ އަވަހަށް "ޓައިގާ ކިންގް 2"
ޓޮމް ކްރޫޒް ޗިކެން ޓިއްކާ މަސާލާ ކާން އާޝާގެ ކެފޭއަށް
މިކްސަރު ސާފުކޮށްލަން ފަސޭހަ ގޮތެއް