25 މެއި 2019
ވެލި ބަރުކޮށްފައި އޮއްވައި ރޭ ފެނުނު ރާއްޖެ އިން ބޭރުގެ އުޅަނދަކީ ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރި ކުންފުނީގެ އުޅަނދެއް ނޫން ކަމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވެލި ބަރުކޮށްފައި އޮއްވައި ރޭ ފެނުނު ރާއްޖެ އިން ބޭރުގެ އުޅަނދަކީ ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރި ކުންފުނީގެ އުޅަނދެއް ނޫން ކަމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ލ. ހިތަދޫ ކައިރީގައި ވެލި ބަރުކޮށްފައި އޮތް ބޭރުގެ އުޅަނދެއް ފެނިގެން ފުލުހުންނާއި ކަސްޓަމްސުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އެ އުޅަނދު އޭރު ދަތުރު ކުރަމުން ދިޔައީ ހުވަދު އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ކަމަށާއި އެ އުޅަނދަކީ މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖްގެ މަސައްކަތްކުރި ޗައިނާގެ ސީސީސީސީ ކުންފުނީގެ އުޅަނދެއް ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.
ފުލުހުން މިއަދު ބުނީ އެއީ ސީސީސީސީ ކުންފުންޏާ ގުޅުން ހުރި އުޅަނދެއް ނޫން ކަމަށް ޗައިނާގެ އެމްބަސީން ބުނެފައިވާ ކަމަށެވެ. އެ އުޅަނދަކީ ސީސީސީސީގެ ސަބް ކޮންޓްރެކްޓް ކުންފުންޏަކު ގެނައި އުޅަނދެއް ކަމަށާއި އަދި އެ ސަބް ކޮންޓްރެކްޓް މިހާރު އުވާލާފައިވާ ކަމަށް އެމްބަސީން މައުލޫމާތު ދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ އުޅަނދު ނިސްބަތް ވަނީ ހުންނާން އައުބޯ ޓެކްނޮލޮޖީ ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ.
ވެލި ބަރުކުރި ބޯޓު އަދިވެސް އޮތީ ހިފަހައްޓާފައި!
ވެލި ބަރުކުރި ބޯޓުގެ ތަހުގީގު އަދި ނުނިމޭ: ފުލުހުން
"ވެލި ބަރުކުރި ބޯޓުގެ މައްސަލާގައި ފިޔަވަޅު އަޅާނަން"
އެކްސިޑެންޓްވެ ދެ މީހަކަށް އަނިޔާވުމުން ވެސް މަޑުނުކުރި
އެކްސިޑެންޓުވި މީހާގެ ފައިބިނދި، ސީރިއަސް އަނިޔާތަކެއް
ބްރިޖް ފެންސްގައި ޖެހި އެކްސިޑެންޓުވެ ހާލު ސީރިއަސް
ސައިކަލުގެ ހުންގާނު ކުއްޖެއްއަތަށްދިން މީހާއަށް ފިޔަވަޅު
ބްރިޖު ކައިރިއަށް އެޅުނު ކުލަތައް ސިފައިން ސާފުކޮށްފި
ކުއްޖަކަށް ހުންގާނު ދީގެން ދުއްވީ ސިފައިންގެ މީީހެއް
ހައިވޭގައި ސައިކަލްގެ ހުންގާނު ކުޑަ ކުއްޖެއްގެ އަތަށް!