Roadha Mihaaru
އެމިނެމްގެ އާ ވިޔަފާރި އަކީ ސްޕެގެޓީ ވިއްކުން

އެމިނެމްގެ އާ ވިޔަފާރި އަކީ ސްޕެގެޓީ ވިއްކުން

05 އޮކްޓޯބަރ 2021

މިއުޒިޝަނެއްގެ ގޮތުގައި އެމެރިކާގެ ރެޕާ އެމިނެމް ކިތަންމެހާ ވެސް މަޝްހޫރެވެ. އަދި އޭނާ އަކީ މިއުޒިކުން ބޮޑު އާމްދަނީއެއް ވެސް ލިބޭ ފަންނާނެކެވެ. އެކަމަކު އެމިނެމް އަކީ އާމްދަނީ ހޯދަން ސައިޑް ބިޒްނެސް ވެސް ކުރާ މީހެކެވެ. އެގޮތުން 2017 ގައި ފެށިގެން އޭނާ އަކީ ކެއުމާ ގުޅޭ އެކި ކަހަލަ ހިދުމަތްތައް މާ ފުޅާކޮށް ނޫނަސް، ދެމުން އަންނަ މީހެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިއުޒިޝަނެއްގެ ގޮތުގައި އެމެރިކާގެ ރެޕާ އެމިނެމް ކިތަންމެހާ ވެސް މަޝްހޫރެވެ. އަދި އޭނާ އަކީ މިއުޒިކުން ބޮޑު އާމްދަނީއެއް ވެސް ލިބޭ ފަންނާނެކެވެ. އެކަމަކު އެމިނެމް އަކީ އާމްދަނީ ހޯދަން ސައިޑް ބިޒްނެސް ވެސް ކުރާ މީހެކެވެ. އެގޮތުން 2017 ގައި ފެށިގެން އޭނާ އަކީ ކެއުމާ ގުޅޭ އެކި ކަހަލަ ހިދުމަތްތައް މާ ފުޅާކޮށް ނޫނަސް، ދެމުން އަންނަ މީހެކެވެ.

އެގޮތުން މިދިޔަ ހަފުތާގައި މި ވަނީ ޑިޓްރޮއިޓްގައި "މަމްސް ސްޕެގެޓީ" ގެ ނަމުގައި ކުޑަވަރެއްގެ އައުޓްލެޓެއް ހުޅުވައި ހިދުމަތް ދޭން ފަށައިފަ އެވެ. އެވެ. މިތަނުގެ ވާހަކަ އެމިނެމް ޓްވީޓް ވެސް ކޮށްފައިވެ އެވެ. އަދި އައުޓްލެޓްގެ އިޝްތިހާރު ކުރަން ވީޑިއޯއެއް ވެސް ނެރެފައިވެ އެވެ. މި ހިދުމަތާ އެކު އެމިނެމްގެ ވާހަކަ ކުއްލިއަކަށް މިދިޔަ ހަފުތާގެ ތެރޭގައި މާ ބޮޑަށް ދެކެވެން ފެށީ ސީދާ އޭނާ ސްޕެގެޓީ ވިއްކަން ހުރުމުންނެވެ.

މިދިޔަ ބުދަ ދުވަހު ޑިޓްރޮއިޓްގައި "މަމްސް ސްޕެގެޓީ" އަށް ދިޔަ ބައެއް މީހުންނަށް އެކަން ފާހަގަކުރެވިގެން އެ ވާހަކަ ސޯޝަކް މީޑިއާގައި ވެސް ހިއްސާ ކޮށްފައިވެ އެވެ.

އެމިނެމްގެ މި ވިޔަފާރި އަށް ނަން ދީފައި ވަނީ އޭނާގެ 2002 ވަނަ އަހަރުގެ ހިޓް ލަވަ "ލޫޒް ޔޯސެލްފް" ރެޕް ކަޑިއަކާ ގުޅުވައިގެންނެވެ. އެ ކަޑީގައި އިންނަނީ "ހިޒް ޕާމްސް އާ ސްވެޓީ، ނީސް ވީކް، އާމްސް ހެވީ، ދެއާ އިޒް އަ ވޮމިޓް އިން ހިޒް ސްވެޓާ އޯލްރެޑީ، މަމްސް ސްޕެގެޓީ" އެވެ.

އެމިނެމް އަމިއްލަ އަށް ސްޕެގެޓީ ވިއްކަން ހުރުން ފޭނުންނަށްވީ ވަރަށް ހާއްސަ ކަމަކަށެވެ. އެހެންވެ، ސިީދާ އޭނާގެ އަތުން ސްޕެގެޓީ ތަށްޓެއް ގަންނަން ދާ މީހުން މިހާރު އަންނަނީ އިތުރު ވަމުންނެވެ.

"މަމްސް ސްޕެގެޓީ" ގެ މެނޫ އަށް ބަލާ އިރު އެ ނަމުގައި ވިއްކާ ސްޕެގެޓީ އަގަކީ 9 ޑޮލަރެވެ. މީޓްބޯލްސް ސްޕެގެޓީ 12 ޑޮލަރަށް، ސްޕެގެޓީ ވިތު ވީޖަން ބޯލްސްގެ އަގަކީ 14 ޑޮލަރު އަދި ސްޕެގެޓީ ސޭންޑްވިޗް/ސްޕެގެޓީ އޮން ބްރެޑްގެ އަގަކީ 11 ޑޮލަރެވެ.

އަސްލު ނަމުން ނަމަ މާޝަލް ބްރޫސް މޭތާޒް ތިނެއް އަދި އުމުރުން މިހާރު 48 އަހަރުގެ އެމިނެމްގެ އެންމެ ފަހުން ނެރުނު އަލްބަމަކީ މިދިޔަ އަހަރުގެ "މިއުޒިކް ޓު ބީ މާޑާޑް ބައި" އެވެ. އޭނާ އަކީ މިހާތަނަށް 15 ގްރެމީ އެވޯޑް ހާސިލު ކޮށްފައިވާ ފަންނާނެކެވެ.