29 މެއި 2019
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއަށް އިތުރު ތާއީދާ އެކު އާ ދައުރެއް ލިބި ވަޑައިގެންނެވުމުން އެ ގައުމުގެ ބައި މަދު މުސްލިމުންގެ އިތުބާރު ހޯއްދަވަން މަސައްކަތް ފައްޓަވައިފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއަށް އިތުރު ތާއީދާ އެކު އާ ދައުރެއް ލިބި ވަޑައިގެންނެވުމުން އެ ގައުމުގެ ބައި މަދު މުސްލިމުންގެ އިތުބާރު ހޯއްދަވަން މަސައްކަތް ފައްޓަވައިފި އެވެ.
މޯދީ ވިދާޅުވީ އޭނާގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް މުސްލިމުންގެ އިތުބާރު ބޭނުންވާ ކަމަށެވެ.
މޯދީ މި މޭރުމުން ވާހަކަ ދެއްކެވި އިރު އޭނާގެ ބީޖޭޕީއަށް އިންޑިއާގެ އާއްމު އިންތިހާބު ކާމިޔާބުވީ މުސްލިމުންނާ ވަރަށް ދެކޮޅު ކެމްޕޭނެއްގެ ތެރެއިންނެވެ.
"އިދިކޮޅު ޕާޓީތަކުން ވަނީ ބައި މަދު [ނަސްލުތަކާއި ދީންތަކުގެ]މީހުންނަށް އޮޅުވާލާފައި. ސިއްހީ ހިދުމަތާއި ތައުލީމު ފަދަ އެމީހުންގެ އަސާސީ ބޭނުންތަކުގެ ވާހަކަ ނުދައްކައި،" މޯދީ ވިދާޅުވި އެވެ.
އިންޑިއާގައި، ހިންދޫންނަށް ވުރެ މުސްލިމުންގެ އަދަދު މަދަސް އެއީ ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު މުސްލިމް އާބާދީ އެވެ. އެގޮތުން މުސްލިމުންގެ އަދަދު 170 މިލިއަނަށް ވުރެ ގިނަ އެވެ.
އަލަށް އިންތިހާބުވި ޕާލަމެންޓް މެމްބަރުންނާ މުހާތަބު ކުރައްވަމުން މޯދީ ތުހުމަތުކުރެއްވި ގޮތުގައި އިދިކޮޅު ޕާޓީތަކުން ވަނީ ވޯޓު ހޯދުމުގެ ބޭނުމުގައި ބައި މަދު މީހުންގެ ހިތްތަކަށް ޚިޔާލީ ބިރުވެރިކަމެއް ވައްދައިފަ އެވެ.
ބީޖޭޕީއަކީ މުސްލިމުންނާ ދެކޮޅު ބައެއް ނޫންކަން ވިސްނައި ދެއްވުމަށް މޯދީ މަސައްކަތް ކުރެއްވި ނަމަވެސް މުސްލިމުން އެކަން ބަލައެއް ނުގަނެ އެވެ.
"ނަތީޖާ އިއުލާނު ކުރިތާ ގަޑި އިރުތަކެއްގެ ތެރޭގައި، މޯދީގެ ކާމިޔާބީގެ އުފާ ފާޅުކުރި މީހުން ވަނީ އެތައް ތަނެއްގައި މުސްލިމުންނަށް ފާޅުގައި ހަމަލާ ދީފައި،" މުސްލިމުންގެ އިސް ސިޔާސީ ލީޑަރެއް ކަމަށް ވާ އަސަދުއްދީން އުވައިސީ ވިދާޅުވި އެވެ.
އޭނާ އަކީ އޯލް އިންޑިއާ މަޖުލިސޭ އިއްތިހާދުލް މުސްލިމީން ޕާޓީގެ ރައީސެވެ.
މޯދީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން މިހާތަނަށް މުސްލިމުންނަށް ހަމަލާ ދިނުމުގެ ފަސް ހާދިސާއެއް ވަނީ ހިނގައިފަ އެވެ. މަދްޔަޕްރަދޭޝް ސްޓޭޓްގައި ގެރި މަސް ގެންގުޅޭ ކަމަށް ތުހުމަތުކޮށް މުސްލިމުންގެ ތިން މީހަކަށް އަނިޔާކުރި އިރު އޭގެ ތެރޭގައި އަންހެނަކު ވެސް ހިމެނެ އެވެ.
އުވައިސީ ވިދާޅުވީ މުސްލިމުންނަށް މޯދީ އަޅުއްވައިލައްވާ ނަމަ ގެރި ހިމާޔަތް ކުރުމުގެ ނަމުގައި އުޅޭ މީހުން މުސްލިމުންނަށް އަނިޔާކުރުން ހުއްޓުވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
ހިއުމަން ރައިޓްސް ވޮޗް އިން އާއްމުކޮށްފައިވާ ރިޕޯޓެއްގައި ވާ ގޮތުގައި މޯދީގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ހަވަރުއެއްވެ ތަޅައި އަނިޔާކޮށް 44 މީހަކު މަރާލާފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ގެރި ހިމާޔަތް ކުރުމުގެ ނަމުގައި ހިންދޫން ހިންގި ޖަރީމާތަކުގައި މަރުވި މުސްލިމުންނެވެ.
އެފަދަ ޖަރީމާތައް ހުއްޓުވަން މޯދީގެ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ އިރު ބީޖޭޕީން މި އިންތިހާބަށް ކެމްޕޭން ކުރަމުން ދިޔައީ މުސްލިމުންނަކީ ހިންދޫންނަށް އޮތް ނުރައްކަލެއްކަމަށް ބުނަމުންނެވެ. އިންތިހާބީ ވައުދުތަކުގެ ތެރޭގައި ހުރީ މުސްލިމުންނާ ދެކޮޅު ކަންކަމެވެ. ހިޖުރަކޮށްފައިވާ މުސްލިމުންނަށް އިންޑިއާގެ ރަށްވެހިކަން ގެއްލޭ ގޮތަށް ގާނޫނު ހެދުމުގެ ވައުދު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
ތަޖުރިބާކާރު ނޫސްވެރިޔާ އަދި ލިއުންތެރިޔާ ސައީދު ނަގްވީ ވިދާޅުވީ ބީޖޭޕީއަށް ލިބުނު ކާމިޔާބީގެ މައިގަނޑު ސިއްރަކީ ވެސް ދީނީ މިފަދަ ބައިބައިވުންތައް ކަމަށެވެ.
"މިފަދަ ބައިބައިވުމެއް އެންމެ ފަހުން ފެނިފައި ވަނީ ޕާޓިޝަންގެ ދުވަސްވަރު، [އިންޑިއާ އާއި ޕާކިސްތާން އުފެދުނު ދުވަސްވަރު]،" ނަގްވީ ވިދާޅުވި އެވެ.
އޭރު ހިނގި ހަމަނުޖެހުންތަކުގައި އެއް މިލިޔަން މީހުން މަރުވެ، 17 މިލިޔަން މީހުންގެ ގެދޮރު ގެއްލުނެވެ. އެއީ ފަހުގެ ތާރީހުގައި ދުނިޔޭގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާ އެވެ.
"އިންތިހާބުން ލިބުނު ކާމިޔާބީއާ އެކު ހިންދޫންގެ ގިނަ މީހުން ގަބޫލުކުރަނީ ހިންދޫ އިންޑިއާއަކަށް އެމީހުން ކުރާ، އަދި މިހާތަނަށް ނުފުދި އޮތް އުއްމީދު ދެން ހާސިލުވާނެ ކަމަށް. ކުރިއަށް އޮތް އަހަރުތަކުގައި އެ މަސައްކަތް ވާނީ ވަރުގަދަ،" ނަގްވީ ވިދާޅުވި އެވެ.
މޯދީގެ ބަސްމަގު ބަދަލުވެ، މުސްލިމުންނަށް އިތުރު ބިރެއް
ދީނީ މިނިވަންކަމުގެ ކަޅު ލިސްޓުގައި އިންޑިއާ ހިމަނާ
ބީބީސީގެ ޑޮކިއުމެންޓްރީ އިންޑިއާގައި މަނާކޮށްފި
މޯދީއާ ދެކޮޅު ލިންކުތައް ބަންދުކުރުމަށް އަންގައިފި
ޝާހްރުކްގެ ދަރިފުޅާ މެދު ކަންތައް ކުރަނީ "ޒާތީކޮށް"
ވެސްޓް ބެންގާލްގެ އިންތިހާބީ ހަމަނުޖެހުމުގައި 17 މަރު
އިންޑިއާގެ މުސްލިމް މާމަ ޓައިމްގެ ގަދަ 100 އަށް
ފަރުހާނާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް
މޯދީ ވިދާޅުވަނީ ވަކި ދީނަކަށް އަމާޒުނުކުރާ ކަމަށް!
މޯދީއަށް ހާސްކަމެއް ނެތް! ގޯސްކުރެއްވީ އިދިކޮޅު!