މާލެ ރަސްފަންނު މޫދަށް މިހާރު ކަޅުތެޔޮ އެޅިފައި ވާތީ އެ ސަރަހައްދަށް މޫދަށް ނޭރެން ފުލުހުން މިއަދު އެދިއްޖެ އެވެ.
28 އެޕްރީލް 2025
މާލެ ރަސްފަންނު މޫދަށް މިހާރު ކަޅުތެޔޮ އެޅިފައި ވާތީ އެ ސަރަހައްދަށް މޫދަށް ނޭރެން ފުލުހުން މިއަދު އެދިއްޖެ އެވެ.
ފުލުހުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން އެ ސަރަހައްދު ބަލަހައްޓައި، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅުނު ގޮތެއް އަދި ނޭނގެ އެވެ. ބޮޑަށް ބެލެވެނީ ކަނޑަށް ކަޅުތެޔޮ އެޅިގެން އޮޔާ ގޮނޑުދޮށަށް އައީ ކަމަށެވެ.
ފުލުހުން ވަނީ އެ ސަރަހައްދަށް މޫދަށް ނޭރުމަށް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.
ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މީގެ ކުރިން 2023 ވަނަ އަހަރު ވެސް މާލޭގެ އުތުރުފަރާތު ބަނދަރުގެ ފަޅުތެރެއަށް ވަރަށް ގިނައިން ކަޅުތެޔޮ އެޅުނު ހާދިސާއެއް ހިނގި އެވެ. ސިފައިން ދެ ދުވަހު ކުރިން މަސައްކަތުން ގާތްގަނޑަކަށް 15 ފީފާއަށް އެޅޭނެހާ ތެޔޮ އެ ފަހަރު މާލެ ފަޅުތެރެއިން ނަގާފައިވެ އެވެ.
ރަސްފަންނު މޫދުން ކަޅުތެޔޮ ނަގައި ސާފުކޮށްފި
ތޮށި ބޭރުން ވެސް ތެޔޮ، ބެލެވެނީ އޮޔާ ގެނައީ ކަމަށް
އިނގިލިތައް ބުރިކޮށްލާނެ ކަމުގެ އިންޒާރުދީ ފޭރިއްޖެ
މަރުވެފައި އޮއްވައި ފެނުނީ މޫދަށް ފުންމާލި މީހެއް
ވެލާތައް ހިފައި ކެއްކީ ކެންދޫ ބައެއް: އީޕީއޭ
އަނެއްކާވެސް މާލެއަށް ވެލައެއް، މިފަހަރު ދިނީ ހިމާޔަތް
"ރަސްފަންނު މޫދުން ތެލުގެ އަސަރު އަންނަނީ ކެނޑެމުން"
ރަސްފަންނު ކަޅުތެލުން ތަޣައްޔަރުވެއްޖެ
ކޯރަކަށް ތެޔޮ އެޅުމުން ދެ ބިލިއަން ޑޮލަރުގެ ޖޫރިމަނާ!
ފިނޮޅު ނައްތާލަން އުޅުނު ޖީއެމް ފުރުން މަނާކޮށްފި